Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
އޭއައި ސްޓެތޮސްކޯޕް

އޭއައި ސްޓެތޮސްކޯޕުން ބޮޑެތި ހިތުގެ ބަލިތައް ސިކުންތުކޮޅެއްގެ ތެރޭގައި ދެނެގަނެވިދާނެ

އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހިތުގެ ތިން ބާވަތެއްގެ ބަލި ވަގުތުން ދެނެގަނެވޭ އާ ހޯދުމެއް ބްރިޓިޝް ސައިންޓިސްޓުން ވަނީ ހޯދާފައެވެ. މި އާ ޓެކްނޮލޮޖީގެ ސަބަބުން އާންމު ސްޓެތޮސްކޯޕަށްވުރެ ހިތުގެ ބަލިތައް 3 ގުނަ އަވަހަށް ދެނެގަނެވި، ބަލިމީހުންނަށް އަވަސް ފަރުވާއެއް ލިބިގެންދާނެއެވެ.

ރާއްޖެ އެމްވީ | 30 އޯގަސްޓު 2025 | ހޮނިހިރު 18:44
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މަސައްކަތް ކުރާ ޑަކްޓަރު ކަށިގަނޑު

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި މަސައްކަތް ކުރާ ޑަކްޓަރު ކަށިގަނޑު

އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ އެހީގައި މަސައްކަތް ކުރާ ސްޓެތޮސްކޯޕް (ކަށިގަނޑު) އިން ތިން ވައްތަރެއްގެ ހިތުގެ ބަލިތައް ސިކުންތުތަކެއްގެ ތެރޭގައި ދެނެގަނެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

1816 ގައި އީޖާދުކުރެވުނު އަސްލު ސްޓެތޮސްކޯޕުން ޑޮކްޓަރުންނަށް ބަލިމީހާގެ ހަށިގަނޑުގެ އެތެރޭގެ އަޑުތައް އެހޭނެއެވެ. ނަމަވެސް މިހާރު އިނގިރޭސި ވިލާތުގެ ޓީމަކުން ފަރުމާކުރި އާދަޔާ ޚިލާފު ކަށިގަނޑުން ހިތް ހުއްޓުން، ހިތުގެ ވޭލްވްގެ ބަލިތައް އަދި އާދަޔާ ޚިލާފު ހިތުގެ ރިދަމްތައް ވަގުތުން ދެނެގަނެވޭ އެވެ.

މި އޭ.އައި ޓޫލަކީ "ހަގީގީ ގޭމް-ޗޭންޖަރެއް" ކަމަށާއި، މީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް ފަރުވާ ލިބިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި މި ވަސީލަތް އިނގިރޭސި ވިލާތުގެ އެކި ކަންކޮޅުތަކަށް ތަޢާރަފުކުރުމުގެ ޕްލޭން ވަނީ ކުރެވިފައެވެ.

އައު ވަސީލަތުގައި އާންމު ޑަކްޓަރު ކަށިގަނޑުގެ ބަދަލުގައި ތާސްބައިގެ ގަނޑެއްގެ ސައިޒުގެ އާލާތެއް ބޭނުންކުރެވެއެވެ. މީގައި މައިކްރޯފޯނެއް ބޭނުން ކޮށްގެން އިންސާނުންގެ ކަންފަތަށް ނީވޭ ހިތުގެ ވިންދާއި ލޭ ދައުރުވުމުގެ ކުދިކުދި ތަފާތުތައް ދެނެގަނެވެއެވެ.

އިމްޕީރިއަލް ކޮލެޖް ލަންޑަން އަދި އިމްޕީރިއަލް ކޮލެޖް ހެލްތް ކެއަރ އެން.އެޗް.އެސް ޓްރަސްޓުން ކުރި މި ދިރާސާ ގައި ލަންޑަންގެ 200 އަށްވުރެ ގިނަ ޖީ.ޕީ ކްލިނިކްތައް ހިމެނުނެވެ. 96 ކްލިނިކްގެ 12,000 އަށްވުރެ ގިނަ ބަލިމީހުން އޭ.އައި ސްޓެތޮސްކޯޕުން ޗެކްކުރެވި، މި ޓެކްނޮލޮޖީ ބޭނުން ނުކުރާ 109 ކްލިނިކްގެ ބަލިމީހުންނާ އަޅާކިޔުނެވެ.

މި ވަސީލަތުން ޗެކްކުރެވުނު ބަލިމީހުންގެ ތެރެއިން ޖެހިގެން އައި 12 މަސްދުވަހުގެ ތެރޭގައި ހިތް ހުއްޓުން ދެނެގަނެވުނު މިންވަރު 2.33 ގުނަ އިތުރުވިއެވެ. އަލާމާތެއް ނުފެންނަ ނަމަވެސް ސްޓްރޯކްގެ ރިސްކް އިތުރުކުރާ އާދަޔާ ޚިލާފު ހިތުގެ ވިންދު 3.5 ގުނަ އިތުރަށް ދެނެގަނެވުނެވެ. އަދި ހިތުގެ ވޭލްވްގެ ބަލިތައް 1.9 ގުނަ އިތުރަށް ދެނެގަނެވުނެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަން (ބީ.އެޗް.އެފް)ގެ ކްލިނިކަލް ޑައިރެކްޓަރ އަދި ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. ސޯނިޔާ ބާބޫ-ނާރާޔަން ވިދާޅުވީ، "މިއީ 200 އަހަރަށް ވުރެ ކުރިން އީޖާދު ކުރެވުނު އާދައިގެ ސްޓެތޮސްކޯޕް 21 ވަނަ ގަރުނަށް އަޕްގްރޭޑް ކުރެވިދާނެ ގޮތުގެ ރީތި މިސާލެކެވެ."

މިފަދަ އައު އީޖާދުތައް ވަރަށް މުހިންމު ކަމަށާއި، ގިނަފަހަރަށް މި ބަލި ދެނެގަނެވެނީ ބަލިމީހުން އިމަޖެންސީ ގައި ހޮސްޕިޓަލަށް އަންނައިރު ވަރަށް ފަހުގެ މަރުހަލާއެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަވަހަށް ބަލި ދެނެގަނެވުމުން، މީހުންނަށް ދިގު މުއްދަތަކަށް ދުޅަހެޔޮކަމާއެކު ދިރިއުޅެވޭނެ ފަރުވާ ލިބިގެންދާނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހޯދުންތައް ދުނިޔޭގެ އެންމެ ބޮޑު ހިތުގެ ކޮންފަރެންސް ކަމުގައިވާ މެޑްރިޑްގައި ބޭއްވުނު ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީގެ އަހަރީ ކޮންގްރެސްގައި އެތައް ހާސް ޑޮކްޓަރުންނާ ހިއްސާކުރެވުނެވެ.

މަސްދަރު: ބީބީސީ

އޭއައި ސްޓެތޮސްކޯޕްއިމްޕީރިއަލް ކޮލެޖް ލަންޑަންހިތުގެ ބަލިތައްބްރިޓިޝް ހާޓް ފައުންޑޭޝަންޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ

ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ

23 މެއި 2018
ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

29 އެޕްރީލު 2018
މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

މޫދަށް ދިޔުމަކީ ބަލިތައް ފަސޭހައިން ޖެހޭ ސަބަބެއް!

01 މާރިޗު 2018
ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

13 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު