Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ގެ އަޑީގައި ފޮރުވިފައި ވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން: އެމްޑީޕީ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ މި ބިލުގެ ވޯޓުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2025 | ހޯމަ 09:31
އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލިހުން ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކުރި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ގެ އަޑީގައި ފޮރުވިފައި ވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީ އިން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މި ބިލު ފާސްކުރުމާ ގުޅިގެން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ފާސްކުރި މި ބިލުގެ ވޯޓުގައި ބައިވެރި ނުވާން ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ކަމުގައެވެ.

Advertisement - newsAdvertisement

ސަރުކާރުން، ސަރުކާރުގެ ކޮންޓްރޯލު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާ ބެހޭ ގޮތުން އެމްޑީޕީ އިން ބުނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ދިވެހިރާއްޖެ ފަދަ ޑެމޮކްރެޓިކް އަދި ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއް ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމުގައެވެ. އެހެން ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލުގެ ނަމުގައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާމެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.

"ޤާނޫނު އަސާސީން މިހާރު ވެސް، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ބާރު ދީފައި ވުމާއެކު، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ބާރު ދީފައެވެ. އެހެން ނަމަވެސް، ވަކި ޤާނޫނެއް ފާސްކޮށްގެން، ކުރަން މިހާރު ރާވާ ކަމަކީ، ހިޔާލު ހޯދުމުގެ މުޅި ނިޒާމު ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ރައްޔިތުންގެ ބާރު ހަނިކުރުމެވެ. މީގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން ކަމަށް ބުނެ، ސަރުކާރުން ބޭނުންވާ ކަންކަން ކުރަމުން ގެންދިއުމެވެ. މިގޮތުން، ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުމަކީ، މިކަމުގެ އަޑީގައި ފޮރުވިފައިވާ ކަމެއްކަން ފާހަގަކުރަމެވެ."

އެމްޑީޕީ އިން ފާހަގަ ކުރާ ގޮތުގައި، ބިލުގައި މިހާރު ކަނޑައަޅައިފައިވާ މުއްދަތުތަކަކީ، ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރި ކުރުމަށާއި އަދި ކެމްޕޭން ކުރުމަށް، އެކަށީގެންވާ މުއްދަތުތަކެއް ނޫނެވެ. އެކަށީގެންވާ މުއްދަތު ނުދިނުމަކީ، އަވަސް އަރުވައިލައިގެން ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމަށް ކޮށައިފައިވާ މަގެއް ކަމަށާއި، އެކަމުގެ ސަބަބުން، މުޅި ޕްރޮސެސްގެ ހާމަކަމާއި އިތުބާރު ގެއްލިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ލާޒިމުވާ ހާލަތުގައި، ޖަލްސާ އަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ފަދަ ގަރާރެއް ފާސްވާ ގޮތަށް އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިސްނެގުމަށް އެފަދަ ވޯޓަކަށް ދާން ހުށަހަޅާ ހާލަތުގައި، ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާން ޖެހޭ ގޮތަށް އޮތުމަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިހްތިޔާރުތައް ހަނިވާނެ ސަބަބެއް ކަމަށް ވެސް އެމްޑީޕީ އިން ބުނެފައިވެއެވެ.

މި ބިލު ޤާނޫނަކަށް ވުމުން، އެ ޤާނޫނުގެ ދަށުން ގަވާއިދުތަކަކާއި އުސޫލުތަކެއް ހެދުމަށް ކަނޑައަޅައިފައި އޮތުމާއި، އެއީ ކޮން ކަންކަމުގެ ގަވާއިދާއި އުސޫލު ކަމެއް ބަޔާންކޮށްފައި ނެތުމުން، މުޅި ޕްރޮސެސް އަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންދާ ކަމަށާއި، އެ ކޮމިޝަނުގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށްވީއިރު، މިއީ ނުސީދާކޮށް ބާރުތައް ނަގައިގެން، މުޅި ޕްރޮސެސްއަށް ނުފޫޒު ހިންގުމުގެ ހީލަތްތެރި ރޭވުމެއްކަން ސާފުކޮށް އެނގޭ ކަމަށް ވެސް އެމްޑީޕީ އިން ބުނެފައިވެއެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ނ) ގެ ދަށުން، 5 އަހަރުގެ ދައުރަކަށް، ރައްޔިތުން އިންތިހާބުކުރި ކައުންސިލުތަކުގެ ދައުރުގެ ތެރެއިން، މަސްއޫލިއްޔަތުތައް އަދާކުރުމުގެ 1 އަހަރު އުނިވާ ގޮތަށް ޤާނޫނެއް ފާސްކުރި އިރު، އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދައިފައި ނުވާ ކަމަށް އެމްޑީޕީ އިން ބުނެފައިވެއެވެ.

"މިހެންކަމުން، މި ބިލުގެ ބޭނުމަކީ، ކޮންމެހެން ރައްޔިތުންގެ ހިޔާލު ހޯދުން ނޫންކަމާއި، އަދި ސަރުކާރުން ބޭނުންވާ ކަންކަން ވަކި ގޮތަކަށް ނިންމުންކަން ސާފުކޮށް އެނގެއެވެ. ނަތީޖާ އަކީ، ގައުމީ މުހިންމު ކަންކަމުގައި، ރައްޔިތުންގެ ބަސް އިއްވުމަށް އޮތް ފުރުސަތު ހަނިވުމެވެ."

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހާ ހަވާލުކޮށްފައިވާ މަތިވެރި ޒިންމާ އަދާ ކުރުންމަތީ، އެމްޑީޕީގެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެމްޑީޕީ ގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މަސްދަރު: އެމްޑީޕީ

އެމްޑީޕީމަޖިލީސްރެފަރަންޑަމް ބިލުރިޔާސީ ދައުރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު