Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
އެނާރޖީ ޑްރިންކްސް

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް އެނާރޖީ ޑްރިންކްސް މަނާ ކުރަނީ

ސިއްހަތަށް ގެއްލުން ހުރި އެނަރޖީ ޑްރިންކްސް 16 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން މަނާކުރަން އިނގިރޭސި ސަރުކާރުން ވިސްނަމުންދާއިރު މިއީ ޒުވާނުންގެ ދުޅަހެޔޮ ސިއްހަތަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2025 | ބުދަ 01:14
ލަންޑަންގެ ފިހާރައެއްގައި އެނާރޖީ ޑްރިންކް ޕްރައިމް ވިއްކަން ބަހައްޓާފައި

ލަންޑަންގެ ފިހާރައެއްގައި އެނާރޖީ ޑްރިންކް ޕްރައިމް ވިއްކަން ބަހައްޓާފައި

އިނގިރޭސިވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް ރެޑް ބުލް، މޮންސްޓަރ އަދި ޕްރައިމް ފަދަ އެނަރޖީ ޑްރިންކްސް ފިހާރަތަކުންނާއި، ރެސްޓޯރަންޓް ތަކުންނާއި، ކެފޭ ތަކުންނާއި، ވެންޑިންގ މެޝިންތަކުންނާއި އަދި އޮންލައިންކޮށް ވިއްކުން މަނާ ކުރުމަށް އައު ޤާނޫނެއް ތައާރުފް ކުރަމުންދާ ކަމަށް ރިޕޯޓު ކޮށްފިއެވެ.

ގިނަ ސުޕަރމާކެޓްތަކުން މިހާރުވެސް އަމިއްލައަށް މިކަން މަނާކޮށްފައިވީ ނަމަވެސް، އިނގިރޭސިވިލާތުގައި ކުޑަކުދިންގެ ތިންބައިކުޅަ އެއްބައި މިފަދަ ބުއިންތައް މަދުވެގެން ހަފުތާ އަކު އެއް ފަހަރު ބޯކަމަށް ލަފާކުރެވެއެވެ. ބައެއް މަޤްބޫލު ބުއިންތަކުގައި ދެ ތަށި ކޮފީ އަށް ވުރެ ގިނަ އިން ކެފީން އެކުލެވެއެވެ. އިނގިރޭސިވިލާތުގެ ހެލްތް އެންޑް ސޯޝަލް ކެއަރ ސެކްރެޓަރީ ވިދާޅުވީ މައިންބަފައިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކަށް އިޖާބަދީ، ޒުވާނުންގެ ސިއްހަތު ރައްކާތެރި ކުރުމަށް މިމައްސަލައާ "ސީދާ" ކުރިމަތިލާކަމަށެވެ.

ޑައިޓް ކޯކް ފަދަ ކެފީން މަދު ސޮފްޓް ޑްރިންކްސް އާއި، ސަޔާއި ކޮފީ މި ޤާނޫނުގައި ނުހިމެނެއެވެ. ބިލު އެކުލަވާލުމުގެ މަސައްކަތުގައި 12 ހަފްތާގެ މަޝްވަރާއެއް ކުރިއަށްދާނެއެވެ. މީގެތެރޭގައި ސިއްހީ އަދި ތަޢުލީމީ މާހިރުންނާއި، އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންނާއި އުފެއްދުންތެރިންގެ ފަރާތުން މައުލޫމާތު އެއްކުރެވޭނެއެވެ.

ގިނައިން ކެފީން ބުއިމުން ހިތުގެ ވިންދު އަވަސްވުމާއި، ހިތުގެ ވިންދު އާދަޔާ ޚިލާފުވުމާއި އަދި ފިޓްޖެހުން ވެސް ކުރިމަތިވެދާނެއެވެ. މަދުން ނަމަވެސް، ކެފީން ބެނުން ކުރުން ގިނަވުމާ ގުޅިގެން ފުރާނަ ގެއްލުމުގެ ހާދިސާތައް ވެސް ހިނގާފައިވެއެވެ. މިހާރުގެ ލޭބަލް ކުރުމުގެ ޤަވާއިދުތަކުގެ ދަށުން، ސަޔާއި ކޮފީ ފިޔަވައި، ލީޓަރަކަށް 150މގ އަށް ވުރެ ގިނައިން ކެފީން އެކުލެވޭ ކޮންމެ ބުއިމެއްގައި އިންޒާރުގެ ލޭބަލެއް ހުންނަންޖެހެއެވެ. އެއީ: "ކެފީން ގިނައިން އެކުލެވޭ. ކުޑަކުދިންނަށާއި މާބަނޑު އަދި ގާތުން ކިރުދޭ މައިންނަށް ކަމުނުދާ އެއްޗެއް،" ކަމަށް ލިޔެފައި ހުންނަން ޖެހެއެވެ.

ޒުވާނުން ކުދިންގެ ހަށިގަނޑު ކުޑަވެފައި، ސިކުނޑި އަދިވެސް ތަރައްޤީ ވަމުން ދާތީ، އެމީހުންނަށް ކެފީންގެ އަސަރު ބޮޑަށް ކުރާކަމަށް މާހިރުން ބުނެއެވެ. ގިނަ ބޮޑެތި މީހުންނަށް، ދުވާލަކު 400މގ އާ ހަމައަށް ކެފީން، ނުވަތަ ގާތްގަނޑަކަށް ހަތަރު ތަށި އިންސްޓަންޓް ކޮފީ ނުވަތަ ފަސް ތަށި ސައި، ރައްކާތެރިއެވެ.

"ފިހާރަތަކުން ކުޑަކުދިންނަށް މިފަދަ ބުއިންތައް ވިއްކުން މަނާ ކުރުމުން، އަޅުގަނޑުމެން ކުރިއަށް އޮތް ޖީލުތަކަށް ސިއްހަތު ރަނގަޅު އަދި އުފާވެރި ބިންގަލެއް އަޅަނީ،" އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސްޓްރީޓިންގ ވިދާޅުވިއެވެ.

ރޯޔަލް ކޮލެޖް އޮފް ޕީޑިއެޓްރިކްސް އެންޑް ޗައިލްޑް ހެލްތްގެ ރައީސް ޕްރޮފެސަރ ސްޓީވް ޓަރނަރ ވިދާޅުވީ އެނާރޖީ ޑްރިންކްސް މަނާ ކުރުމަކީ ކުޑަކުދިންގެ ކާނާ އިތުރަށް ސިއްހަތަށް ފައިދާހުރި ގޮތަކަށް ބަދަލުކުރުމުގެ "ދެން އަޅަންޖެހޭ ފިޔަވަޅު" ކަމަށެވެ.

ޒުވާނުންގެ ދިރިއުޅުމަށް މިފަދަ ބުއިންތަކުގެ އަސަރު ދިރާސާކުރައްވާފައިވާ ފަރާތެއް ކަމަށްވާ ޓީސައިޑް ޔުނިވަރސިޓީގެ ޕްރޮފެސަރ އަމީލިއާ ލޭކް، ވިދާޅުވީ ކުޑަކުދިންގެ ކާނާގައި މިފަދަ ބުއިންތަކަށް "ޖާގައެއް ނެތް" ކަމަށެވެ. "އަޅުގަނޑުމެންގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ކުޑަކުދިން އެނަރޖީ ޑްރިންކްސް ބުއިމުން ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. އަޅުގަނޑުމެންނަށް އެނގޭ މިފަދަ ބުއިންތަކަކީ ޒުވާނުންގެ ސަގާފަތުގެ ބައެއްކަމާއި، ކުޅިވަރާއި، ގޭމިންގއާއި، މިއުޒިކާ ގުޅިފައިވާ އެއްޗެހިކަން." އޭނާ ވިދާޅުވިއެވެ.

ނަމަވެސް ބްރިޓިޝް ސޮފްޓް ޑްރިންކްސް އެސޯސިއޭޝަންގެ ގެވިން ޕާޓިންގޓަން ވިދާޅުވީ މި ފަދަ ބުއިންތައް މިހާރުވެސް ސެލްފް ރެގިއުލޭޓް ކުރެވޭ ކަމަށެވެ. "ސަރުކާރުގެ އެހެން ހުރިހާ ސިޔާސަތުތަކެކޭ އެއްފަދައިން، ކުރިއަށް އޮތް ގާނޫނު ބިނާވާން ޖެހޭނީ ލިބެންހުރި ހެކިތަކުގެ މައްޗަށް ފުންކޮށް ވިސްނާ ދިރާސާއެއްގެ މައްޗަށް،" ކަމަށް އޭނާ އިތުރުކުރެއްވިއެވެ.

އުތުރު އައަރލަންޑް، ސްކޮޓްލަންޑް އަދި ވޭލްސް ގައި ވެސް އޭނާރޖީ ޑްރިންކްސް މަނާ ކުރުމާ މެދު ވިސްނަމުންދެއެވެ.

މަސްދަރު: ބީބީސީ

އެނަރޖީ ޑްރިންކްސްއިނގިރޭސިވިލާތްކުޑަކުދިންގެ ސިއްޙަތުކެފީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު