Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ރަހީނުންގެ މައްސަލައިގައި ޓްރަމްޕްގެ ފަހު އިންޒާރު ހަމާސް އަށް

ޓްރަމްޕް ވިދާޅުވީ، އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތައް އަދި ޝަރުތު ތަކަށް އިސްރާއީލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ހަމާސް އިން ވެސް އެކަމަށް އެއްބަސްވުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ ހަމާސް ޖަމާޢަތުން ހިފަހައްޓާފައިވާ ރަހީނުން ދޫކޮށްލުމާ ގުޅޭ އެއްބަސްވުމަކަށް އައުމަށް އެންމެ ފަހުގެ އިންޒާރު ދެއްވާފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2025 | ހޯމަ 05:20
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މައްސަލައިގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމާސް ޖަމާއަތަށް އެންމެ ފަހުގެ އިންޒާރު ދީފި އެވެ.

އާދީއްތަ ދުވަހު ޓްރަމްޕް ވަނީ، ހަމާސް އިން ހިފަހައްޓާފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަންކުރުމާ ގުޅޭ އެއްބަސްވުމަކަށް އައުމަށް، އެންމެ ފަހުގެ އިންޒާރު އަދި ފުރުސަތު ދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތައް އަދި ޝަރުތު ތަކަށް އިސްރާއީލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، ހަމާސް އިން ވެސް އެކަމަށް އެއްބަސްވުމުގެ ވަގުތު މިހާރު ޖެހިފައިވާ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވި ނަމަވެސް، އޭނާ އެ އިޝާރާތް ކުރެއްވި އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް ހާމަ ކުރައްވާފައި ނުވެ އެވެ.

މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވެސް ޓްރަމްޕް ވަނީ ހަމާސް ޖަމާއަތަށް އެ ފަދަ އިންޒާރެއް ދެއްވައިފަ އެވެ. އެއީ ހަމާސް އިން ރަހީނު ކޮށްފައިވާ މީހުންގެ ތެރެއިން، މިނިވަން ކުރި އަށް މީހަކާ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ބައްދަލު ކުރުމަށް ފަހު އެވެ.

އޭރު ވެސް ޓްރަމްޕް ވިދާޅުވެފައި ވަނީ، އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އެންމެން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ. އަދި ރަހީނުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވެސް ހަވާލު ކުރުމަަށް ގޮވާލާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހަމާސް އިން ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލް އަށް ހަމަލާ ދިނުމަށް ފަހު، 251 މީހަކު ރަހީނުންގެ ގޮތުގައި ހިފަހައްޓައިފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މިނިވަން ކޮށްފައިވާއިރު، މިވަގުތު ވެސް ހަމާސްގެ ބެލުމުގެ ދަށުގައި 47 މީހަކު ތިބި ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 47 ރަހީނުންގެ ތެރެއިން، 25 މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގަ އެވެ. އަދި އިސްރާއީލް އިން ވެސް އަންނަނީ ރަހީނުން މިނިވަން ކުރުމަށް ހަމާސް އަށް ގޮވާލަމުންނެވެ.

މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ހަމާސް އާއެކު ގިނަ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ. އަދި މިހާރު ކުރިއަށް ގެންދާ ހަނގުރާމަ އާއި، ހަނގުރާމަ ފުޅާ ކުރުމުގެ ސަބަބުން އިތުރު ރަހީނުން ތަކެއް މަރުވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހަމާސް އިން ހައްޔަރު ކޮށްފައިވާ ރަހީނުން މިނިވަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބުނެ، އިސްރާއީލް އިން ވަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާ ކުރުމަށް ނިންމައިފަ އެވެ. އެގޮތުން ޣައްޒާ ސިޓީ އާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނަށް އިސްރާއީލް އިން އަންނަނީ ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެންނާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް، ޓްރަމްޕްގެ ވެރި ކަމަަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް، އެކަމުގައި ޓްރަމްޕް އަށް ކާމިޔާބު ހޯދިފައި ނުވެ އެވެ.

ޣައްޒާ ހަނގުރާމަ ނިންމުމާއި، ހަނގުރާމަ ނިންމުމުގެ މުހިންމު ކަމުގެ ވާހަކަ ދޭތެރެ އަކުން ޓްރަމްޕް ދައްކަވާއިރު، ޓްރަމްޕް އަކީ އިސްރާއީލް އަދި އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އެންމެ ބޮޑަށް ވާގިވެރިވާ އެކަކެވެ.

މަސްދަރު: އަލް އަރަބިއްޔާ

ޑޮނަލްޑް ޓްރަމްޕްހަމާސް-އިސްރާއީލްޣައްޒާބެންޖަމިން ނަތަންޔާހޫރަހީނުންޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު