Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެކްސިކޯ

ކުށްކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަރުކާރާ ދެކޮޅަށް މެކްސިކޯގެ ޖެންޒީން މުޒާހަރާ ކުރަން ފަށައިފި

މި އަހަރު އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތަކުގައި، ޖެން-ޒީ އުމުރުގެ ގުރޫޕް ތަކުން ވަނީ ބޭއިންސާފާއި، ޑިމޮކްރަސީ ބަލިކަށިކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާތައް އިސްނަގައިގެން ރާވާފައި

ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2025 | އާދީއްތަ 09:31
މެކްސިކޯގައި މުޒާހަރާގެ ބައިވެރިން ނޭޝަނަލް ޕެލަސްގެ ދިފާއު ކުރަން ޖަހާފައި ހުރި ބެރިކޭޑް ރޫޅާލަނީ - ނޮވެމްބަރު 15، 2025

މެކްސިކޯގައި މުޒާހަރާގެ ބައިވެރިން ނޭޝަނަލް ޕެލަސްގެ ދިފާއު ކުރަން ޖަހާފައި ހުރި ބެރިކޭޑް ރޫޅާލަނީ - ނޮވެމްބަރު 15، 2025

ކުށްކުރުމާއި ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަރުކާރާ ދެކޮޅަށް މެކްސިކޯގެ ޖެން-ޒީން މުޒާހަރާ ކުރަން ފަށައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި ތަފާތު އުމުރުފުރާތަކުގެ އެތައް ހާސް މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ އެކްޓިވިސްޓުންނާއި، މި މަހުގެ ކުރީކޮޅު މަރާލި މޭޔަރު ކާލޯސް މަންޒޯ އަށް ތާއީދު ކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

މެކްސިކޯ ސިޓީގައި، ރައީސް ކްލައުޑިއާ ޝެއިންބައުމް ދިރިއުޅުއްވާ ނޭޝަނަލް ޕެލަސްގެ ވަށައިގެން ހުރި ސަލާމަތީ ބެރިކޭޑް ތައް މޫނު ނިވާކޮށްގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ވައްޓާލާފައެވެ. މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުން، މިކަމުގެ ސަބަބުން ރަޔަޓް ފުލުހުން އެމީހުންނާ ކުރިމަތިލާ، ފުލުހުން ޓިއާ ގޭސް ބޭނުން ކުރިއެވެ.

މެކްސިކޯ ސިޓީގެ ޢާންމު ސަލާމަތާ ބެހޭ ވަޒީރު ޕާބްލޯ ވާޒްކުއޭޒް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ 100 ފުލުހުން ޒަހަމްވެފައިވާ ކަމަށާއި، އޭގެ ތެރެއިން 40 ފުލުހުންނަށް ހޮސްޕިޓަލް ފަރުވާ ބޭނުންވި ކަމަށެވެ.

އިތުރު 20 އާންމުން ޒަހަމްވި ކަމަށް ލޯކަލް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

ޢާންމު ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ 20 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސަލާމަތީ ބާރުތަކުން މުޒާހަރާކުރާ މީހުން ނޭޝަނަލް ޕެލަސްގެ ސަަރަހައްދަށް ވަނުމުން ކަރުނަ ގޭސް ޖަހާ އެމީހުންނާ ދިމާލަށް ގައު އުކާފައިވެއެވެ.

މުޒާހަރާ އިސްނަގައިގެން ރާވާފައިވަނީ "ޖެނެރޭޝަން ޒެޑް މެކްސިކޯ" ކިޔާ ގުރޫޕަކުންނެވެ. އެ ގުރޫޕުން ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދާ "މެނިފެސްޓޯ"އެއްގައި ބުނީ އެއީ ޕާޓީއަކަށް ނިސްބަތްވާ ގުރޫޕެއް ނޫން ކަމަށާއި، އަދި އެއީ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ބާރުގެ ނާޖާއިޒު ބޭނުންކުރުން ހައްދުން ނެއްޓުމާ ގުޅިގެން އެކަމާ ދެކޮޅަށް މެކްސިކޯގެ ޒުވާނުން ކުރާ އިހުތިޖާޖެއް ކަމަށެވެ.

މި އަހަރު އޭޝިއާ އާއި އެފްރިކާގެ ގިނަ ގައުމުތަކުގައި، ޖެން-ޒީ އުމުރުގެ ގުރޫޕް ތަކުން ވަނީ ބޭއިންސާފާއި، ޑިމޮކްރަސީ ބަލިކަށިކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާތައް އިސްނަގައިގެން ރާވާފައެވެ.

އެންމެ ބޮޑު ޖެން-ޒީ މުޒާހަރާތައް ބޭއްވުނީ ސެޕްޓެމްބަރު މަހު ނޭޕާލްގައި، ސޯޝަލް މީޑިއާ މަނާކުރުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކާ ގުޅިގެން އޭރުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އިސްތިއުފާ ދެއްވިއެވެ.

މަޑަގަސްކަރާ ގައި ވެސް ސެޕްޓެމްބަރު މަހު ބޮޑެތި މުޒާހަރާތައް ބޭއްވި އިރު މުޒާހަރާތައް، ފުރަތަމަ ފެށުނީ ފެނާއި، ކަރަންޓު ގިނަ އިރުތަކަކަށް ކެނޑުމާއި ގުޅިގެން އައި ރުޅީގެ ސަބަބުންނެވެ. ފަހުން، ސަރުކާރުގެ ފެއިލްވުންތަކާއި، ކޮރަޕްޝަން ގެ މައްސަލަތަކަށް މުޒާހަރާތަކުގެ މަގްސަދު ބަދަލުވިއެވެ. ހަފްތާތަކަށް ދެމިގެންދިޔަ މުޒާހަރާތައް ނިމުނު އިރު ސަރުކާރު ވަނީ ވެއްޓިފައެވެ. ރައީސް އެންޑްރީ ރަޖޯލީނާ ފާއިތުވި މަހު ގައުމުން ވަނީ ފިއްލަވާފައެވެ.

ޖެން-ޒީ މުޒާހަރާތައް ބަންގްލަދޭޝްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއާއެކު ބޮޑު ވަޒީރު ހަސީނާ ގައުމުން ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގަތެވެ.

މެކްސިކޯއިހުތިޖާޖު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު