Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބްރޯޑްކޮމް

ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީ އެއްވުމުގައި ދެއްކި ވާހަކަތަކެއް އަނެއްކާވެސް ބޮރޯޑްކޮމް އިން ބަލަނީ

ބްރޯޑްކަސްޓިން ކޮމިޝަނުގެ ޑިރެކްޓަރ ލީގަލް އެފެއާރޒް އައިޝަތު ހާދިޔާ މުޙައްމަދު ސޮއިކޮށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީ އާއި މެދު ހުށަހަޅާފައިވާ މި މައްސަލަ އަކީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 24 ޖޫން 2025 | އަންގާރަ 10:44
ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކާސްޓިންގ ކޮމިޝަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކުގެ މައްސަލައެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކުރުމުން އަނެއްކާވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

23 ޖޫން 2025 ގައި މޯލްޑިވްސް ބްރޯޑްކަސްޓިން ކޮމިޝަނުގެ ޑިރެކްޓަރ ލީގަލް އެފެއާރޒް އައިޝަތު ހާދިޔާ މުޙައްމަދު ސޮއިކޮށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ރާއްޖެ ޓީވީ އާއި މެދު ހުށަހަޅާފައިވާ މި މައްސަލަ އަކީ ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފް ވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މައްސަލަ އަކީ މޭއި 5 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކަކާއި ގުޅުން ހުރި މައްސަލަ އެއް ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. ރާއްޖެޓީވީ އަށް އެ ކޮމިޝަނުން ފޮނުނު ލިޔުމުގައި އެ އެއްވުމާއި ގުޅުން ހުރި ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.

މި މައްސަލައިގައި ރިޔާއަތްކޮށްފައިވާ އެއްވުން ބާއްވާފައި ވަނީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ކަމަށް ވާއިރު މިފަދަ މައްސަލަތައް ބަލަން ބްރޯޑްކޮމް އިން ފަށަނީ އެމްޑީޕީގެ ހަރަކާތްތައް ގިނަވާ ދުވަސްކޮޅާއި ދިމާކޮށް ކަމަށް ވާތީ އެއީ ސަރުކާރުން ބޭނުންވާ ގޮތަށް ބްރޯޑްކޮމް މެދުވެރިކޮށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ބައެއް އާއްމުން ތުހުމަތު ކުރެއެވެ،

އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން ކަރާމާތް ގެއްލޭ ފަދަ ވާހަކަ އެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ރާއްޖެޓީވީ އާއި ގުޅުން ހުރި މައްސަލަ އެއް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ވަނީ ބަލާފައެވެ. އެ މައްސަލަ ބަލާފައި ވަނީ މާރޗް މަހުގެ ތެރޭގައެވެ.

އޭރު ހުށަހެޅި މައްސަލަ އަކީ ވެސް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ޚިލާފު ކޮންޓެންޓްތައް އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ދައްކާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެ ގޮތުން ކޮންޓެންޓަކީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަން ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުމުގެ ހަމަ އާއި، ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ރައްކާތެރިވާ ގޮތަށް ބްރޯޑްކާސްޓްކުރުން އަދި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލު ކުރަންވީ ގައިޑްލައިންގެ ހަތަރު ވަނަ ހަމައިގެ (ނ) އާއި ޚިލާފު ކޮންޓެންޓެއް ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުކަރާމާތް ގެއްލުންރާއްޖެ ޓީވީމޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު