Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ކުރާ ބިލު

151 ނޫސްވެރިންގެ ސޮޔާއެކު މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރުކޮށްލަން ގޮވާލައި މަޖިލީހާއި ރައީސް އޮފީހަށް ޕެޓީޝަނެއް ހުށަހަޅައިފި

3 ސެޕްޓެމްބަރު 2025 | ބުދަ 10:53

އައު ބިލުގެ ދަށުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާނެ

އަލީ ޝާހީން
އަލީ ޝާހީން | 3 ސެޕްޓެމްބަރު 2025 | ބުދަ 10:53
މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ޕެޓިޝަން ހުށަހެޅުން

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ޕެޓިޝަން ހުށަހެޅުން

މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 151 ނޫސްވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިން ވަނީ ސޮއިކޮށްފައެވެ. މަޖިލީހަށް ހުށަހެޅި ޕެޓިޝަން ވައްދަން ސޮއިކުރީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ އެ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް ތަސްދީގު ނުކުރުމަށް ގޮވާލާފައެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ބިލު ދިރާސާކުރަމުން އަންނައިރު، ނޫސްވެރިން ވަނީ އެ ކޮމިޓީއަށް ހާޒިރުވެ ބިލު ބޭރުކޮށްލުމަށް އެދިފައެވެ. ބިލުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 15 އެވެ. ނަމަވެސް ނޫސްވެރިންގެ މި ގޮވާލުމަށް ބީރުކަންފަތެއް ދެއްވައި، ބިލު ބޭރުކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އޮގަސްޓު 28 ގައި ވިދާޅުވެފައެވެ.

މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި އައު ކޮމިޝަނެއް އުފެދުމާއެކު، މިހާރުގެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވިގެންދާނެއެވެ. އައު ކޮމިޝަނުގައި ހިމެނޭ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުންނެވެ. އަދި ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިޚާބުކުރާ މެންބަރުންނެވެ.

ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށް އެކަނި ކަމަށް ބިލުގައި ބަޔާންކޮށްފައިވާއިރު، މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެންބަރުން ތިބެންޖެހޭ ސަބަބެއް ބިލުގައި ބަޔާންކޮށްފައެއް ނުވެއެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރު ވެސް އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މި ބިލަކީ މިނިވަން މީޑިއާއަށް ނުރައްކާވެދާނެ ބިލެއްކަމަށް ބުނެ، ރާއްޖޭގެ ނޫސްވެރިންނާއި ޖަމްއިއްޔާތަކުން އަދި ސިޔާސީ ޕާޓީތަކުން ދަނީ މި ބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ.

މިނިވަން މީޑިއާމަޖިލީސްމުހައްމަދު އައްބާސްއަހްމަދު އުޝާމްމީޑިއާ ކޮމިޝަންނޫސްވެރިންގެ ޕެޓިޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
27 ނޮވެމްބަރު 2025

މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ

27 ނޮވެމްބަރު 2025
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
15 ނޮވެމްބަރު 2025

ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް

15 ނޮވެމްބަރު 2025
ބިރު ދައްކައިގެންނާ 100 ރުފިޔާ ދީގެން އަދި ޓީޝާޓު ލެއްވި ބިދޭސީންނާ އެކުވެސް ޕީއެންސީ އަށް 5000 މީހުން ހަމަ ނުކުރެވުނު: މެންބަރު އައްބާސް
12 ނޮވެމްބަރު 2025

މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް

12 ނޮވެމްބަރު 2025
މަސައްކަތް ކުރަން ބޭނުންވާ ސާމާނު ނެތަސް ޅޮހީގައި ތިބި ސަރުކާރު މުވައްޒަފުންގެ އަދަދު 40 ހާ ގާތްކުރޭ: މެންބަރު އައްބާސް
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
03 ނޮވެމްބަރު 2025

މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް : މިއީ ތިމާވެށީގެ ދާއިރާގައި ރާއްޖޭގެ ނަން ބަދުނާމު ލިބޭނެ ކަމެއް"

03 ނޮވެމްބަރު 2025
މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދިނުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް : މިއީ ތިމާވެށީގެ ދާއިރާގައި ރާއްޖޭގެ ނަން ބަދުނާމު ލިބޭނެ ކަމެއް"
29 އޮކްޓޯބަރު 2025

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
27 އޮކްޓޯބަރު 2025

ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް

27 އޮކްޓޯބަރު 2025
ޑިއުޓީ ދައްކައިގެން އެތެރެކުރާ ސިނގިރޭޓަށް ވުރެ ވަގަށް އެތެރެކުރާ ސިނގިރޭޓު ގިނަ، މަނާ ކުރި ވޭޕް ވެސް ލިބެން އެބަހުރި: މަޖިލީހުގެ ނައިބު ރައީސް ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް