Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަލި ކުއްޖެއް ބައްޕައަށް ވަޅިން ހަމަލާ ދިނުން

ބައްޕައަށް ވަޅިން ދިން ހަމަލާ: މެންޓަލް ހެލްތް ކެއަރގައި ދަރިފުޅަށް ދަނީ ފަރުވާ ދެމުން، ބައްޕައަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

މިހާދިސާ ހިނގީ 31 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:20 ހާއިރު

އަމްނާ އިމާދު
އަމްނާ އިމާދު | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:20
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އއ. އުކުޅަހުގައި ދެބަފައިންގެ ދެމެދު ހިނގި ހާދިސާއެއްގައި އަނިޔާވި ބައްޕައަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި އެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުކުޅަހުގައި ބައްޕައަށް ވަޅިން ހަމަލާ ދިން ޒުވާނާއަށް އައިޖީއެމްއެޗްގެ މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ. ނަމަވެސް ފަރުވާގެ ތަފްސީލެއް ދެއްވާފައިނުއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ އެޒުވާނާގެ ބައްޕައަށް ފަރުވާ ދިނުމަށްފަހު މިމަހުގެ 3 ވަނަ ދުވަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

60 އަހަރުން މަތީގެ މިމީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެރަށުގެ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް ބަނޑަށް ވަޅި ހެރިފައިވާތީ އިތުރު ފަރުވާއަށް މާލެ ގެނެސް، އިތުރަށް ބަލަންޖެހޭ ކަންކަން ވަނީ ބަލާފައެވެ. މީގެ އިތުރުން އެމީހާގެ އަތަށްވެސް އަނިޔާވެފައިވެ އެވެ.

އުކުޅަހުގައި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފައިވައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 31 އޮގަސްޓް 2025 ވަނަ ދުވަހުގެ ރޭ 10:20 ހާއިރުއެވެ.

މެންޓަލް ހެލްތް ކެއަރ ޔުނިޓްގައި މިހާރު ފަރުވާ ފަށާފައިވާ ޒުވާނަކީ ގަވާއިދުން އިންޖެކްޝަނެއް ޖަހަން ޖެހޭ މީހެކެވެ. ނަމަވެސް މިފަހުން އޭނާ އިންޖެކްޝަން ޖެހުމަށް ދެކޮޅު ހަދަމުންދާތީ، އާދިއްތަ ދުވަހުގެރޭ ސިއްހީ މަރުކަޒުން އޭނާގެ ގަޔަށް އިންޖެކްޝަން ޖެހިއެވެ. އަދި އެކަމާއި ރުޅިގަދަވެ، މީހަކު ނެތް ވަގުތު އޭނާގެ ބައްޕައަށް ހަމަލާ ދިނީ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގައި ނަފްސާނީ ބައްޔަށް ފަރުވާ ދޭންޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލަ ބޮޑެވެ.

އއ. އުކުޅަސްއައިޖީއެމްއެޗްނަފްސާނީ ބަލިބައްޕަ-ދަރިފުޅު ގުޅުންމެންޓަލް ހެލްތް ކެއަރ ޔުނިޓްއަނިޔާވެރި ހާދިސާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
30 ނޮވެމްބަރު 2025

ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް

30 ނޮވެމްބަރު 2025
ލޭގެ ޓެސްޓެއް ހެދުމަށް ބޭނުންވާ އާލާތްތައް ނެތުމުން އައިޖީއެމްޗް އިން ޓެސްޓް ނުހެދުނު ކަމަށް ބުނާ މައްސަލަ އެއް މަޖިލީހަށް
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
05 ނޮވެމްބަރު 2025

ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު

05 ނޮވެމްބަރު 2025
ސިވިލްސަރވިސް ބައެއް މުވައްޒަފުންގެ ކަންބޮޑުވުން: ޑިޕްލޮމާ އޮތް މީހެއްގެ މުސާރަ އަށްވުރެ ޑިޕްލޮމާ ނެތް މީހާގެ މުސާރަ ބޮޑު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު