Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އަންނަ ޓްރަމްޕް ވިދާޅުވީ، އޭނާ އަށް ހީވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށެވެ. އަދި މިހާރު ކަންކަން ފެންނަ ގޮތުން ޣައްޒާއާ ގުޅޭ އެއްބަސްވުމެއް ވެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވެފައިވަނީ ގައްޒާގެ ހަނގުރާމަ ނިންމުމަށް އެއްބަސްވުމަކާ ހަމައަށް ވާސިލްވެފައިވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި، އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މިފަދައިން ޓްރަމްޕް ވިދާޅުވެފައިވާއިރު، މި ފަހުން ޓްރަމްޕް ވަނީ އިސްރާއީލްގެ އިތުރުން، ޢަރަބި ޤައުމު ތަކުގެ އިސްވެރިންނާ އެކު ވެސް ބައްދަލު ކުރައްވައިފަ އެވެ.

ހަނގުރާމަ ނިންމުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އަންނަ ޓްރަމްޕް ވިދާޅުވީ، އޭނާ އަށް ހީވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވާސިލުވެފައިވާ ކަމަށެވެ. އަދި މިހާރު ކަންކަން ފެންނަ ގޮތުން ޣައްޒާއާ ގުޅޭ އެއްބަސްވުމެއް ވެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ހަމަ އެހެންމެ، އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާ އެކު، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ވެސް އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އިން ބާރު އަޅަ އެވެ. އަދި މިޞްރާއި، ޤަތަރު މެދުވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާ ތަކަކީ އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުމުގެ މަޝްވަރާތަކެވެ. ނަމަވެސް، އެމެރިކާ އަކީ އިސްރާއީލް އަށް އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެވެ.

އެއްބަަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު އެހެން އެއްވެސް ތަފްސީލެއް ހާމަކޮށްފައި ނުވެ އެވެ. ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން ހަމާސް ޖަމާއަތް، ނުވަތަ އިސްރާއީލް އިން ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނެތެވެ.

ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އެންމެ ބޮޑު އެއް ވައުދެވެ. މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރަށް މިހާތަނަށް އަށް މަސް ދުވަސް ވެފައިވާއިރު، އެކަމުގައި އެއްވެސް ކާމިޔާބެއް ހޯދިފައި ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްޣައްޒާ ހަނގުރާމައެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު