Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕިކަޕް ޖަލްސާ

މި ސަރުކާރުން ވަނީ ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލާފަ، މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް: ދީދީ

6 ސެޕްޓެމްބަރު 2025 | ހޮނިހިރު 21:08

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރައްޔިތުންނަށް ހަރާމްކޯރުވެ ގައުމުގެ ބައިތުލްމާލް ލޫޓުވާލާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 21:08
އެމްޑީޕީން ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވި ޕިކަޕް ޖަލްސާގައި ޑީޑީ ވާހަކަދައްކަވަނީ: ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަކޮށްފި ކަމަށް

އެމްޑީޕީން ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގައި ބޭއްވި ޕިކަޕް ޖަލްސާގައި ޑީޑީ ވާހަކަދައްކަވަނީ: ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަކޮށްފި ކަމަށް

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަނީ ރައްޔިތުންނަށް ހަރާމްކޯރުވެ، ގައުމުގެ ބައިތުލްމާލް ވެސް ލޫޓުވާލާފައި ކަމަށާއި މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށް އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.

ޑރ. ޑީޑީ މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގައި އެމްޑީޕީން ބޭއްވި ޕިކަޕު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޮޑު ތަޅު އަޅުވައި، ސުޕްރީމް ކޯޓުގައި ވެސް ބޮޑު ތަޅު އަޅުވާފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ އަނގަމަތީގައި މަލަން އަޅައި، އެ މީހުން ޖަލަށް ލުމަށް ގާނޫނެއް ފާސްކޮށް، މަޖިލީހުން ލިބިފައިވާ ސުޕަރ މެޖޯރިޓީ ނާޖާއިޒުކޮށް ބޭނުންކޮށް، ރައްޔިތުންގެ ހައްޤުތައް ހަނިކުރަމުންދާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ކަން ވެސް ކުރެއްވި ޑރ. ޑީޑީ ވިދާޅުވިއެވެ.

ޑރ. ޑީޑީ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން މިއަދު ނިގުޅައިގަންނަމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަން ކުރަމުން މި ދާ ރައީސް މުއިއްޒުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި މިފަދަ އަނިޔާވެރި ސަރުކާރަކަށް އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށް ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވިދާޅުވީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނުކުނަނަނީ މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރުމަށް ކަމަށެވެ.

މި އަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް އިރާދަކުރެއްވިއްޔާ، އޮކްޓޯބަރު 3 ގައި އަޅުގަނޑުމެން މަގުމައްޗަށް ނިކުންނާނަން.
އެމްޑީޕީ ކުރީގެ ރައީސް އިބްރާހިމް ދީދީ

މީގެ އިތުރުން ޑީޑީ ވިދާޅުވީ ރައީސް މުޢިއްޒު "ސްޕީޑްގައި" މައްޗަށް ދަނީ ދެ ކަމެއް ކަމަށާއި، އެއީ ޑޮލަރުގެ އަގާއި ތަކެތީގެ އަގު ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވެ، މިއަދާ ހަމައަށް ވެސް ރައްޔިތުންނަށް ދޮގު ހައްދަވައި، ރައްޔިތުންގެ ބައިތުލްމާލަށް ހަރާންކޯރުވުމުން، ދިވެހި ރައްޔިތުންގެ ހައްޤުގައި މަގުމައްޗަށް ނިކުންނަން ޖެހުނީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑީޑީ އިތުރަށް ވިދާޅުވީ، ރައްޔިތުން ވަރަށް ގިނަ ދުވަހު މަޑުކޮށްގެން ތިބެފި ކަމަށާއި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ވެސް ރައްޔިތުންގެ ހައްޤުތަކަށް އިހްތިރާމް ކުރުމެއް ނެތި، ރައްޔިތުންނަށް ވެފައި ހުރި ވައުދުތަކަށް ހަރާމްކޯރުވެ، ރައްޔިތުންގެ ބައިތުލްމާލު ލޫޓުވާލާފައިވާ ކަމަށެވެ.

އަދި ކޮންމެ އަހަރަކު 50 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްގެން ވެސް، އެ ބަޖެޓުން ކުރެވުނު އެއްކަމެއް ވެސް ފެންނާކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ކުރިއަށް ގެންދާ އެއްވެސް މަޝްރޫޢެއް ނެތް ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

މި ސަރުކާރަށް ދެ އަހަރުވާއިރު ހުޅުމާލޭގައި އެންމެ ގަލެއް ވެސް ބިންގާ އެޅިފައެއް ނެތް ކަމަށާއި، އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން 4000 ފުލެޓް ވެސް ނުދީ ހިފަހައްޓައި، ރައްޔިތުންނަށް ސަރުކާރުން ދޮގު ހަދައި އޮޅުވާލަމުން ގެންދާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނަށް މަޑުމަޑުން ގޭގައި ތިބެވެން ނެތް ކަމަށާއި، މަގުމައްޗަށް ނިކުންނަން ޖެހިފައިވާ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ޑީޑީ ވިދާޅުވީ މިއަދު މި އޮތް އަނިޔާވެރި ސަރުކާރު ޖަވާބުދާރީކުރެވޭނީ ހަމައެކަނި މަގުމަތިން ކަމަށާއި އެހެން ކަމުން ހުރިހާ ރައްޔިތުން ވެސް އަންނަ އޮކްޓޯބަރު މަހު 3 ވަނަ ދުވަހު މަގުމައްޗަށް ނިކުމެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން އޭނާ ވަނީ ގޮވާލައްވާފައެވެ.

ޑރ. ޑީޑީއެމްޑީޕީހުޅުމާލެރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް