Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮލަމާ ބޯޓުގައި ހިނގި ނުރައްކާތެރި ހާދިސާ

ނުރައްކާތެރި ހާދިސާއެއްގައި ސައީދުބެގެ ކުއްލި ވަކިވުން: މުޅި ގއ. އަތޮޅަށް ސިހުން!

ސައީދުބެ އަކީ ސިއްހަތު ރަނގަޅު ގަދަފަދަ ފަހުލަވާނެކެވެ. ބޯޓު ދުއްވަން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ސައީދުބެ ކުއްލި ގޮތަކަށް މިދުނިޔެއާ އަލްވަދާއު ކީ ނަމަވެސް އެ ޚަބަރު ގަބޫލުކުރަން އެއަތޮޅުގެ ގިނަ ރައްޔިތުންނަށް އަދިވެސް ދައްޗެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:42
"ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދުގެ ކުއްލި މަރާއެކު އެތައް ބަޔަކު ސިއްސުވާލި

"ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދުގެ ކުއްލި މަރާއެކު އެތައް ބަޔަކު ސިއްސުވާލި

ގއ. ކޮލަމާފުށި "ކޮލަމާ" ބޯޓުގެ ކެޕްޓަން އާދަމް ސައީދު (ސައީދުބެ) އަކީ ވަރަށް މަސައްކަތްތެރި މީހެކެވެ. މުޅި އުމުރު ހޭދަކޮށްފައިވަނީ އަތޮޅާއި، ރަށަށް ޚިދުމަތް ކުރުމުގައެވެ. ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ސައީދުބެއަކީ ޚާއްސަ ގޮތެއްގައި ތައުލީމީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އަދި ގިނަބައެއްގެ ދިރިއުޅުން އެތައް ގުނައަކުން ފަސޭހަކޮށްދިން އޯގާތެރި މިތުރެކެވެ.

އުމުރުން ދުވަސްވެފައިވީ ނަމަވެސް ސައީދުބެ އަކީ ސިއްހަތު ރަނގަޅު ގަދަފަދަ ފަހުލަވާނެކެވެ. ބޯޓު ދުއްވަން ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން އެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ ސައީދުބެ ކުއްލި ގޮތަކަށް މިދުނިޔެއާ އަލްވަދާއު ކީ ނަމަވެސް އެ ޚަބަރު ގަބޫލުކުރަން އެއަތޮޅުގެ ގިނަ ރައްޔިތުންނަށް އަދިވެސް ދައްޗެވެ.

އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާ ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު ރާއްޖެއެމްވީއާ ވަނީ ހިއްސާކޮށްފައެވެ.

ވަހީދު ވިދާޅުވި ގޮތުގައި، ސައީދުބެ ކޮލަމާ ބޯޓުގައި ދަތުރުކުރަމުންދިޔައީ ލ.އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށެވެ. ފުރުމުގެ ކުރިން އާއިލާއަށް އެންގި ކަމަށާއި، ގއ. ވިލިނގިއްޔަށް ދެވޭނެ ވަގުތު ވެސް ބުނެފައިވާ ކަމަށެވެ. ނަމަވެސް ވިލިނގިއްޔަށް ލެފޭނެ ކަމަށް ބުނެފައިވާ ވަގުތު ފަހަނައަޅާ ދިޔައިރު ވެސް ބޯޓު އައިސްފައިނުވާތީ، ބޯޓު ހޯދުމުގެ މަސައްކަތް ފެށިއެވެ. ހުވަދޫ ކަނޑުގެ ވަކި ހިސާބަކުން ރޭންޖު ކެނޑުނު ނަމަވެސް ވަކި ވަގުތެއްވާއިރު، ނުގުޅޭ ކަމަށްވާނަމަ އެކަން ސަމާލުކަމަށް ގެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ގޮތަކަށް ކޮލަމާ ބޯޓަށް ނުގުޅުމުން، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް އެ ބޯޓް ހޯދަން ފެށީ 31 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:00 ހާއިރު އެވެ. އަދި ބޯޓް ފެނުނީ އެކެފަރަ ސަރަހައްދުން ކަމަށާއި، ބޯޓް ފެނުނުއިރު ވެސް ސައީދުބެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ފުލުހުންނާ ހަވާލާދީ ވަހީދު ވިދާޅުވިއެވެ.

ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހުން ކިޔައިދީފައިވާ ގޮތުގައި ސައީދުބެ އިންޖީނު ރޫމަށް ފޭބީ އޮޓޯ ޕަމްޕުގައި މައްސަލައެއް ދިމާވެގެން އެ ވީ ގޮތެއް ބެލުމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި، ސައީދުބެ މަރުވީ އިންޖީނު ރޫމަށް ފޭބި ވަގުތު ޝާފްޓްގައި އަޅައިގަނެގެން ކަމަށް ބެލެވޭ ކަމަށެވެ.

ތި ދެންނެވި ގޮތަށް 31 ވަނަ ދުވަހު އަޅުގަނޑުމެންނަށް މި ބޯޓުގެ ވެރިފަރާތާ ނުގުޅިގެން އެ މައުލޫމާތު ލިބުނީ. ދެން ސައީދުބެ ރަށު ކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ގުޅާފައި ބުނި ނައްޓާލާ ވާހަކަ. ދެން ރޭންޖު ކެނޑޭނެ ކަމަށް. އެއަށްފަހު ރޭންޖު ލިބޭނެ ކަމަށް ބުނި ވަގުތު އައިރު ވެސް ނުގުޅޭ. ވިލިނގިއްޔަށް ލެފޭނެ ކަމަށް ބުނި ވަގުތު ބޯޓުގެ ޚަބަރެއް ނެތް. އެހެންވީމަ ހޯދުމުގެ މަސައްކަތް ފެށީ. ދެން މައުލޫމާތު ލިބޭ އިންޖީނު ރޫމްގެ ތެރޭގައި ސައިދުބެ މަސައްކަތް ކުރީ. އޮޓޯ ޕަންޕު ރަނގަޅު ކުރުމަށްޓަކައި. އިންޖީނުގެ އަޑީގައި ހުންނަ އެއްޗެއް. އެރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރީ. އެއީ ބޯޓުގެ ކޮންމެވެސްތަނެއް ފަޅައިގެން ގޮސްގެން ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ. ލޮނު ވަންނާތީ އެކަން ހުއްޓުވަން އިންނަ އެއްޗެއް އޮޓޯ ޕަންޕަކީ.
ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ވަހީދު

ސައީދުބެ ކުއްލި ވަކިވުމާއެކު އޭނާ ދުއްވި ކޮލަމާ ބޯޓު މިހާރު އޮތީ އެރަށުގެ ބަނދަރުގައެވެ.

އެ އާއިލާގެ ތިން ބޯޓާއެކު އަތޮޅުގެ ގިނަ ރަށްތަކަށް މުދާއުފުލައި، އެހެނިހެން ގިނަ އެހީތެރިކަމާއި، ޚިދުމަތެއް ދިން ސައީދުބެ ނެތުމުން އެފަޅުކަން ވަނީ ކުރިމަތިވެފައެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އިތުރަށް ސަމާލުވެ މަސައްކަތް ކުރުމަށް އެ އަތޮޅުގެ ރައްޔިތުންނާއި، އެރަށުގެ ކައުންސިލުން އެދެއެވެ.

ކޮލަމާ ބޯޓުއިބްރާހިމް ވަހީދު ހުވަދުއަތޮޅުއާދަމް ސައީދު ކަނޑު ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

ވަގުތީ ޗެއަރޕަސަން ހޮވުމުގެ މަރުހަލާ ފުރިހަމަ ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް ޝާހިދު އިރުޝާދު ދެއްވައިފި

01 ޑިސެމްބަރު 2025
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓް އިން ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

16 އޮކްޓޯބަރު 2025
އެމްޑީޕީ އިން ބާއްވާ ބޮޑުއެއްވުމަށް ފުލުހުން ހުއްދަދީފި

އެމްޑީޕީ އިން ބާއްވާ ބޮޑުއެއްވުމަށް ފުލުހުން ހުއްދަދީފި

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު