Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ރަޝީދު ހުސައިން

ޕީއެންސީއަށް ނޫނެކޭ ބުނުމަކީ ގައުމީ ވާޖިބެއް: ބިގޭ

ލާމަރުކަޒީ ނިޒާމު ނައްތާލުމަށް މިސަރުކާރުން މަސައްކަތްކުރަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 ސެޕްޓެމްބަރު 2025 | ބުރާސްފަތި 17:07
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)11-09-2025

އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)11-09-2025

ޕީއެންސީގެ ވެރިކަމުގައި ބާރުތައް އެއްކޮށް، ތަރައްޤީގެ އެއްވެސް މަސައްކަތެއް މިސަރުކާރުން ނުކުރާ ކަމަށާއި ރާއްޖޭގެ މިވަގުތުގެ އިޤްތިޞާދީ އަދި ސިޔާސީ ހާލަތަށް ބަލާއިރު، ޕީއެންސީއަށް ނޫނެކޭ ބުނުމަކީ ގައުމީ ވާޖިބެއްކަމުގައި ބުނުމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ބޮޑުފޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ބިގޭ ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލާ މީގެ 30 އެތައް އަހަރު ކުރިން އޮތް އަތޮޅުވެރިންގެ ޒަމާން ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގައި މިކަމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ބިގޭ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިން ނަމަވެސް، މިހާރުގެ ސަރުކާރުން ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެ، އާންމު ރައްޔިތުން ނިކަމެތި ކުރަމުންދާކަމަށެވެ. ލިބޭ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެހި، ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަމަށާއި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުން ފައިސާ ނުދައްކާ، ހަމައެކަނި ސަރުކާރާ ގުޅުންހުރި ކުންފުނިތަކަށް މަސައްކަތް ޙަވާލުކުރަމުންދާއިރު، ރަށްރަށުގައި އުމްރާނީ ތަރައްޤީގެ އެއްވެސް މަސައްކަތެއް ނުކޮށް، ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދޭކަމަށް ބިގޭ ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު ނައްތާލުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާއިރު، އަތޮޅު ކައުންސިލްތައް އުވާލުމާއި ދެކޮޅަށް ހުރިހާ އެންމެންވެސް އަޑު އުފުލަންޖެހޭ ކަމަށް ބިގޭ ވިދާޅުވި އެވެ. ބިގޭ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ އިތުރުން ވެސް ބޮޑެތި ބަދަލުތަކެއް ގާނޫނަށް ގެންަނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައުންސިލްތައް އުވާލުމުގެ ބާރު އެލްޖީއޭއަށް ނެންގެވުމާއި ވަކިވަކި ކައުންސިލަރުން މަގާމުން ދުރުކުރުމުގެ ވާހަކައާއި ކައުންސިކްތަކުގައި އޮތް ބާރު ސަރުކާރުގެ ބާރުގެ ދަށަށް އެތަކެއް ކަމެއް ނެގުމުގެ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ލިބޭ ފުރަތަމަ ފުރުސަތަކީ ލޯކަލް ކައުންސިލް އިންތިހާބު ކަމަށެވެ. އެ އިންތިހާބުގައި މި ސަރުކާރުން ނެރޭ ކެންޑިޑޭޓުންނަށް ބޮޑުތަނުން ނޫނެކޭ ބުނުން އެއީ ރައްޔިތުންގެ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެން ގަބޫލުކުރައްވަން ޖެހޭ ކަމަށެވެ ބިގޭ ވިދާޅުވީ މިއީ ދަރިންގެ ދަރީންގެ މުސްތަގުބަލަށްޓަކައި އަދާކުރަންޖެހޭ ފަރުދީ ޒިންމާއެއް ކަމަށެވެ.

ރާއްޖެ ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެއް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން. މިފަދަ ހުދުމުހުތާރު އަނިޔާވެރި ރައްޔިތުންގެ އަތާއި އަނގައާއި ދިމާނުވާގޮތަށް ހުރިހާކަމެއް ތަރުތީބުކޮށްފައި މިއޮތް ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނޭ. މިހާރު އޮތް ކައުންސިލްގެ ކުޑަމިންވަރުގެ ތެރެއިން ޕްރީ ސްކޫލުގެ ހިދުމަތާއި ސިއްހީ ކަންކަމާއި ކައުންސިލް ފެންވަރުގައި ދެމުންދާ ހިދުމަތްތައް ނިގުޅައިގަންނަމުންދާ ވާހަކަ މި އަޑު އިވެނީ. އަތޮޅުވެރިންގެ ޒަމާން އަންނަނީ. އަތޮޅު ކައުންސިލްތައް އުވިގެންދަނީ. ރައްޔިތުން ވިސްނާ ފިކުރުކުރަންއެޖެހޭ.
އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

އެހެންކަމުން އޮކްޓޯބަރު 3 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންވާ އިޙްތިޖާޖުގައި ބައިވެރިވުމަށް އާންމު ރައްޔިތުންނަށް ބިގޭ ވަނީ ގޮވާލައްވާފައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަމަށާއި، ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން އެމީހުންގެ ނިންމުން ސާފުކޮށް ދައްކުވައިދޭނެކަމަށްވެސް ބިގޭ ވިދާޅުވި އެވެ.

މުހައްމަދު ރަޝީދު ހުސައިންއިބްރާހިމް މުހައްމަދު ސާލިހުޕީއެންސީލާމަރުކަޒީ ނިޒާމުއަތޮޅު ކައުންސިލްލޯކަލް ކައުންސިލް އިންތިހާބު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު