Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ކުރާ ބިލު

ސަރުކާރު އަޑީގައި އޮވެގެން މީޑިއާތައް ތަޅުއަޅުވަން ހުށަހެޅި ބިލު ދިރާސާ ކުރާ ކޮމިޓީ ސިއްރު ކުރީ މަޖިލީހުގެ ގަވާއިދާ ހިލާފަށް!

ގަމުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެފަދަ މަޢުލޫމާތު ޙިއްޞާކުރެވޭ ބައްދަލުވުމެއް ސިއްރު ކުރެވިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 12:07
މިނިވަންމުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މިނިވަންމުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތައް ތަޅުއަޅުވަން ހުށަހެޅި ބިލު ދިރާސާ ކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރު ކުރީ މަޖިލިސް ގަވައިދާ ހިލާފަށްކަން ހާމަވެއްޖެއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 31 ވަނަ ބައްދަލުވުން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ދިރާސާކުރުމަށް އޮތީ އެޖެންޑާ ކޮށްފައެވެ. މި ބައްދަލުވުމަށް ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ވަދެފައިވެއެވެ. ނަމަވެސް ކުއްލި ގޮތަކަށް ކޮމިޓީ ސިއްރު ކުރަން ނިންމާ ނޫސްވެރިން ބޭރުކޮށްލިއެވެ.

ނަމަވެސް ކޮމިޓީ ސިއްރުކުރަން ނިންމި އިރު، ކޮމިޓީ ބައްދަލުވުން މީޑިއާއަށް ހާމަކުރުން ހިމެނޭ މަޖިލީހުގެ ގަވައީދުގެ 179 ވަނަ މާއްދާގައި ބުނެފައިވަނީ އެކިއެކި ޤާނޫނުތަކާ ގުޅޭގޮތުންނާއި ކޮމިޓީން ހިންގަމުންގެންދާ އެކިއެކި އެހެން މަސައްކަތްތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތައް ޢާންމު އުސޫލެއްގެ ގޮތުން ބަލަން ބޭނުންވާ މީހުންނަށް ވަދެވޭގޮތަށް ހުޅުވާލަންވާނެއެވެ. އަދި ކޮމިޓީގެ މަސައްކަތަށް ދަތިނުވާ ގޮތަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބްރޯޑްކާސްޓްކުރުމުގެ ފުރުޞަތު ދޭންވާނެއެވެ.

މީގެ އިތުރުން ޢާންމުންނަށާއި މީޑިއާގެ މީހުންނަށް ނުވަދެވޭގޮތަށް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާކަމަށްވާނަމަ، އެކަން ކުރަންވާނީ ކޮމިޓީން ވޯޓަށް އަހައި އެގޮތަށް ފާސްކޮށްގެންނެވެ. އަދި ސިއްރުކުރަން ފާސްކުރެވޭނީ 3 ސަބަބުން ކުރެ ސަބަބަކަށްޓަކައި ކަމަށް ބުނެފައިވެއެވެ.

ކޮމިޓީ ސިއްރުކުރަން ފާސްކުރެވޭނީވެސް އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި

  1. ގަމުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެފަދަ މަޢުލޫމާތު ޙިއްޞާކުރެވޭ ބައްދަލުވުމަކަށްވުން.
  2. ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި ޢާންމުކުރުން އެކަށީގެންނުވާ މަޢުލޫމާތު ބަދަލުކުރެވޭ ބައްދަލުވުމަކަށްވުން.
  3. މީހަކު ފަޟީޙަތްވުމަށް، ނުވަތަ މީހަކާ ދޭތެރޭގައި ދެކޭގޮތް މުޖްތަމަޢުގައި ބަދަލުވުމަށް، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް މީހުންގެ މެދުގައި ހީވުމަށް ފުރުޞަތު ލިބޭ މަޢުލޫމާތު ޙިއްޞާކުރުމަށް ބޭއްވޭ ބައްދަލުވުމަކަށްވުން.

ނަމަވެސް މިއިން އެއްވެސް ސަބަބެއް ނެތި ކޮމިޓީ ސިއްރުކުރަން ނިންމިއެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އޭނާ ވިދާޅުވީ މަސައްކަތް ކޮންމެ ގޮތަކަށް ގެންދިޔަ ކަމުގައިވީ ނަމަވެސް ބިލުގެ މަސައްކަތް އަންގާރަ ދުވަހަށް ނިންމާ ނުލެވޭނެ ކަމަށާއި، ގިނަ އަދަދެއްގެ ކޮމެންޓްތައް ލިބިފައިވާ ކަމަށެވެ. އަދި ކޮމެންޓް ހުށަހެޅި ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ ކޮމިޓީ ލައިވްކުރުމަކީ އެންމެ ރަނގަޅު ނޫން ކަމަށް ވިދާޅުވެ ކޮމިޓީ ސިއްރު ކުރަން މެންބަރު ނަސީމް ހުށަހެޅުއްވިއެވެ.

ކޮމިޓި ސިއްރުކުރަން ހުށަހެޅި ހުށަހެޅުމަށް ތާއިދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ކޮމިޓީގައި ހާޒިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ބައްދަލުވުން ސިއްރުކުރަން ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސްމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީމީޑިއާ ބިލު ބްރޯޑްކާސްޓިންގ ރެގިއުލޭޝަންނޫސްވެރިންސިއްރު ބައްދަލުވުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު