Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔަމަނު މީހާ

ޓެރަރިޒަމުގެ ތުހުމަތުގައި ހައްޔަރުކުރި ޔަމަނު މީހާ ބަންދުގައި ހުންނަތާ ހަ މަސް، ތަހުގީގުގައި އެފްބީއައި!

3 ސެޕްޓެމްބަރު 2017 | އާދީއްތަ 05:03

ތަހުގީގުގައި އެފްބީއައިގެ އެޖެންޓުން ދަނީ ހަރަކާތްތެރިވަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 ސެޕްޓެމްބަރު 2017 | އާދީއްތަ 05:03
ޔާސިރު ޔަހުޔާ، އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ

ޔާސިރު ޔަހުޔާ، އޭނާ ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ

ޓެރަރިޒަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޔަމަނު މީހާ މިހާރު ވެސް ހުރީ ބަންދުގައި ކަމަށާއި މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) އިން ހަރަކާތްތެރިވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ޓެރަރިޒަމުގެ ތުހުމަތުތަކެއް ކޮށް ހައްޔަރުކޮށްފައިވަނީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ، ޔާސިރު ޔަހުޔާ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ކޯޓް އަމުރެއްގެ ދަށުންނެވެ.

Advertisement - newsAdvertisement

މާލޭގައި ދިވެއްސަކާ ކައިވެނިކޮށްގެން ދިރިއުޅެމުން ދިޔަ ޔާސިރު ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އެއިރުން ފެށިގެން، މިއަދާ ހަމައަށް ވެސް އޭނާ ބަންދުކޮށްފައިވަނީ ހުޅުމާލޭގައި ބިދޭސީން ބަންދުކޮށްފައި ބައިތިއްބާ ސެންޓަރުގަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ޔާސިރުގެ އަންހެނުން ބުނީ ޔާސިރާ ސުވާލުކުރުމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން(އެފްބީއައި) ގެ އެޖެންޓުން ތަކެއް ވެސް ރާއްޖެ ގެނައި ކަމަށާއި، އެކަމުގައި އިސްކޮށް އުޅެނީ ޑިފެންސް މިނިސްޓްރީއާއި އިމިގްރޭޝަނުގެ އިސް އޮފިޝަލުންތަކެއް ކަމަށެވެ. އަދި އެފްބީއައިގެ އެޖެންޓުން ޔާސިރާ ސުވާލުކޮށްފައިވާ ކަމަށާއި ބައެއް ކަންކަން ކުރުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޔާސިރު ހައްޔަރުކުރި އިރު، އޭނާގެ އަންހެނުން އިނީ ބަލިވެއެވެ. ޔާސިރު ބަންދުކޮށްފައި ހުއްޓާ އަންހެނުން ވިހާފައިވާއިރު، ދަރިފުޅަށް މިހާރު ވަނީ ފަސް މަސް ވެފަ އެވެ. އަންހެނުން ބުނީ ޔާސިރު ދޫނުކުރާނެ ކަމަށް އިމިގްރޭޝަނުގެ އޮފިޝަލުން ބުނެފައިވާ ކަމަށާއި، ތަހުގީގު ކުރާ ފަރާތްތަކުން ބޭނުންވަނީ އެމީހުން ބުނާ ކަންތައްތަކަށް ޔާސިރު އިއުތިރާފްވާން ކަމަށެވެ. އޭނާ ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުންނަތާ ހަ މަސް ވެފައިވާއިރު، ހައްޔަރުކުރި ސަބަބާއި، އޭނާއާ ދެކޮޅަށް ހުރި ހެއްކާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާކަން އާއިލާއިން ފާހަގަކުރެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްބީއައި އިން މަސައްކަތް ކުރީ އެމީހުންނާއެކު ޔާސިރު ގެންދިއުމަށެވެ. އަދި ގެންދަން މަސައްކަތް ކުރުމަށް ޔާސިރު ވަނީ އޭނާގެ ބޮލުގައި ރޭޒަރެއް އަޅާފަ އެވެ. ރާއްޖެއެމްވީއަށް ލިބިފައިވާ ފޮޓޯތަކުން ވެސް ޔާސިރުގެ ބޮލުގައި ލަކުނުތަކެއް ހުއްޓާ ފެނެ އެވެ. މިކަން ހިނގާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު އެވެ.

ޔާސިރުގެ ބޮލަށް ލިބިފައިވާ ޒަހަމްތައް

ޔާސިރު ހައްޔަރުކުރި ކޯޓް އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ ޓެރަރިޒަމުގެ ތުހުމަތެވެ. އެގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތެއް ހަދައިގެން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް އެނާގެ މައްޗަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

ޔާސިރު ހައްޔަރުކުރުމުގެ އަމުރުގެ އިތުރުން، ޔާސިރު ދިރިއުޅެމުންދާ ގެ ބަލާފާސްކުރުމުގެ އަމުރެއް ވެސް ކޯޓުން ނެރުނެވެ. ބަލާފާސްކުރުމުގެ އަމުރުގެ ދަށުން ޔާސިރުގެ އެޕާޓްމެންޓް ބަލާފާސްކުރަން ގޮސް ފުރަތަމަ ވެސް ފުލުހުން އެދިފައިވަނީ އޭނާގެ ޕޯސްޕޯޓް ހަވާލުކުރުމަށެވެ. ނަމަވެސް، އޭނާ ވަނީ ޕާސްޕޯޓަކީ ދިވެހި ދައުލަތުގެ އެއްޗެއް ނޫން ކަމަށާއި އެއީ ޔަމަނުގެ ދައުލަތުގެ އެއްޗެއް ކަމަށް ބުނެ ޕާސްޕޯޓްދޭން ދެކޮޅު ހަދާފަ އެވެ.

ޔާސިރު ހައްޔަރުކުރުމުގެ ކުރިން ފެބްރުއަރީ މަހުގެ ތެރޭގައި އޭނާގެ މެރިއޭޖް ވިސާ ކެންސަލް ކުރުމަށް ވެސް މަސައްކަތް ކޮށްފައިވެ އެވެ. އަދި އިމިގްރޭޝަނުގެ ވޮޗްލިސްޓުގައި ވެސް އޭނާގެ ނަން އޮތީ ހިމަނާފަ އެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޔާސިރު ފުލުހަށް ހާޒިރުކޮށް ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވެ އެވެ. މާޗްގެ 3 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް ބުނެ އޭނާގެ މެރިއޭޖް ވިސާ ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ޔާސިރު ހައްޔަރުކުރުމާ ގުޅޭ ގޮތުން މާޗް މަހު ފުލުހުން ބުނެފައިވަނީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތާއި އަދި މައްސަލައާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން ދެކޮޅު ހެދި އެވެ.

ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާ ކަމުގެ ތުހުމަތެއްކޮށް އޭނާ ހައްޔަރުކުރުމަށް ފަހު، އިމިގްރޭޝަނާ ހަވާލުކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ ސީރިއަސް މައްސަލައަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި، އެ މުއައްސަސާގެ ބެލުމުގެ ދަށުގައި އެ މީހާ އެބަހުރި ކަމަށެވެ. ނަމަވެސް، އިމިގްރޭޝަނުން ވެސް ވަނީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅުހަދާފަ އެވެ.

ޔާސިރުގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް، ދައުލަތުން ހާޒިރުނުވާތީ މައްސަލަ ބޭއްވޭގޮތް ވަނީ ނުވެފަ އެވެ.

ޔާސިރު ހައްޔަރުކުރީ ސައުދު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅާ ދިމާކޮށެވެ. ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ރަސްގެފާނާއި ވަފުދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތުތަކެއް ލިބިގެން ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން، ދިވެހި އަންހެނަކާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅެމުންދިޔަ ޔަމަނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާކަން އެ ނޫސްތަކުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައިވަނީ ޔާސިރު ހައްޔަރުކުރުމާ ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ބޭރުގެ މީޑިއާތަކުން އެފަދަ ދޮގު ވާހަކަތަކެއް ފަތުރަނީ ރާއްޖޭގެ ހާލަތު ކިލަނބުކުރުމަށް ކަމަށް ވެސް އަޒްލީން ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
06 ފެބުރުއަރީ 2017

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް