Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލުފުށީގެ ތަރައްގީ

ހޮސްޕިޓަލާއި އެއަރޕޯޓްގެ މަޝްރޫޢު ފެށުނު ގޮތް، ވިލިފުށީ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒަށް ކިޔައި ދެއްވައިފި

24 ސެޕްޓެމްބަރު 2025 | ބުދަ 05:00

ކުރީގެ މެންބަރު އަފީފު ބުރަ މަސައްކަތްތައް ފާހަގަނުކުރުމަކީ ވެވޭ އިހުމާލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 ސެޕްޓެމްބަރު 2025 | ބުދަ 05:00
އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވިލުފުށި ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ވާހަކަ ދައްކަވަނީ

އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވިލުފުށި ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ވާހަކަ ދައްކަވަނީ

ތ.ވިލުފުއްޓަށް ތަރައްގީގެ ތަސައްވުރު ގެނެސްދެއްވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށާއި، ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ހަސަން އަފީފަށް އެރަށުގެ ކައުންސިލުން ޚާއްސަ ޝުކުރެއް ދަންނަވައިފިއެވެ.

އަންގާރަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިލުފުއްޓަށް ވަޑައިގަންނަވާފައެވެ. އަދި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބޭއްވެވި ރަސްމިއްޔާތުގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެރަށުގެ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ވިދާޅުވީ، އެރަށަށް ތަރައްގީގެ ތަސައްވުރު ގެނެސްދީފައިވަނީ ކުރީ ސަރުކާރުން ކަމަށެވެ.

ޖަބީން ވިދާޅުވީ އެރަށުގެ އެއަރޕޯޓު ތަރައްގީކުރުމަށް ބިންހިއްކުމާއި، ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ކުރީގެ މެންބަރު އަފީފު ބުރަ މަސައްކަތްތައް ފާހަގަކުރާ ކުރާ ކަމަށާއި، އެ މަސައްކަތްތައް ފާހަގަނުކުރުމަކީ ވެވޭ އިހުމާލެއް ކަމަށެވެ.

އެފަރާތްތައް ފާހަގަނުކޮށްފިނަމަ އަޅުގަނޑަކީ އޭރުގައި އެބޭފުޅާ އަދި އެމަސައްކަތްތަކުގައި އެބޭފުޅުންނާ ވަރަށް ކައިރިން މަސައްކަތް ކުރި މީހަކަށްވާތީ އަޅުގަނޑަށް ހަގީގަތް އެނގިހުރި މިކަން ފާހަގަނުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑަށް ވެވޭ އިހުމާލެއް. އެހެންކަމުން މިތާގައި މީގެ ކުރިން ފެށިގެން މިދިޔަ ދެ މަޝްރޫއު މިއީ މިރަށުގެ އެއަރޕޯޓާއި ހޮސްޕިޓަލްގެ މަސައްކަތް. މިތަސައްވުރު އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދެއްވި ކުރީގެ މިދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ހަސަން އަފީފަށާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އަލްފާޟިލް އިބްރާހިމް މުހައްމަދު ސާލިހަށް އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުގެ ނަމުގައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.
ވިލުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، 30 މަސްދުވަސް ތެރޭ ވިލުފުށީ އެއަރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށާއި 18 މަސްދުވަސްތެރޭ ހޮސްޕިޓަލުގެ މަސައްކަތް ނިމޭނެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ތަނުގައި އެއަރޕޯޓު ތަރައްގީ ކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ބުދަ ދުވަހު ފަށާފައިވާއިރު، ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިލުފުށީ ހޮސްޕިޓަލުގެ މަސައްކަތް ވެސް ގިނަވެގެން އަށާރަ މަސްދުވަސް ތެރޭ، ފުރިހަމަކޮށް، ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެތަން ރަށާ ހަވާލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް އިޝާރާތްކުރައްވަމުން، ނިމިފައިހުރި ހައުސިންގ ޔުނިޓުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ އިންތިޒާމު ހަމަޖައްސަވައި، ހައްގުވެރީން ކަނޑައެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއެއް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ސުނާމީ ކާރިސާއަށް ފަހު ހައްލު ނުވެ ދިގުލައިގެންގޮސްފައިވާ، ގެ އާއި ކޮޓަރި ލިބެންޖެހޭ މައްސަލަ، ފައިސާގެ ބަދަލު ދެއްވައިގެން ނަމަވެސް ހައްލުކުރެއްވުމަށް ސަރުކާރުން ތައްޔާރުކަމަށް ވިދާޅުވެ، ރައްޔިތުން އެދޭގޮތަކަށް އެކަން ތަންފީޒުކޮށްދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަސްއެއް އެ ރަށުގައި ގާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ރަށުގެ މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވާނޭކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ރޭ ސޮއިކުރެއްވި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ، ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކަމަށާއި، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުމްރާނީ ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ މި ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ގާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ވިލުފުށީގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތްވެސް ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

ވިލުފުށީއިބްރާހިމް މުހައްމަދު ސާލިހުޙުސައިން އަފީފްމުޙައްމަދު މުއިއްޒުހުސެއިން ޖަބީންވިލުފުށީ އެއަރޕޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް

10 ޑިސެމްބަރު 2025
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
26 ނޮވެމްބަރު 2025

މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް

26 ނޮވެމްބަރު 2025
މި ސަރުކާރުން ބަންދުކުރަން ނިންމާފައިވާ އެސްއެމްއީ ހަބުގައި ހުރި ދަ ޗީޒް ކޭކް ބާ އިން ރައީސް ސާލިހް އަށް ދައުވަތެއް
24 ނޮވެމްބަރު 2025

އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު

24 ނޮވެމްބަރު 2025
އުނދަގޫ ވަގުތުތަކުގައި ވެސް އެމްޑީޕީ ހިންގެވުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ރައީސް ޞާލިހުގެ ޝުކުރު
17 ނޮވެމްބަރު 2025

ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

17 ނޮވެމްބަރު 2025
ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު
12 ނޮވެމްބަރު 2025

ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު

12 ނޮވެމްބަރު 2025
ހަގީގީ އިންޓަނޭޝަނަލް އެއަރޕޯޓެއްގެ އުފާވެރިކަން މި ލިބުނީ ރައީސް ސާލިހްގެ ބުރަ މަސައްކަތުން: އަބްދުއްސައްތާރު
11 ނޮވެމްބަރު 2025

ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް

11 ނޮވެމްބަރު 2025
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އިސް އަސާސަކީ ރައްޔިތުންގެ މަސްލަހަތު އިސްކުރުން: ރައީސް ޞާލިޙް
10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
09 ނޮވެމްބަރު 2025

ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި

09 ނޮވެމްބަރު 2025
ދުއްޕާނެއްގެ ގޮތުގައި ސައީދު ސިފަ ކުރެއްވި ހަނިމާދޫ އެއަރޕޯޓު ރައީސް މުއިއްޒު ހުޅުވައި ދެއްވައިފި
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް