Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ޔުނިސެފް

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

މިހާރު ސްކޫލް އުމުރުގެ ކޮންމެ 5 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބަރުދަން އިތުރުވެފައިވާ ކުއްޖެއް ކަމަށާއި މިއީ މުޅި ދުނިޔެ އަށް ބަލާއިރު ގާތްގަނޑަކަށް 391 މިލިއަން ކުދިން ކަމަށް ޔުނިސެފް އިން ބުނެއެވެ. އަލްޓްރާ-ޕްރޮސެސްޑް ކާނާ އަށް ބަރޯސާވުން އިތުރުވުމުގެ ސަބަބުން މިކަން އިތުރަށް ގޯސްވަމުން ދާއިރު، ސަރުކާރުތަކުން މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޔުނިސެފް އިން ބުނެއެވެ.

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 03:21
ފާސްޓްފުޑް ރެސްޓޯރެންޓެއްގައި ތައްޔާރުކޮށްފައިވާ ޗިޕްސް އާއި ބާރގައި - ކުޑަކުދިންގެ ބަރުދަން އިތުރުވަނީ ނުރަނގަޅު ކާނާގެ ސަބަބުން ކަމުން ޔުނިސެފް އިން ބުނޭ

ފާސްޓްފުޑް ރެސްޓޯރެންޓެއްގައި ތައްޔާރުކޮށްފައިވާ ޗިޕްސް އާއި ބާރގައި - ކުޑަކުދިންގެ ބަރުދަން އިތުރުވަނީ ނުރަނގަޅު ކާނާގެ ސަބަބުން ކަމުން ޔުނިސެފް އިން ބުނޭ

ޔުނިސެފްގެ މުހިންމު ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށްވުރެ ބަރުދަން އިތުރުވެފައިވާ ކުދިންނެވެ.

ޔުނިސެފް ގެ ހޯދުންތަކުން ބުނާ ގޮތުގައި 5 އަހަރާއި 19 އަހަރާ ދެމެދުގެ 10 ކުދިންގެ ތެރެއިން 1 ކުއްޖަކު - ގާތްގަނޑަކަށް 188 މިލިއަން ކުދިންނާއި ޒުވާނުން - މިހާރު ވަނީ ބަރުދަން އިތުރުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިކަމުގެ ސަބަބަކީ އާންމު ކާނާގެ ބަދަލުގައި އަގުހެޔޮ އަދި ކެލަރީ މަތީ އަލްޓްރާ-ޕްރޮސެސްޑް ކާނާއަށް ބަރޯސާވުން އިތުރުވެފައިވާތީއެވެ. އދ.ގެ އޭޖެންސީ އެއް ކަމުގައިވާ ޔުނިސެފް އިން ސަރުކާރުތަކަށް ގޮވާލަނީ ކުޑަކުދިންގެ ކާނާ ނުބައި އިންގްރީޑިއަންޓްސްތަކުން ރައްކާތެރިކޮށް، އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސިނާއަތުން ސިޔާސަތުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށެވެ.

ޔުނިސެފް އިން ބުނަނީ ފަގީރު ގައުމުތަކުގައި ވެސް މިއީ މިހާރު ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުދިންގެ އުމުރާއި، ޖިންސާއި އަދި އިސްކޮޅަށް ބަލާއިރު ދުޅަހެޔޮ ބަރުދަނަށްވުރެ މާބޮޑަށް ބަރުވެފައިވާނަމަ އެކުދިން ބެލެވެނީ ބަރުދަން އިތުރުވެފައިވާ ކުދިންގެ ގޮތުގައެވެ. ބަރުދަން އިތުރުވުމުގެ ނުރައްކާތެރި ސިފައެއްގެ ގޮތުގައި ބެލެވޭ އޮބީސިޓީ އަކީ ޓައިޕް-2 ޑައިބެޓީސް، ހިތުގެ ބަލިތައް، އަދި ވަކި ބާވަތްތަކުގެ ކެންސަރުތަކާ ގުޅުންހުރި ސީރިއަސް މައްސަލައެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ކުޑަކުދިންގެ އުމުރުފުރާގައި މޭވާއާއި، ތަރުކާރީ އާއި އަދި ޕްރޮޓީން ހިމެނޭ ރަނގަޅު ކާނާއަކީ ހެދިބޮޑުވުމާއި، ސިކުނޑީގެ ތަރައްޤީ އާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ނަމަވެސް ގިނަ އާންމު ކާނާގެ ބަދަލުގައި މިހާރު ބޭނުން ކުރަނީ ހަކުރު، ލޮނު، އަދި އެޑިޓިވްސް ގިނަ އަލްޓްރާ-ޕްރޮސެސްޑް ކާނާ ކަމަށް ޔުނިސެފް އިން ބުނެއެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވާގޮތުގައި ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް އެއީ ކުޑަކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އޭނާ ވިދާޅުވީ މިއީ "އިތުރުވަމުންދާ ކަންބޮޑުވުމެއް" ކަމަށާއި މިކަމުން ކުދިންގެ ސިއްހަތާއި ހެދިބޮޑުވުމަށް އަސަރު ކުރާނެ ކަމަށެވެ.

ނުރަނގަޅު ކާނާގެ ސަބަބުން ހަށިގަނޑު ހިކުމާއި ހެދިބޮޑުވުމަށް ހުރަސްއެޅުން ފަދަ ކަންކަން - މިއީ އަދިވެސް ގިނަ މެދުފަންތީގެ އަދި ދަށް އާމްދަނީގެ ގައުމުތަކުގައި 5 އަހަރުން ދަށުގެ ކުދިންގެ މެދުގައި ފާހަގަކުރެވޭ މައްސަލައެކެވެ. ނަމަވެސް 190 އަށްވުރެ ގިނަ ގައުމުތަކުގެ ތަފާސްހިސާބުތަކަށް ބިނާކޮށް ޔުނިސެފްއިން ހަދާފައިވާ އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުގައި 5-19 އަހަރާ ދެމެދުގެ ބަރުދަން ލުއި ކުދިންގެ އަދަދު 2000 ވަނަ އަހަރުން ފެށިގެން 13 އިންސައްތަ އިން 9.2 އިންސައްތަ އަށް ދަށްވެފައިވެއެވެ. ނަމަވެސް ބަރުދަން އިތުރުވެފައިވާ މިންވަރު 3 އިންސައްތަ އިން 9.4 އިންސައްތަ އަށް އިތުރުވެފައި ވާއިރު، މިހާރު 10 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބަރުދަން އިތުރުވެފައިވާ ކުއްޖެކެވެ. ބަރުދަން އިތުރުވެފައިވާ ކުދިންގެ އަދަދު އިތުރުވެފައިވާ މިންވަރަށް ބަލާއިރު މިހާރު ސްކޫލް އުމުރުގެ 5 ކުދިންގެ ތެރެއިން 1 ކުއްޖަކީ ބަރުދަން އިތުރުވެފައިވާ ކުއްޖެކެވެ. ދިރާސާ އިން ލަފާކުރާ ގޮތުގައި މިއީ މުޅި ދުނިޔެއަށް ބަލާއިރު ގާތްގަނޑަކަށް 391 މިލިއަން ކުދިންނެވެ. ސަބް-ސަހާރާ އެފްރިކާ އަދި ދެކުނު އޭޝިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ސަރަހައްދެއްގައި ބަރުދަން އިތުރުވެފައިވާ ކުދިންގެ އަދަދު ބަރުދަން ލުއި ކުދިންގެ އަދަދަށްވުރެ މަތިވެފައިވެއެވެ.

ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އެންމެ މަތީ މިންވަރެއްގައި ބަރުދަން އިތުރުވެފައި ވަނީ ބައެއް ޕެސިފިކް ޖަޒީރާ ގައުމުތަކުގައެވެ. މީގެ ތެރޭގައި ނިއުއޭ (38%)، ކުކް އައިލެންޑްސް (37%)، އަދި ނައުރޫ (33%) ހިމެނެއެވެ. އޭގެ އިތުރުން ގިނަ މަތީ އާމްދަނީގެ ގައުމުތަކުގައި ވެސް ބަރުދަން އިތުރުވުމުގެ ސީރިއަސް މައްސަލަ ދިމާވެއެވެ. 5-19 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން، ޗިލީގައި 27%، އެމެރިކާގައި 21%، އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް ގައި 21% ކުދިންގެ ބަރުދަން އިތުރުވެފައިވެއެވެ.

ޔުނިސެފްގެ ކެތަރިން ރަސެލް ވިދާޅުވަނީ: "ކޮންމެ ކުއްޖެއްގެ ހެދިބޮޑުވުމާއި ތަރައްޤީ އަށް ބޭނުންވާ ރަނގަޅު އަދި އަގުހެޔޮ ކާނާ ލިބެން ހުންނަންވާނެއެވެ. އަޅުގަނޑުމެންނަށް އަވަސް ގޮތެއްގައި ބޭނުންވަނީ މައިންބަފައިންނާއި ބެލެނިވެރިންނަށް އެމީހުންގެ ކުދިންނަށް ރަނގަޅު އަދި ދުޅަހެޔޮ ކާނާ ލިބޭނެ ގޮތް ހަދައިދޭ ސިޔާސަތުތަކެކެވެ."

ޔުނިސެފް އިން އިންޒާރުދެނީ އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ ސިއްހަތަށް ކުރާނެ އަސަރާއި އިގްތިސާދީ ގެއްލުން ވަރަށް ބޮޑުވެދާނެ ކަމަށެވެ. ރިޕޯޓުން ލަފާކުރާގޮތުގައި 2035 ވަނަ އަހަރާ ހަމައަށް، ބަރުދަން އިތުރުވުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާނެ އަސަރު އަހަރަކު 4 ޓްރިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރު ވާނެއެވެ.

ރިޕޯޓުގައި ސަރުކާރުތަކަށް ގޮވާލަނީ ކާނާގެ ލޭބަލް ކުރުމާއި މާކެޓްކުރުމާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ. މީގެ ތެރޭގައި ސްކޫލް ކެންޓީންތަކުން އަލްޓްރާ-ޕްރޮސެސްޑް ކާނާ ނައްތާލުމާއި، ނުރަނގަޅު ކާނާ އާއި ބުއިންތަކަށް ޓެކްސް ނެގުމާއި، އަދި ކާނާ އުފައްދާ ފަރާތްތަކަށް ނުބައި އިންގްރީޑިއަންޓްސް އާއި ގެއްލުން ހުރި މާއްދާތައް މަދުކުރުމަށް ބާރުއެޅުން ހިމެނެއެވެ. މީގެ އިތުރުން ރިޕޯޓުގައި ގޮވާލަނީ އަލްޓްރާ-ޕްރޮސެސްޑް ކާނާގެ ސިނާއަތުން ސިޔާސަތު އެކުލަވާލުމަށް ނުފޫޒު ފޯރުވުމުން ރައްކާތެރިވުމަށެވެ. އަލްޓްރާ-ޕްރޮސެސްޑް ކާނާ އާއި ބުއިން އުފައްދާ ފަރާތްތަކަށް ސިޔާސަތު އެކުލަވާލުމާއި ތަންފީޒުކުރުމުގައި ބައިވެރިވުން މަނާކުރެވިދާނެ ކަމަށް ވެސް ޔުނިސެފް އިން ބުނެއެވެ.

މަސްދަރު: ބީބީސީ

ޔުނިސެފްކުޑަކުދިންގެ ބަރުދަން އިތުރުވުންއަލްޓްރާ-ޕްރޮސެސްޑް ކާނާކެތަރިން ރަސެލްކުޑަކުދިންގެ ސިއްޙަތުކާނާގެ ސިޔާސަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

03 ސެޕްޓެމްބަރު 2025
ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

ޣައްޒާ ގައި އެވްރެޖްކޮށް މަހަކު 500 ށް ވުރެ ގިނަ ކުޑަކުދިން އިސްރާއީލުގެ ހަމަލާ ތަކުގައި މަރުވާ ކަމަށް އދ އިން ބުނެފި

20 އޯގަސްޓު 2025
ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރުމަށް ސްޓާ މެޑިކަލްގެ ޚާއްސަ ހަރަކާތެއް

ދުނިޔޭގެ ގާތުން ކިރުދިނުމުގެ ހަފްތާ ފާހަގަކުރުމަށް ސްޓާ މެޑިކަލްގެ ޚާއްސަ ހަރަކާތެއް

08 އޯގަސްޓު 2025
ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި: ޔުނިސެފް

ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ތިބީ ބިރުވެރިކަމެއްގައި: ޔުނިސެފް

01 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު