Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ މައްސަލައާ ގުޅޭ ގޮތުން އިސްލާމީ ޤައުމުތަކުގެ ވެރިންނާ ޓްރަމްޕް ބައްދަލު ކުރައްވަނީ

23 ސެޕްޓެމްބަރު 2025 | އަންގާރަ 08:20

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޤަތަރު، މިޞްރު، ޖޯޑަން، ތުރުކީ، އިންޑޮނޭޝިއާ އަދި ޕާކިސްތާންގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ޓްރަމްޕް މާދަމާ ގިނަ އަދަދެއްގެ މުސްލިމް ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކޮށް ގާޒާގެ ހާލަތާމެދު މަޝްވަރާކުރައްވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2025 | އަންގާރަ 08:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން، ޣައްޒާގެ ޙާލަތާ މެދު އިސްލާމީ ޤައުމު ތަކުގެ އިސްވެރިންނާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި އިސްލާމީ ޤައުމު ތަކުގެ އިސްވެރިންނާ އެކު ޓްރަމްޕް ބައްދަލު ކުރައްވާނީ އަންގާރަ ދުވަހު އެވެ.

Advertisement - worldAdvertisement

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޤަތަރު، މިޞްރު، ޖޯޑަން، ތުރުކީ، އިންޑޮނޭޝިއާ އަދި ޕާކިސްތާންގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

އެކްސިއޯސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން، އެ ބައްދަލުވުމުގައި ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފަހު އެ ސަރަހައްދު ހިންގާ ގޮތް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާނެ އެވެ. އޭގެ އިތުރުން ހަނގުރާމަ ހުއްޓުވުމާއި، ހަމާސްގެ ބައިވެރިވުމެއް ނެތި ޣައްޒާ ހިންގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެމެރިކާ އިން ބޭނުން ވަނީ އަރަބި އަދި މުސްލިމު ޤައުމު ތަކުން ޣައްޒާ އަށް ސިފައިން ފޮނުވައި، އިސްރާއީލްގެ ސިފައިން އެ ސަރަހައްދުން ފައިބައި، އެ ސަރަހައްދު އަލުން އާރާސްތު ކުރުމުގެ މަސައްކަތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެ ބައްދަލުވުމުގެ ކުރިން، އދ ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ޓްރަމްޕް ވާހަކަ ދައްކަވާނެ އެވެ. މިއީ ގިނަ އަދަދެއްގެ ދުނިޔޭގެ ލީޑަރުން ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ތާއީދު ކުރިތާ އެއް ދުވަސް ފަހުން އޮންނަ ބައްދަލުވުމެއްކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް، ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލު ކުރުމަށް އިސްރާއީލް އާއި އެމެރިކާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި، އެއް ދުވަހުން އަނެއް ދުވަހަކަށް އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެ ހަނގުރާމައިގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ ޣައްޒާގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. އެތައް ހާސް ބަޔަަކަށް އަނިޔާވެފައިވާއިރު، ޣައްޒާގެ އިންސާނީ ޙާލަތު ވަނީ އިންތިހާ ދަރަޖަ އަށް ދަށަށް ގޮސްފަ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ޣައްޒާވައިޓް ހައުސްހަމާސްއދޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި

08 ޑިސެމްބަރު 2025
ވެނެޒުއޭލާ ގެ އިދިކޮޅު ސިޔާސީ ފަރާތެއް ޖަލުގައި ހުއްޓާ މަރުވުމާއެކު އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް