Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ރެއާލް ކުރިއަށް ދަނީ ބޭނުންވާ މިސްރާބުގައި ކަމަށާއި، މިހާތަނަށް ކުރި މަސައްކަތްތައް ކާމިޔާބު ކަމަށެވެ. އޭނާ ބުނީ ރެއާލް އެ ޓީމުގެ އެންމެ ފުރިހަމަ ގޮތުގައި އަދި ފެންނާނެ ކަމަށާއި، މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށް ގޮސްފި ނަމަ ވަރަށް އަވަހަށް އެކަން ފެންނާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2025 | ބުދަ 08:17
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި ލެވަންޓޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑް އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފި އެވެ.

ލެވަންޓޭގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 4-1 އިންނެވެ.މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ. ލެވަންޓޭގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ރެއާލް އަށް ލީޑު ނަގައިދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭނާ އެ ލަނޑު ޖެހީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ފްރާންކޯ މަސްޓަންޓޫނޯ އެވެ. އެއީ ވިނީޝިއުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ލެވަންޓޭގެ ހަމައެކަނި ލަނޑު ޖެހީ އެޓާ އެޔޯން އެވެ. އޭގެ ފަހުން މެޗުގައި ރެއާލް އިން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ރެއާލްގެ ފަހު ދެ ލަނޑު ވެސް ޖެހީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އޭގެ ތެރެއިން ފުރަތަމަ ލަނޑަކީ އެމްބާޕޭ ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، ރެއާލް ކުރިއަށް ދަނީ ބޭނުންވާ މިސްރާބުގައި ކަމަށާއި، މިހާތަނަށް ކުރި މަސައްކަތްތައް ކާމިޔާބު ކަމަށެވެ. އޭނާ ބުނީ ރެއާލް އެ ޓީމުގެ އެންމެ ފުރިހަމަ ގޮތުގައި އަދި ފެންނާނެ ކަމަށާއި، މިހާރު ކުރިއަށްދާ ގޮތަށް ކުރިއަށް ގޮސްފި ނަމަ ވަރަށް އަވަހަށް އެކަން ފެންނާނެ ކަމަށެވެ.

ލެވަންޓޭ މެޗުގައި ރެއާލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ފާހަގަ ކުރަމުން އަލޮންސޯ ވަނީ، ވިނީޝިއުސް ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ޚާއްސަކޮށް އިދިކޮޅު ޓީމަށް ނުރައްކާވާ ގޮތަށް ވިނީޝިއުސް ދައްކަމުން އަންނަ ކުޅުމަކީ ފުރިހަމަ ކުޅުމެއް ކަމަށް އޭނާ ބުންޏެވެ.

މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު