Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ޚިޔާލު ހޯދުމުގެ ބިލަކީ 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް މުޢިއްޒު ގެންގުޅޭ ޓޫލެއް: މީކާއީލް

އެ ބިލާ ގުޅިގެން އެކުލަވާލަން ޖެހޭ މައުލޫމާތު ކަރުދާހެއްގެ ވާހަކަ އޮވޭ، އެ މައުލޫމާތު ކަރުދާން އޮންނަންވީ ގޮތުގެ ތަފްސީލު ވެސް މެމްބަރުންނަށް ނޭނގޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2025 | ހޯމަ 05:04
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބިލަކީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޓޫލެއް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އޮތް، ދައުރުން ބޭރު ޖަލްސާގައި މީކާއީލް މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މީކާއީލް ވިދާޅުވީ ކޮމެޓީ މަރުޙަލާ ނިމިގެން އައިއިރު، ކޮމެޓީގައި ވެސް އެ ބިލަށް ވޯޓު ނުދެއްވާ ކަމަށެވެ. މީކާއީލް ވިދާޅުވީ އެ ބިލާ ގުޅިގެން އެކުލަވާލަން ޖެހޭ މައުލޫމާތު ކަރުދާހެއްގެ ވާހަކަ އޮންނަ ކަމަށާއި، އެ މައުލޫމާތު ކަރުދާން އޮންނަންވީ ގޮތުގެ ތަފްސީލު ވެސް މެމްބަރުންނަށް ނޭނގޭ ކަމަށެވެ.

އެ މައުލޫމާތު ނޭނގި އިންތިޚާބަކާ ހަމައަށް ދާ ނަމަ، އެ ވަގުތަކު އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވަން ތިއްބެވި ބޭފުޅުންގެ އަތް މަތީގައި މައުލޫމާތު ކަރުދާސް ތައްޔާރު ކުރުން އޮންނަ ކަމަށެވެ. މީކާއީލް ވިދާޅުވީ ކަމަކުން ލިބޭ ފައިދާގެ ވާހަކަ އެއް ޖުމުލައިގައި އޮންނައިރު، އަނެއް ޖުމުލައިގައި އޮންނަނީ ކަމަކު ލިބޭ 10 ގެއްލުން ކަމަށެވެ.

މީކާއީލް ވިދާޅުވީ ރައްޔިތުންނަށް އެކަމުގެ އެކަށީގެންވާ މައުލޫމާތު ވެސް ފޯރު ކޮށް ނުދީ، ޞައްޙަ ނޫން އިންތިޚާބު ތަކެއް ބޭއްވުމުގެ ފުރުސަތު އެ ބިލުން ލިބިގެން ދާނެ ކަމަށެވެ. އެހެންކަމުން އެންމެ ބޭނުން ވަނީ ހަގީގީ މާނައިގައި ރައްޔިތުންނާ ހަމައަށް ގޮސް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުންގެ ޚިޔާާލު ހޯދޭނޭ ރަނގަޅު ގޮތްތަކެއް ރައްޔިތުންގެ މަޖިލީހުން އެކަށައަޅައި، ޤާނޫނެއްގެ ސިފައިގައި ގެނައުން ކަމަށެވެ.

އެހެން ނަމަވެސް މިހާރު ފެންނަނީ ރިޔާސީ އިންތިޚާބު އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮއްލުމުގެ ކުޅިވަރެއް ކަމަށާއި، އެކަމުގެ ހައިޖާނެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިހާރު ވެސް ތިބީ ކަސްތޮޅު އަޅުވާފައި ކަމަށާއި، އެ މެމްބަރުން ލައްވައި އަނެއްކާ ވެސް އަނެއް ގޯސް ހައްދަން އުޅޭ މަންޒަރު ފެންނަ ކަމަށް މީކާއީލް ވިދާޅުވި އެވެ.

އެ ބިލަކީ ރިފަރެންޑަމްއާ ގުޅޭ ބިލެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިސް ބޭނުން ކޮށްގެން 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުޢިއްޒު ބޭނުން ކުރައްވާ ޓޫލެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.

މި ބީދައިން ވެސް ރައްޔިތުންނަށް މިކަން ވިއްކައި ރިގް އިލެކްޝަންތަކެއް ބޭއްވުމުގެ ފުރުސަތު މި ބިލުން ފަހިވާކަން އަޅުގަނޑު ފާހަގަ ކުރަން. އަޅުގަނޑުމެން ބޭނުން ވަނީ ހަގީގަތުގައި ވެސް ހަގީގީ މާނައިގައި ރައްޔިތުންނާ ހަމައަށް ގޮސް، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެ ރައްޔިތުންގެ ޚިޔާލު ހޯދޭނެ ރަނގަޅު ގޮތްތައް މި ރައްޔިތުންގެ މަޖިލީހުން އެކަށައަޅާ ޤާނޫނެއްގެ ސިފައިގައި ގެނައުން، އެހެން ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮއްލުމުގެ ކުޅިވަރެއް، ހައިޖާނެއްގެ ތެރެއިން އަނެއްކާ ވެސް މި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މިހާރު މި ތިއްބެވީ ކަސްތޮޅު އަޅުވާފައި. ކަސްތޮޅު އަޅުވާފައި ތިބި މެމްބަރުން ތަކެއް ލައްވައި އަނެއްކާ ވެސް އަނެއް ގޯސް ހައްދަވަން އުޅޭ މަންޒަރު މި ފެންނަނީ. މިއީ ރެފަރަންޑަމްއާ ގުޅޭ ބިލެއް ނޫން، މިއީ ދޭހަސް އަށާވީހުގެ އިންތިޚާބު ރައީސް މުޢިއްޒު ވަގަން ނެންގެވުމަށް އަނެއްކާ ވެސް މި ރައްޔިތުންގެ މަޖިލިސް ބޭނުން ކޮށްގެން ފާސް ކުރުވަން އުޅޭ ޓޫލެއް.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް

މީގެ އިތުރުން މީކާއީލް ވިދާޅުވީ އިންތިޚާބުތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ލިބޭ މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށް ވާން ޖެހޭ ކަމަށެވެ. އެގޮތުން ކޮމެޓީގެ މަރުހަލާގައި ވެސް، ބިލުގައި އޮތީ އެކަށީގެންވާ މުއްދަތެއް ނޫން ކަަމަށް، އިލެކްޝަންސް ކޮމިޝަން އިން ވެސް ފާހަގަ ކޮށްފައިވާ ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، މައުލޫމާތު ކަރުދާސް އެކުލަވާލައި، ކެމްޕެއިން ކުރުމަށް ދީފައި ވަނީ 21 ދުވަސް ކަމަށް މީކާއީލް ފާހަަގަ ކުރެއްވި އެވެ. ނަމަވެސް ރައްޔިތުންގެ ވޯޓާ ހަމައަށް ދާއިރު، ރައްޔިތުންނަށް އެކަމުގެ ފުރިހަމަ މައުލޫމާތާއި، ކަންކަން ސާފުކޮށް ނުދެވޭނެ ކަމުގައި މީކާއީލް ވިދާޅުވެފައިވެ އެވެ.

މީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސްރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު