Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޤަތަރު ގުޅުން

އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ މެދު ހިތްހަމައެއް ނުޖެހޭ: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ޤަތަރަށް ހަމަލާ ދިނުމަށް ނިންމި ނިންމުމަކީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ނިންނި ނިންމުމެއް ކަމަށާއި، އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެވެ. އަދި ޤަތަރަކީ އެމެރިކާގެ ވަރަށް ވަރުގަދަ ރަޙުމަތްތެރިއެއްކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަމަލާއާ މެދު އޭނާ ހިތާމަ ކުރައްވާ ކަމަށެވެ.

ޓްރަމްޕް ވަނީ އިސްރޭލުން ޤަތަރަށް ދިން ހަމަލާއާމެދު ހިތްހަމަ ނުޖެހޭކަމަށް ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 06:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޤަތަރުގެ ވެރި ރަށް ދޯހާ އަށް ދިން ހަމަލާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ އިސްރާއީލް އިން ވަނީ ޤަތަރުގައި ތިއްބެވި ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ. އެކަމާ ގުޅިގެން ޤަތަރުން ވެސް ވަނީ އެކަން ކުށްވެރިކޮށް، އެކަމުން ދިފާއުވުމުގެ ހައްގު އޮތް ކަމަށް ހާމަކޮށްފަ އެވެ.

ޤަތަރާއި އެމެރިކާ އަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމަށްވާއިރު، ޓްރަމްޕް ވިދާޅުވެފައި ވަނީ ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދިނުމުގައި އެމެރިކާ އިން އެއްވެސް ދައުރެއް އަދާ ކޮށްފައި ނުވާނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ވިދާޅުވީ، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން އޭނާ އަށް ލިބިފައި ނެތް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، މުޅި މައްސަލައާ މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި، އޭނާ ވެސް ބޭނުން ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަން ކުރަން ކަމަށެވެ. އެހެން ނަމަވެސް، މިއަދު ކަންތައް ވެގެން ދިޔަ ގޮތާ މެދު ކަންބޮޑުވުން އޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދީފައިވާއިރު، ޤަތަރަކީ ޣައްޒާ ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޤައުމެވެ. އެ މަޝްވަރާ ތަކުގައި ޤަތަރުން އަންނަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމަށް ވެސް ބާރު އަޅަމުންނެވެ.

ޤަތަރަކީ އެމެރިކާގެ އެންމެ ބޮޑު އެއާ ބޭސް ހުރި ޤައުމެވެ. އަދި އަބަދު ވެސް ޤަތަރާއި، އެމެރިކާ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. މިއަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޤަތަރަށް ވަޑައިގެންފަ އެވެ. ޓްރަމްޕްގެ އެ ދަތުރުފުޅުން ވެސް ދެ ޤައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން ވަނީ ހާމަވެގެން ގޮސްފަ އެވެ.

ޓްރަމްޕް ވިދާޅުވީ ޤަތަރަށް ހަމަލާ ދިނުމަށް ނިންމި ނިންމުމަކީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ ނިންނި ނިންމުމެއް ކަމަށާއި، އެއީ އޭނާގެ ނިންމުމެއް ނޫން ކަމަށެވެ. އަދި ޤަތަރަކީ އެމެރިކާގެ ވަރަށް ވަރުގަދަ ރަޙުމަތްތެރިއެއްކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަމަލާއާ މެދު އޭނާ ހިތާމަ ކުރައްވާ ކަމަށެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ، ދެން އަލުން ޤަތަރުގެ ބިމުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން، ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އަށް ދެއްވާފައިވާނެ ކަމަށެވެ. އަދި ޤަތަރާ އެކު ދިފާއީ އެއްބާރުލުމުގެ އެއްބަސްވުމުގއި ސޮއި ކުރުމަށް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަށް އަންގަވާފައި ވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ޤަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅުވެފައި ވަނީ، އެ ހަމަލާގެ އެއްވެސް އިންޒާރެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ އޮފިޝަލުންގެ ފަރާތުން ފޯނު ކޯލު ލިބުނުއިރު، ވެރި ރަށް ދޯހާގައި އިސްރާއީލް އިން ދިން ހަމަލާގެ އަޑުތައް އިވެމުން ދިޔަ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕްއިސްރާއީލް-ހަމާސްބެންޖަމިން ނަތަންޔާހޫހަމާސްޣައްޒާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު