Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ނޭޕާލް

ކަރަޕްޝަން އާ ދެކޮޅަށް ނޭޕާލުގައި ހިނގަމުންދާ މުޒާހަރާ ހޫނުވެ ދާޚިލީ ވަޒީރު އިސްތިއުފާ ދެއްވައިފި

ނޭޕާލުގެ ސަރުކާރުން މުޒާހަރާކުރި ފަރާތްތަކާ މެދު ޢަމަލުކުރި ގޮތުން 19 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން ބޮޑުވަޒީރުގެ އިސްތިއުފާއަށް ވަނީ ގޮވާލައިފައެވެ. މި އަނިޔާވެރި ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެކަމަށް ބުނެ، އައު އިންތިޚާބަކަށްވެސް ގޮވާލައިފައެވެ.

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 17:27
ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އިތުރުވަމުންދާތީ ނޭޕާލުގެ ޒުވާނުން ސެޕްޓެމްބަރު 8، 2025 ގައި ކަތުމަންޑޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަނީ

ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އިތުރުވަމުންދާތީ ނޭޕާލުގެ ޒުވާނުން ސެޕްޓެމްބަރު 8، 2025 ގައި ކަތުމަންޑޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަނީ

ނޭޕާލުގެ ސަރުކާރުގެ ކަރަޕްޝަން އާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން ފެށި މުޒާހަރާ ހޫނުވެ، އެ ގައުމުގެ ދާޚިލީ ވަޒީރު ރާމޭޝް ލެކާކް އިސްތިއުފާދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ހުށަހެޅުއްވީ ހޯމަ ދުވަހުގެ ހަވީރު ބަލުވަތާރުގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅުގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމެއްގައި ބޮޑުވަޒީރު ކޭ.ޕީ ޝަރުމާ އޯލީ އަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މިނިސްޓަރަކާ ހަވާލާދީ ކަތުމަންޑޫ ޕޯސްޓުން ބުނެފައިވަނީ، ހޯމަ ދުވަހު ހިނގި ޖެން ޒީ މުޒާހަރާ ގައި 19 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަޚަމް ވުމާ ގުޅިގެން، ލެކާކް އިސްތިއުފާދެއްވީ އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ވާތީ ކަމުގައެވެ.

ލެކާކް ހޯމް މިނިސްޓަރު ކަމަށް އައްޔަންކުރެވުނީ 15 ޖުލައި 2024 ގައެވެ.

ޒުވާނުންގެ އިސްނެގުމުގެ ދަށުން ފެށުނު ޖެން ޒީ އިހުތިޖާޖު ތަކަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމަށާއި އިޞްލާޙުތަކަށް ގޮވާލައި، އެ ގައުމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތަކެކެވެ. އަދި މިހާރު އެ އިހުތިޖާޖުތައް ވަނީ ބޮޑެތި ސިޓީތަކަށް ފެތުރިފައެވެ. ހޯމަ ދުވަހު ކަތުމަންޑޫ އާއި އެހެނިހެން ސިޓީތަކުގައި މުޒާހަރާތައް ވަރުގަދަވެ، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ރަބަރު ވަޒަން ޖަހާފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެ، ސަރުކާރަށް ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވެއެވެ.

ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އިތުރުވަމުންދާތީ ނޭޕާލުގެ ޒުވާނުން ސެޕްޓެމްބަރު 8، 2025 ގައި ކަތުމަންޑޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަނީ
ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރުމާއި ކޮރަޕްޝަން އިތުރުވަމުންދާތީ ނޭޕާލުގެ ޒުވާނުން ސެޕްޓެމްބަރު 8، 2025 ގައި ކަތުމަންޑޫގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަނީ

އަނެއްކޮޅުން ރަސްޓްރިޔާ ސްވަތަންޓްރާ ޕާޓީ (އާރް.އެސް.ޕީ) އިން ވަނީ ވެރިކަމުގެ ގާނޫނީ ހައްސިއްޔަތު ގެއްލިފައިވާ ކަމަށް ބުނެ، ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޯލީގެ އިސްތިއުފާ އަށް ގޮވާލައި، އައު އިންތިޚާބެއް ބޭއްވުމަށް ގޮވާލައިފައެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، އެ ޕާޓީން ވަނީ ކަތުމަންޑޫގައި ހިނގި ޖެން ޒީ އިހުތިޖާޖާމެދު ސަރުކާރުން ޢަމަލުކުރި ގޮތް ކުށްވެރިކޮށްފައެވެ.

"މިހާރުގެ ސަރުކާރުގެ މުޅިން ނިމުމަކަށް އައިސްފައިވަނީ. އަޅުގަނޑުމެން ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލަން. މި ހާދިސާ ތަހުގީގުކޮށް، ހޯމް މިނިސްޓަރާއި އެހެން ޒިންމާދާރު ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް މަތީ ފެންވަރުގެ ތަހުގީގީގީ ކޮމިޝަނެއް އުފައްދަންޖެހޭ،" އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ބުނެފައިވެއެވެ.

ފެޑެރަލް ޕާލިމަންޓުގައި ހަތަރުވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ އާރް.އެސް.ޕީ އިން އިންޒާރުދީފައިވަނީ، "މީހުންގެ ދަރިންގެ ލޭ އޮހޮރުވައިގެން ނުބައި ވެރިކަމެއް ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ރައްޔިތުން ގަބޫލެއް ނުކުރާނެ. މި އަނިޔާވެރި ވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ" ކަމަށެވެ.

ހޯމަ ދުވަހު ފުލުހުން މުޒާހަރާކުރި މީހުންނާ ދިމާލަށް ބަޑި ޖެހުމުން 19 މީހުން މަރުވެ، ސަތޭކަ އެތައް ބަޔަކު ޒަޚަމްވިއެވެ. ޒަޚަމްވި މީހުން ގައުމުގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުންދެއެވެ.

މަސްދަރު: ކަތުމަންޑޫ ޕޯސްޓް

ކޭ.ޕީ ޝަރްމާ އޯލީކަތުމަންޑޫނޭޕާލްއިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު