Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު

އިސްރާއީލުގެ ހަމަލާ އާ އެކުވެސް ޣައްޒާގެ ހަނގުރާމަ އަށް ނިމުމެއް ގެނައުމަށް ގަތަރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓައެއް ނުލާނެ: ގަތަރު

އިސްރާއީލުން ދިން ހަމަލާއަށް ފަހު ވެސް، ޤަތަރުން ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތްކުރުން މަތީ ދެމި އޮންނާނެ ކަމަށް ބުނުމާއެކު ގަތަރުން ބުނަނީ ހަމަލާ އަށް ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމުގައެވެ.

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2025 | ބުދަ 01:04
ސެޕްޓެމްބަރު 9، 2025 ގައި އިސްރާއީލުން ދޯހާއަށް ދިން ހަމަލާތަކާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވާހަކަފުޅު ދައްކަވަނީ.

ސެޕްޓެމްބަރު 9، 2025 ގައި އިސްރާއީލުން ދޯހާއަށް ދިން ހަމަލާތަކާ ގުޅިގެން ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވާހަކަފުޅު ދައްކަވަނީ.

އިސްރާއީލުން ދޯހާގައި ހުރި ހަމާސްގެ މަރުކަޒަކަށް ދިން ނުރައްކާތެރި ހަމަލާއާ އެކު ވެސް، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް މެދުވެރިއެއްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ގަތަރުން ބުނެފިއެވެ.

ހަމާސްގެ އިސް ތަރުޖަމާނު ޚަލީލް އަލް-ހައްޔާގެ ދަރިފުޅާއި ޤަތަރުގެ ސެކިއުރިޓީ އޮފިސަރެއް ހިމެނޭ ގޮތަށް 6 މީހުން މަރުވި މި ހަމަލާއަކީ، ގަތަރުން އަދާ ކުރަމުންދާ މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރަށް ހުރަސްއެޅިދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީ ވިދާޅުވީ، މި ހަމަލާއަށް ރައްދު ދިނުމުގެ ޙައްޤު ގަތަރަށް ލިބިގެންވާ ކަމަށާއި، މިއީ ސަރަޙައްދަށް ނުރައްކާތެރި ދަނޑިވަޅެއް ކަމަށެވެ.

ނަމަވެސް އިތުރަށް ވިދާޅުވީ، "ސަރަޙައްދުގައި ހުރި އެކި މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުން އެއްވެސް ކަމަކުން ގަތަރުން ފަހަތަށް ނުޖެހޭނެ" ކަމަށެވެ.

ސަރަޙައްދުގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަ، އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ ދޯހާގައި، 2012 އިން ފެށިގެން ހަމާސްގެ ސިޔާސީ އޮފީސް ހިންގަމުން އަންނަނީ އެމެރިކާގެ ރުހުމާ ވެސް އެކުގައެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ، އެމެރިކާގެ އެކުވެރި ގައުމެއްގެ ބިމުގައި އިސްރާއީލުން އަސްކަރީ ޢަމަލެއް ހިންގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިނުގަންނަވާ ކަމަށާއި، ހަމަލާ އަންނާނެކަން ކުރިން ގަތަރަށް އަންގާފައިވާ ކަމަށެވެ.

ގަތަރުން އެއާ ޚިލާފަށް ބުނެފައިވަނީ އަންގާރަ ދުވަހުގެ ހަމަލާ އާ ބެހޭ މައުލޫމާތު އެމެރިކާ އިން ދިނީ ހަމަލާގެ އެންމެ ދިހަ މިނެޓު ކުރިން ކަމުގައެވެ.

ހަމާސް-އިސްރާއީލްހަމާސްޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު