Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި

ދެ ދުވަސްވީއިރު ވެސް ޓްރަމްޕްގެ އެއްވެސް ޙަރަކާތެއް ނުބޭއްވުމުން، އެނާ އަށް ޞިއްޙީ ގޮތުން މައްސަލަ ތަކެއް ދިމާވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދެއްކި ވާހަކަ ތަކަކީ ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ރައީސް ޓްރަމްޕް އެމަނިކުފާނުގެ ސިއްޙީ ހާލަތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ފެތުރުނު އަޑުތަކަށް ރައްދު ދެއްވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ސެޕްޓެމްބަރު 2025 | ބުރާސްފަތި 03:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޞިއްޙީ ހާލުކޮޅާ ގުޅޭ ގޮތުން ދެކެވެމުން އަންނަ ވާހަކަ ތަކަށް، އޭނާ ރައްދު ދެއްވައިފި އެވެ.

ޓްރަމްޕްގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ފާއިތުވި ދުވަސް ތަކުގައި ވަނީ އެކި ވާހަކަތައް ދެކެވިފަ އެވެ. އެގޮތުން ޞިއްޙީ ގޮތުން ޓްރަމްޕް ހުންނެވީ، ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތެއްގައި ނޫން ކަމަށް ވެސް ބައެއް މީހުން ގެންދިޔައީ ފާހަގަ ކުރަމުންނެވެ.

އެ ވާހަކަތައް އެހެން ދެކެވެމުން އަންނަނިކޮށް، ހުސްވި އޯގަސްޓު މަހުގެ 26 ވަނަ ދުވަހު އޮތް ކެބިނެޓުގެ ބައްދަލުވުމަށް ފަހު، ޓްރަމްޕްގެ ޙަރަކާތްތެރިކަން މަދުވެފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. އެގޮތުން އާންމުންނާއި، ނޫސްވެރިންނަށް ޓްރަމްޕް ފެނިފައި ނުވާއިރު، ޓްރަމްޕްއާ ގުޅޭ ގޮތުން ގިނަ ވާހަކަ ތަކެއް ދިޔައީ ފެތުރެމުންނެވެ.

އެގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް އަވަހާރަވެއްޖެ ކަމަށް ބުނެ، ޓިކް ޓޮކްގައި ވަނީ ވީޑިއޯއެއް ވެސް ހިއްސާ ކޮށްފަ އެވެ. އެ ވީޑިއޯ ވަނީ ތިން މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.

އޭގެ ފަހުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އޮތް ހަފްލާއެއްގައި ފޮކްސް ނިއުސްގެ ޕީޓާ ޑޫސީ ވަނީ ޓްރަމްޕްގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވީ، ފާއިތުވި ދުވަސް ތަކުގައި ގިނަ މަސައްކަތް ތަކެއް ކުރައްވައި، ގިނަ ނޫސްވެރިންގެ ބައްދަލުވުން ތަކެއް ބާއްވަވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އޭގެ ފަހުން ދެ ދުވަސްވީއިރު ވެސް ޓްރަމްޕްގެ އެއްވެސް ޙަރަކާތެއް ނުބޭއްވުމުން، އެނާ އަށް ޞިއްޙީ ގޮތުން މައްސަލަ ތަކެއް ދިމާވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދެއްކި ވާހަކަ ތަކަކީ ހަގީގަތާ ޚިލާފު ވާހަކަ ތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ޚާއްސަ ޑޮކްޓަރު، ޝޯން ބާބަބެއްލާ ދާދި ފަހުން ނެރެފައިވާ މެމޯއެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ ފައި އަދި އަތް މަޑު މަޑުންް ދުޅަވަމުންދެ އެވެ. މިއީ އުމުރުން 70 އަހަރުން މަތީގެ މީހުންގެ ކިބައިން އާންމުކޮށް ފެންނަ ކަމެއް ކަމަަށާއި، އެއީ މާބޮޑު ނުރައްކާތެރި ކަމެއް ނޫން ކަަމަށް ވެސް ޑޮކްޓަރު ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ޓްރަމްޕްގެ ޑޮކްޓަރުން ދެކޭ ގޮތުގައި، މިހާރު އުމުރުފުޅުން 79 އަހަރުވެފައިވާ ޓްރަމްޕް، އަދި ވެސް ހުންނެވީ ޞިއްޙީ ގޮތުން ވަރަށް ރަނގަޅަށެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ޓްރަމްޕް ވަނީ އަހަރީ މެޑިކަލް ޗެކަޕެއް ވެސް ހައްދަވައިފަ އެވެ. ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، އެ ޗެކަޕް އިން ދައްކަނީ އާންމު ބައެއް ކުދި ކުދި މައްސަލަތައް ފިޔަވައި، އެހެން އެއްވެސް ސީރިއަސް މައްސަލައެއް ޓްރަމްޕްގެ ނެތް ކަމަށެވެ.

އެކަން އެހެން އޮއްވައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ، ޓްރަމްޕްގެ އަތް ތިލައިގައި ލޭ ގަނޑުވެފައި ހުންނަ މަންޒަރު ފެންނަ ވީޑިއޯ އަދި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނެފައި ވަނީ، ޓްރަމްޕް އަށް ކްރޮނިކް ވީނަސް އިންސަފިޝެންސީ (ސީވީއައި)ގެ ބައްޔެއް ޖެހިފައިވާ ކަމަށެވެ.

އެ ބައްޔަށް ޓްރަމްޕް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށާއި، އެ ބައްޔަކީ އާންމު އަދި ނުުރައްކާތެރި ކަމެއް ނެތް ބައްޔެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވައިޓް ހައުސް އިން ހާމަކޮށްފައިވެ އެވެ. އަދި ޓްރަމްޕް ހުންނެވީ ޞިއްޙީ ގޮތުން "ގަދަފަދަ"ކޮށް ކަމަށާއި، ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ޙާލަތުގައި ކަމަށް އޭރު ވެސް ބުނެފައިވެ އެވެ.

ޓްރަމްޕްގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން ސުވާލު ތަކެއް އުފެދިފައި ވަނިކޮށް، އޭނާގެ ނައިބު ރައީސް ޖޭޑީ ވޭންސް ދެއްކެވި ވާހަކަ އިން އާންމުންގެ މެދުގައި އިތުރު ސުވާލު ތަކެއް އުފެދުނެވެ. އެގޮތުން ވޭންސް ދެއްވި އިންޓަވިޔުއެއްގައި އޭނާ ވިދާޅުވެފައި ވަނީ، ޓްރަމްޕް އަށް ނުރައްކާތެރި ކަމެއް ދިމާ ވެއްޖެ ނަމަ، އޭނާ ހުންނެވީ ރައީސްކަމާ ހަވާލުވާން ތައްޔާރަށް ކަމަށެވެ. ނަމަވެސް، ޓްރަމްޕް ހުންނެވީ ޞިއްޙީ ގޮތުން ރަނގަޅަށް ކަމަށް އެ ދުވަހު ވޭންސް ވެސް ވިދާޅުވި އެވެ.

މަސްދަރު: ނިއުސްވީކް

ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްފޮކްސް ނިއުސްސިއްޙީ ހާލަތުއެމެރިކާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު