Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

ވޯޓް ލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އޮކްޓޯބަރު 2025 | ހުކުރު 09:25
ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަނުގެ ތެރެއިން. ފޮޓޯ: އިލެކްޝަން ކޮމިޝަން

ހޮނިހިރު ދުވަހު ބޭއްވުނު ބައި އިލެކްޝަނުގެ ތެރެއިން. ފޮޓޯ: އިލެކްޝަން ކޮމިޝަން

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީން ތައްޔާރުވެއްޖެ އެވެ.

އާންމު ވޯޓުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީ އިން ފަށާ ލައިވް ކަވަރޭޖް ހޮނިހިރު ދުވަހުގެ 00:00 އިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި މިވޯޓް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ރާއްޖެ.އެމްވީ އިން ލިބިވަޑައިގަންނަވާނެ އެވެ.

Advertisement - newsAdvertisement

މި ގޮތުން އައްޑޫ އަތޮޅުގައި ވޯޓުލާ މަރުކަޒުތަކުގަ އާއި މާލޭގައި ވޯޓުލާ މަރުކަޒު ތަކުގައި ރާއްޖެޓީވީގެ ޓީމުން ހަރަކާތްތެރިވަމުން ދާނެއެވެ.

އެގޮތުން މި ވޯޓުގަ ވޯޓް ފޮށި ހުންނަ ސަރަހައްދުތަކުން އެންމެ ފަހުގެ މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީގެ ޓީމުން ހަރަކާތްތެރިވާނެ އެވެ. މި ވޯޓުގަ މާލޭ ކަލާފާނު ސްކޫލުގައި 7 ފޮށި، ފޭދޫ ސްކޫލުގައި 5 ފޮށި، މީދޫ އައި.ޔޫ.އެމް އައްޑޫ ސިޓީ ލާރނިންގ ސެންޓަރގައި 3 ފޮށި އަދި ހުޅުދޫ ސ. އަތޮޅު މަދަރުސާގައި 3 ފޮށި ހުންނާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މަޖިލިސް އިންތިޚާބުގައި މާލެ ސަރަޙައްދު ފިޔަވާ އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި މީހުން، ރީ-ރަޖިސްޓްރީ ނުކުރާނަމަ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ރަޖިސްޓްރީ ބަދަލުވެފައިވާނެ ކަމަށެވެ.

އާންމު ވޯޓުގެ ވޯޓް ލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށެވެ. އަދި އާންމު ވޯޓުގެ ކެމްޕެއިން ކުރުމުގެ ފުރުޞަތު 24 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ 6:00 އާއި ހަމައަށް ކުރިއަށް ގެންދެވޭނެ އެވެ. ވޯޓް ލާން އަންނަ ފަރާތްތަކުން ރަސްމީ ލިޔުމެއް ގެންދަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ޕާސްޕޯޓް ކާޑު، ދިވެހި ޕާސްޕޯޓް، ޑްރައިވިން ލައިސަންސް ކާޑު، ބަލައިގަނެވޭނީ މުއްދަތު ހަމަނުވާ ލިޔުންތަކެވެ. އަދި އެއްވެސް ޑިޖިޓަލް ލިޔުމެއް އަދި އެފަދަ ލިޔުމެއް ކާޑަށް ޕްރިންޓްކޮށްފައި އޮތް ނަމަވެސް ބަލައި ނުގަނެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދިން ގޮތުގައި ސައްހަ ވޯޓް ކަމަށް ބަލާނީ ވޯޓުލާ މީހާ ވޯޓު ކަރުދާހުގައި، އެ މީހަކު ބޭނުންވާ ގޮތާއި ދިމާލުގައި ޖަހާ އެއް ރަނގަޅު ފާހަގަ އަށެވެ.

VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ވޯޓުލާން ދާންޖެހޭ ތަން ބަލާލެވޭނެ އެވެ. ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ވެސް އެ މައުލޫމާތު ހޯދޭނެ އެވެ.

ވޯޓުލުމުގެ ކުރިން، ވޯޓާއި ގުޅޭ ފުރިހަމަ މައުލޫމާތުތައް ހޯދުމަށާއި، ވޯޓުލުމަށް އެމީހަކު ރަޖިސްޓްރީ ވެފައިވާ ރަށް ދުރާލާ ބެލުމަށާއި، ވޯޓުލާން ޖެހެނީ ކޮން މަރުކަޒެއްކަން ޔަޤީން ކުރުމަށް ވެސް އިލެކްޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތައް ބަލާއިރު މިތިން ރަށުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ޖުމްލަ 9576 މީހުން ހިމެނެއެވެ. އަދި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމުން 255 މީހުން ރީ-ރަޖިސްޓްރީކޮށްފައިވެ އެވެ.

އައްްޑޫ ސިޓީރާއްޖެ ޓީވީއިލެކްޝަންސް ކޮމިޝަންރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު