Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީލް އަހުމަދުގެ މަރު

އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހެދުމަށްފަހު އަދީލުގެ ހަށިގަނޑު ވަޅުލައިފި، ''ނިއްކުރި އޮތީ ވަރަށް ބޮޑަށް ދުޅަވެފައި''

5 ސެޕްޓެމްބަރު 2025 | ހުކުރު 08:21

އަދީލްގެ މަރާ ގުޅޭ މައުލޫމާތު މިހާތަނަށް ފުލުހުން ހިއްސާކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:21
އަދީލް އަހުމަދު

އަދީލް އަހުމަދު

ރިސޯޓެއްގައި ކުއްލި ގޮތަކަށް މަރުވި ޒުވާނާގެ ހަށިގަނޑު އާއިލާގެ ނުރުހުމުގައި އޮޓޮޕްސީ ހެދުމަށްފަހު، ވަޅުލައިފިއެވެ.

ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ 21 އަހަރުގެ އަދީލް އަހުމަދު މަރުވި ކަމުގެ ރިޕޯޓު ލިބިފައިވަނީ 23 އޯގަސްޓް 2025 ގައެވެ. މިމަރުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި ގުޅިގެން އޮޓޮޕްސީ ހެދުމަށް ހަށިގަނޑު އިންޑިއާއަށް ފޮނުވުމަށް ފުލުހުން ނިންމިއެވެ. ނަމަވެސް އަދީލްގެ މަރަށް ހަފްތާއެއް ވެގެންދިޔައިރު ވެސް ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިނުވާތީ، އަދި މިމަރާ ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވާތީ އާއިލާއިން ކަންބޮޑުވުންފާޅުކޮށް، އަދީލްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް ދިނުމަށް އެދިފައިވެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އަދީލްގެ މަންމަ ނާޖިދާ ހަސަން ބުނީ، އާއިލާގެ ނުރުހުމުގައި އަދީލްގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް އޮޓޮޕްސީ ހަދާފައިވާ ކަމަށާއި، އެ މަރާ ގުޅޭ މައުލޫމާތު މިހާތަނަށް ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށެވެ. އަދި ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

ނާޖިދާ ބުނީ އަދީލްގެ މަރަށް އިންސާފު ލިބޭނެ ކަމަށް އުންމީދުނުކުރާ ކަމަށެވެ. އަދި އެ ހާދިސާ ހިނގި ވަގުތަކީ ރިސޯޓުގެ މުވައްޒަފުންނާއި، މެނޭޖްމަންޓް ޓީމް ނިދާފައި ތިބި ވަގުތެއް ކަމަށާއި، ރިސޯޓުގައި ހުރި ހުރިހާ ސީސީޓީވީއެއް ހަލާކުވެފައިވާ ކަމަށް މައުލޫމާތުދީފައިވާ ކަމަށް ނާޖިދާ ބުންޏެވެ.

އޭނާގެ ދަރިފުޅު، އަދީލް އަމިއްލައަށް މަރުވި ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް ނާޖިދާ ބުނީ، އެންމެފަހުން އަދީލްއާ ފޯނުން ވާހަކަ ދެއްކިއިރު ދިރިއުޅުމުގެ އެކިއެކި ކަންކަމުގެ ވާހަކަ ހިއްސާކުރި ކަމަށާއި،އޭނާގެ އެކުވެރިންތަކަކާއެކު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދަތުރެއްދާން ރާވާ ކަމަށް ބުނެފައިވާ ކަމަށެވެ. އެރޭގެ ފޯނު ކޯލުން ވެސް އަދީލްއަށް ކަމެއްވެފައިހުރިކަން އިހުސާސް ވެސް ނުކުރެވޭ ކަމަށް ނާޖިދާ ބުންޏެވެ.

މީގެ އިތުރުން ނާޖިދާ ބުނީ، އަދީލް މާ ބޮޑަށް މާޔޫސްވެ، ދެރަ ކަމެއްވާނަމަ އެއްބަނޑު މީހަކާއި، ނުވަތަ ގާތް ރައްޓެއްސަކާ ވާހަކަ ހިއްސާ ކުރާނެ ކަމަށެވެ. ނަމަވެސް މިފަދަ ކަމެއް ހިނގާފައިނުވާކަމުގެ ޔަގީންކަން ނާޖިދާ ދީފައިވެއެވެ.

އަދީލްގެ ހަށިގަނޑު ހުކުރު ދުވަހުގެ ފަތިސް ނަމާދަށްފަހު ވަޅުލާފައިވާއިރު، ނިއްކުރި ވަރަށް ބޮޑަށް ދުޅަވެފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި އަދީލްއަށް ހެޔޮ ދުއާ ކޮށްދިނުމަށް އަދީލްގެ މަންމަ ނާޖިދާ ވަނީ އެދިފައެވެ.

ނާޖިދާ ހަސަންރިސޯޓް މަރުއޮޓޮޕްސީއިންޑިއާދިވެހި ފުލުހުންއަދީލް އަހުމަދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
02 ޑިސެމްބަރު 2025

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި
21 ނޮވެމްބަރު 2025

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
02 ނޮވެމްބަރު 2025

ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ

02 ނޮވެމްބަރު 2025
ރާއްޖޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް