Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

2028 ވަނަ އަހަރު އުފެދޭ އެމްޑީޕީ ސަރުކާރުގައި، މިހާރު ލާމަރުކަޒީ ނިޒާމަށް މި ގެނެވޭ ހުރިހާ ބަދަލުތަކެއް އަލުން ދޫކޮށްލާނަން: ރައީސް ސާލިހް

ދެން އަންނަ އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކަށް ބާރުވެރިކަން ދީ، ބަޖެޓުން ދެވޭ ގްރާންޓް 5 އިންސައްތައިން އިތުރުކުރާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 17:44
ރައީސް އިބްރާހިމް މުހައްމަދު ސާލިހް - 11-09-2025

ރައީސް އިބްރާހިމް މުހައްމަދު ސާލިހް - 11-09-2025

މިސަރުކާރުގެ ކޮންމެ ސިޔާސަތަކާ މެދު ރައްޔިތުން ޖޯކު ޖަހަމުންދާ ކަމަށާއި 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އައުމުން، މިހާރު ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހުރިހާ ބަދަލުތަކެއް އަލުން ދޫކޮށްލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޮޑުފޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ސިޔާސީ އަދި ހިންގުމުގެ ބާރުތައް ދޫކޮށްލައި، ރަށްރަށުގެ ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ދިނުމުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ރާއްޖެ ތަރައްޤީވަމުންދާ ކަމުގެ ރަނގަޅު މިސާލެއް ބޮޑުފޮޅުދޫއިން ފެންނަން އޮތް ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި، އެސްއެމްއީ ލޯނު ދޫކުރުމާއި، އެއަރޕޯޓް ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ސިއްޙީ ޚިދުމަތް ފުޅާކުރުމާއި، ސްކޫލްތައް އިމާރާތްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. ރައްޔިތުން އެންމެ ބޭނުން ޖެހިފައިވާ ފެނާ ނަރުދަމާގެ މަސައްކަތް މުޅި ރާއްޖޭގައި އެމްޑީޕީގެ ސަރުކާރުން ފެއްޓި ކަމަށާއި ޤާނޫނުގައި ލިޔެގެން 2025 ވަނަ އަހަރުގެ އޯގަސްޓުގެ ނިޔަލަށް ހުރިހާ ރަށެއްގައި އެކަން ނިންމަން ވާނެ ކަމަށް އޭރު ހިސާބު ޖަހާފައިވާއިރު، އޭރު ނުނިމި ހުރި ކަންކަން މިސަރުކާރުން ވަނީ ހުއްޓާލާފައި ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް، ވަގުތީ ވަޒީފާތައް އުފައްދައި، ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ކުދި މަޝްރޫޢުތައް ދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކައުންސިލްތަކުގެ ބަސް އަޑުއަހަން ޖެހޭ ކަމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން އަނެއްކާވެސް ރާއްޖޭގައި ވެރިކަން ކުރާނީ އެމްޑީޕީން ކަމަށެވެ. އަދި ކައުންސިލްތަކަށް ބާރުވެރިކަން ދީ، ބަޖެޓުން ދެވޭ ގްރާންޓް 5 އިންސައްތައިން އިތުރުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިސަރުކާރުން ރައްޔިތުން ނިކަމެތިކޮށް ބިކަކުރަމުންދާއިރު، 3 އޮކްޓޯބަރ 2025 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ މުޒާހަރާގައި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް ރައީސް ޞާލިޙް ގޮވާލެއްވި އެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުބޮޑުފޮޅުދޫއެމްޑީޕީލާމަރުކަޒީ ނިޒާމުކައުންސިލުތައް3 އޮކްޓޯބަރ މުޒާހަރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު