Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ރެގިއުލޭޓް ކުރުން

ގާނޫނުގެ ވެރިކަން ދަމަހައްޓަން ލާޒިމު ކޮށް، ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މީޑިއާ ރެގިއުލޭޓް ކުރާ ބިލު އަންގާރަ ދުވަހަށް އެޖެންޑާ ކޮށްފި

ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ

ރާއްޖެ އެމްވީ | 18 އޯގަސްޓު 2025 | ހޯމަ 18:56
ޣައްޒާގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދޭ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ ނޫސްވެރިން ބޭއްވި އިހްތިޖާޖެއްގައި ފާޅު ކޮށްފައިވާ ޝުއޫރެއް

ޣައްޒާގެ ނޫސްވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ އަސްކަރިއްޔާއިން ދޭ ހަމަލާތަކާ ދެކޮޅަށް ދުނިޔޭގެ ނޫސްވެރިން ބޭއްވި އިހްތިޖާޖެއްގައި ފާޅު ކޮށްފައިވާ ޝުއޫރެއް

ވަކިވަކި ނޫސްވެރިންނަށް އަދަބު ދެވޭ ގޮތައް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު އަންގާރަ ދުވަހަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާ ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާ މި ބިލުގައި ބްރޯޑްކާސްޓަރުންނާއި ރާއްޖޭގައި ނޫސް މަޖައްލާތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

Advertisement - newsAdvertisement

މި ގާނޫނުގެ ދަށުން އަލަށް އުފައްދާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ބޮޑެތި ބާރުތައްކެއް ލިބިދީފައިވާ އިރު، ބިލުގައިވާ ގޮތުން މީޑިއާގައި މަސައްކަތް ކުރާ ފަރާތެއް ނުވަތަ ނޫސްވެރިން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެއެވެ. ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހު ނުކޮށްފިނަމަ 5،000ރ އާއި 25،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެޅިދާނެ ކަމަށް ގާނޫނު ގައި ބުނާ ފިޔަވަޅު ތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ކަމެއް ރަނގަޅު ކުރަން އެންގުމާއި، އިންޒާރު ދިނުމާއި، ކުށުގެ އިސްލާހު އާންމު ކުރުމާއި، ކުށެއް ތަކުރާރު ވިޔަ ނުދިނުމަށް ކަންކަން ކުރަން އެންގުމާއި، ވޭތުވެ ދިޔަ އަހަރު އެފަރާތައް ލިބުނު އާމްދަނީގެ 10 އިން ސައްތަ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި، ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމަށް އެންގުމާއި، ކޯޓަށް ހުށަހަޅައިގެން ލައިސަންސް ބާތިލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ އެވެ.

ބްރޯޑްކާސްޓަރުންނާއި މީޑީއާ ގައި މަސައްކަތް ކުރާ ފަރާތްތައް އަދި ނޫސްވެރިން މަސައްކަތް ކުރަން ވާނީ "ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސް ތައް ކުރިއަރުވުން،" ކަމަށް ސުލޫކީ މިންގަނޑު އެކުލާވާލުމުގެ ހަމަ ތަކުގެ ތެރޭގައި ހިމަނަން ޖެހޭނެ ކަމަށް ބިލުގައި ހިމެނިފައިވެއެވެ.

އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބޭ ގޮތައް، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކަ އެއް އޮންނަ މިނިވަން ޝަޚްސެއް ކަމަށް ބުނެފައިވާ ކޮމިޝަނަށް ލިބިދޭ އެހެން ބާރުތަކުގެ ތެރޭގައި ކޮމިޝަނަށް ހެކިންގެ ގޮތުގައި މީހުން ހާޒިރު ކުރުމުގެ ބާރާއި، ބަލަމުންދާ މައްސަލަ އަކާ ގުޅުން ހުރި ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރުމާއި، ބަޔާން ނެގުމާއި، ގުޅުން ހުރި ލިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުން ވެއްޖެނަމަ އެ ލިޔުންތައް ކޮމިޝަނަށް ގެނައުމާއި، ލިޔުމުން މައުލޫމާތު ދިނުމަށް އެންގުމާއި، ހެކި ހޯދުން ހިމެނެއެވެ.

ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން ކޮމިޝަންގެ މައްޗަށް ލާޒިމު ކޮށްފައި ވުމުގެ އިތުރުން ދޮގު ޚަބަރުގެ ޒަރީއާ އިން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާއި ނަފްރަތު އުފައްދާ ގައުމުގެ އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ފާހަގަ ކުރެވިއްޖެ ނަމަ އެމީހަކު ނުވަތަ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަކީ ވެސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށް ބިލުގައި ވެއެވެ.

މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖްތަމައުގައި ބޭނުން ކުރުމަށް އެކަށީގެން ނުވާ ބަސްތަކާއި އިޝާރާތްތަކާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުމާއި ޝާއިއު ނުކުރުން ވެސް ހިމަނާފައިވެއެވެ.

ހަގީގީ އަދި ޚިޔާލީ ކޮންޓެންޓް ވަކި ކޮށް ދޭން ޖެހޭނެ ކަމަށާއި މީހެއްގެ އަމިއްލަ މައުލޫމާތު ހޯދަން ވާނީ މުޖްތަމައުގެ މަސްލަހަތެއް އެކަމުގައި ހިމެނޭ ކަމަކަށް ވާނަމަ ކަމަށް ބުނެފައި ވެއެވެ. އަދި މައުލޫމާތު ހޯދުމާއި ލިބިގަތުމުގައި އަދި ބޭނުން ކުރުމުގައި އެފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާ އަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަރާތުގެ އަމިއްލަ އަބުރަށާއި ގަދަރަށް އަބަދުމެ އިހުތިރާމް ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

ހުށަހަޅާފައިވާ ބިލު ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ މަގާމުތައް ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެއެވެ.

އަލަށް އުފެދޭ ކޮމިޝަން ހިންގުމާ ހަވާލު ވަން ދެން ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ އަކުން ކަމަށާއި އެމީހުން ޑިރެކްޓަރ ޖެނެރަލުންނަށް ވުރެ މަތީ މަގާމުތަކުގެ މީހުންނަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް އުފެދޭ ކޮމިޝަންގައި ތިބޭނީ 7 މެމްބަރުން ކަމަށާއި އެއީ މަޖިލިހުގެ ރުހުން ލިބިގެން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ 3 މެމްބަރުންނާއި މީޑިއާ ތަކުން އިންތިޚާބު ކުރާ 4 މެމްބަރުންނެވެ. މީޑިއާ ތަކުން އިންތިޚާބު ކުރާ މެމްބަރުންގެ އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. އިންތިޚާބުގައި ވޯޓު ލެވޭނީ ރަޖިސްޓަރީ ކޮށްފައިވާތާ 5 އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ކަމަށް ބުނެފައިވެއެވެ.

ކޮމިޝަންގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވާއިރު، ކޮމިޝަންގެ ރައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ފާސް ކުރާ ނަމެކެވެ.

ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެއްވެސް ވަސީލަތެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއު ކުރަން ވާނީ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްގެން ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކޮމިޝަންއަބްދުލް ހަންނާން އަބޫބަކުރުނޫސްވެރިކަންމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

މީޑިއާ ފަންޑުގެ މިނިވަން ރިވިއު އެއް ހެދުމަށް އޯކާ މީޑިއާ އިން ގޮވާލައިފި

30 އޮކްޓޯބަރު 2025
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި

28 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު