Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިޔަންމާ

މިޔަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވަން ޖެހޭ

މިޔަންމާ އިން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނައްލަޢުވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުަތަކެއް އަޅަން ޖެހޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2017 | ހޯމަ 09:13
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އިންސާނިއްޔަތާ ޚިލާފު ލާއިންސާނީ ޖަރީމާތައް ހުއްޓުވަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބަރުމާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށާއި އެކަން ހުއްޓުވުމަށް ބައިނަލް އަޤްވާމީ ދުނިޔެއިން އަވަސް އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމުގައެވެ.

Advertisement - newsAdvertisement

މިޔަންމާގެ މުސްލިމުނާއި ދެކޮޅަށް އެޤައުމުގެ ސިފައިން ހިންގަމުން ގެންދާ ޤަތުލު އާއްމުތަކާއި ދެކޮޅު ހެދުމުގެ ގޮތުން މިޔަންމާގެ ޑިމޮކްރެޓިކް ލީޑަރު އަދި އެޤައުމުގެ ވެރިކަމުގައި ހުންނެވި އަންގް ސަން ސޫކީ އަށް އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ، ރައީސް ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަންގް ސަން ސޫކީ ހުރިހާކަމެއް ކުރައްވަން ޖެހޭނީ ސިޔާސީ ބޭނުމެއްގައި ނޫން ކަމަށެވެ. އެގޮތުން މިޔަންމާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދެއްވުމަކީ އަންގް ސަން ސޫކީ ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވެރިކަން ކުރެއްވި ދެ ރައީސުން މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު ދިވެހި ސަރުކާރުން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ މިޔަންމައާއެކު ގާއިމް ކޮށްފައިވާ ވިޔަފާރީގެ ގުޅުން ކަނޑަލާފައެވެ.

މިއީ މުސްލިމުންތައް މަރައި، ގެދޮރުގައި ހުޅު ޖަހައި މުޅި ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ރާއްޖެއިން ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ނެގި މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ފޮރިން މިނިސްޓްރީއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖެއާއި މިޔަންމާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ސަރުކާރުން ނިންމީ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމާ ހަމައަށެވެ.

މި ފަހަކަށް އައިސް މިޔަންމާގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގައި އެތައް ސަތޭކަ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންނެއް މަރުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާތީ ރާއްޖެއިން ހިތާމަކުރާކަން ފާހަގަކޮށް، މިޔަންމާގައި ހިންގަމުންދާ ލޭ އޮހޮރުންތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ހަރުކަށި އަދި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފޮރިން މިނިސްޓްރީގެ ނޫސްބަޔާނުގައި ގޮވާލާފައިވެއެވެ. މީގެ އިތުރުން ވެސް މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޖަރީމާތައް ބަލާ ތަހުޤީގުކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އަދި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

ރާއްޖެއިން ބަރުމާ ނުވަތަ މިޔަންމާއާއެކު ސިޔާސީ ގުޅުން ގާއިމްކުރީ، ރާއްޖެއަށް މިނިވަންކަން ލިބުނުތާ ފަސް އަހަރު ފަހުން، 1970 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެވެ. އެއިރުން ފެށިގެން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ދިޔައީ ހިންގަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު