Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2025 | ހުކުރު 23:46
އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން: މޭޔަރު އާޒިމް
އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން ސީދާ ހަރަދުތަކެއް ނުކުރަން: މޭޔަރު އާޒިމް
ރާއްޖެއެމްވީ
އާދަމް ޢާޒިމް
ބެނާތައް ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގަ ހުއްޓާ، ބެނާ ހަރުކުރުމުގައި ބައިވެރިވެ ބޮޑު އެއްވުމަށްވެސް ދާނަން: މޭޔަރ އާޒިމް
އެމްޑީޕީއާއި އެހެން ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސްއެޅިގެން ނުވާނެކަމަށް މޭޔަރ ވިދާޅުވި
އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ބާއްވާ މުޒާހަރާއަށް މާލޭ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް ސިޓީ ކައުންސިލުން ނަގައިފި
އެމްޑީޕީން ލޫޓުވައިފި ލޫޓުވައި ނަމުގައި ބާއްވާ އެއްވުމަށް ތައްޔާރުވުމުގެ މަސައްކަތް ދަނީ ފޯރިއާއެކު ކުރިއަށް

އޮކްޓޯބަރ މަހުގެ ތިންވަނަ ދުވަހު، އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން ތައްޔާރުވަމުން ގެންދާ ބޮޑު މުޒާހަރާއަށް، މާލޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބެނާތައް ސިޓީ ކައުންސިލުން ނެގިކަން އެނގުނީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމުގައި އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީ ކައުންސިލް ގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަދި 3 އޮކްޓޯބަރުގައި ރާއްޖެ ހަމަމަގަށް އެޅުވުމަށް އެމްޑީޕީގެ ފަރާތުން ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެކަމަށްވެސް އާޒިމް ވިދާޅުވެފައިވެއެވެ.

ބޭނާތައް ނެގުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވަނީ އެމްޑީޕީއަށް އަދި އެހެން ސިޔާސީ ޕާޓީތަކަށްވެސް ސިޔާސީ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށާއި އަދި އޮންނަ އުސޫލުތަކާ އެއްގޮތަށް ބެނާ ހަރުކުރެވެން ޖެހޭނެ ކަމަށްވެސް ފާހަގަކުރައްވާފައެވެ.

އެމްޑީޕީން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ ބެނާތައް ނެގުމަކީ ކަންބޮޑުވާ ކަމެއްކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބެނާ ހަރުކުރުމުގެ މަސައްކަތުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑިޕީއިން ހަރުކޮށްފައި ހުރި ބެނާތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ހުކުރު ދުވަހު ފެށުމުން ކުރިމަތިވި ފާޑުކިޔުންތަކާއެކު، މަގުތަކުގައި ބެނާ ދެމުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ވަނީ ހަމަ އެދުވަހު އެމްޑީޕީ އަށް ދީފިއެވެ. ނަމަވެސް ބެނާ ދެމުމުގެ ހުއްދައަށް އެދި 14 ސެޕްޓެމްބަރު 2025 ގައި ވަނީ މާލެ ސިޓީ ކައުންސިލުގައި އެދިފައެވެ.

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، އެކަމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮޮތުގައި މިވަގުތު މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ރަސްމީ ދަތުރެއްގައި އުޅުއްވާތީ މޭޔަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުންދަނީ ހުޅުމާލޭގެ ކައުންސިލަރު އަލީ އައިމަން އެވެ. އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު ސިޓީ ކައުންސިލުގައި ހުންނެވި ނަަމަވެސް، ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ.

- ކޮމެންޓް