Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކާށި ތެޔޮ

ކާށި ތެލުން ހިތުގެ ބަލިންނާއި ސްޓްރޯކް ޖެހުމުން ދުރު ކޮށްދީފާނެ!

ކާށި ތެލަކީ މަތީ މިންވަރަކަށް ސެޗުރޭޓެޑް ފެޓް އެކުލެވޭ އެއްޗެއް ކަމަށް ދިރާސާތަކުން ހާމަވެފައިވޭ

ރާއްޖެ އެމްވީ | 13 ޖެނުއަރީ 2018 | ހޮނިހިރު 16:57
ކާށިތެޔޮ - ގިނަ ބޭނުން ތަކަށް ބޭނުން ކުރެވޭ އެއްޗެއް

ކާށިތެޔޮ - ގިނަ ބޭނުން ތަކަށް ބޭނުން ކުރެވޭ އެއްޗެއް

ކާށި ތެލާ ބެހޭ ގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި ލިޔެފައިވާ ލިޔުންތަކުގައި ދެ ފަހަރު އެކައްޗެއް ނުބުނެއޭ ދެންވިއަސް ދޮގަކަށް ނުވާނެއެވެ.

ކާށިތެލާ ބެހޭ ގޮތުން ހޯދާފައި ހޯދުންތަކުން މިއީ ބަޓަރަށް ވުރެ ގިނައިން "ސެޗުރޭޓެޑް ފެޓް" އެކުލެވޭ އެއްޗަކަށް ވުމާއެކު ކާށިތެޔޮ ކެއުމުގައި ބޭނުން ކުރުމުން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވާނެ ކަމަށް ބުނެ ލިޔެފައިވާ ލިޔުންތައް މަދުވާނެ ކަމަކަށް ނުބެލެއެވެ.

އެންމެ ފަހުން ޔުނިވަރސިޓީ އޮފް ކެބްރިޖްގެ ދިރާސާ އަކުން މި ބުނަނީ، ކާށިތެލުގެ ސަބަބުން ހިތުގެ ބައްޔާއި ސްޓްރޯކް ޖެހުމުން ދުރުކޮށް ދޭ ކަމަށެވެ. އެކަމަކު ދިރާސާގައި ބުނެފައިވަނީ އެއީ ކޮންމެ ދުވަހަކު 4 ހަފްތާގެ މުއްދަތަށް ކާށިތެޔޮ ބޭނުން ކުރުމުން ކަމަށެވެ.

އުމުރުން 50 އަހަރާއި 75 އަހަރާ ދެމެދުގެ އުމުރުފުރާގެ 94 ވޮލަންޓިއަރުން ބޭނުން ކޮށްގެން އިނގިރޭސި ވިލާތުގެ ދެ ޕްރޮފެސަރަކު ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ އަށް ބަލާއިރު، 4 ހަފްތާގެ މުއްދަތައް ކޮންމެ ދުވަހަކު 50 ގްރާމް (ގާތްގަނޑަކަށް 3 މޭޒުމަތީ ސަމުސާ) ބަޓަރު ބޭނުން ކުރުމުން ލޭގައި އެލްޑީއެލް ކޮލެސްޓްރޯލް (ގެއްލުންދޭ ކޮލެސްޓްރޯލް) ހުންނަ މިންވަރު 10 އިން ސައްތަ މައްޗަށް ދިޔަކަން ފާހަގަ ކުރެވެއެވެ. 4 ހަފްތާގެ މުއްދަތަށް ކޮންމެ ދުވަހަކު ހަމަ މި މިންވަރަށް ޒައިތޫނި ތެޔޮ ބޭނުން ކުރި މީހުންގެ ލޭގެ އެލްޑީއެލް ކޮލެސްޓްރޯލް ކުޑަ ތަންކޮޅެއް ދަށަށް ދިއުމާއެކު އެޗްޑީއެލް ކޮލެސްޓްރޯލް (ފައިދާ ހުރި ކޮލެސްޓްރޯލް) 5 އިން ސައްތަ މައްޗަށް ދިޔަކަން ފާހަގަ ކުރެވުނެވެ. އަނެއް ކޮޅުން އެޗްޑީއެލް ކޮލެސްޓްރޯލް މިންވަރު އެންމެ މައްޗަށް ދިޔަ ކަމަށް ފާހަގަ ކުރެވުނީ ދުވާލަކު 50 ގުރާމުގެ ކާށިތެޔޮ 4 ހަފްތާގެ މުއްދަތައް ބޭނުން ކުރި މީހުންގެއެވެ. އެހެން ބާވަތްތައް ބޭނުން ކުރި މީހުންނާ ޚިލާފަށް ކާށިތެޔޮ ބޭނުން ކުރި މީހުންގެ ލޭގައި ފައިދާ ހުރި ކޮލެސްޓްރޯލް 15 އިން ސައްތަ މައްޗަށް ދިޔަކަން ދިރާސާ ކުރި ފަރާތްތަކަށް ފާހަގަ ކުރެވުނީ ބޮޑު ހައިރާން ކަމަކާ އެކީގައެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިބާވަތުގެ ކޮލެސްޓްރޯލް އަކީ ހިތުގެ ބަލި ޖެހުމުންނާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ބާވަތުގެ ކޮލެސްޓްރޯލް އެވެ.

ބީބީސީ އަށް ދިން ބަސްދީގަތުމެއްގައި ދިރާސާ ހެދި ސައިންސްވެރިން ބުނެފައިވަނީ، މި ދިރިސާގެ މައްޗަށް ހަމަ އެކަނި ބުރަވެ ކެއުމުގައި ކާށިތެޔޮ ބޭނުން ކުރާ މިންވަރަށް ބަދަލު ގެނައުމަކީ އަދި ބުއްދިވެރި ކަމަކަށް ނުވެދާނެ ކަމަށެވެ. ސަބަބަކީ، ދިރާސާ ކުރިއަށް ގެންދިޔައީ ނިސްބަތުން ވަރަށް ކުރު މުއްދަތަކަށް ކަމަށްވާތީ ކަމަށްވެސް ދިރާސާ ކުރި ދެ ސައިންސްވެރިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2025

އޭއައި ސްޓެތޮސްކޯޕުން ބޮޑެތި ހިތުގެ ބަލިތައް ސިކުންތުކޮޅެއްގެ ތެރޭގައި ދެނެގަނެވިދާނެ

30 އޯގަސްޓު 2025
އޭއައި ސްޓެތޮސްކޯޕުން ބޮޑެތި ހިތުގެ ބަލިތައް ސިކުންތުކޮޅެއްގެ ތެރޭގައި ދެނެގަނެވިދާނެ
23 މެއި 2018

ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ

23 މެއި 2018
ދުވާލަކު ބިހެއް ކާނަމަ ހިތުގެ ބަލިން ދުރުކޮށްދޭ: އައު ދިރާސާ
29 އެޕްރީލު 2018

ސްޓްރޯކް ޖެހެނީ ކިހިނެއް؟

29 އެޕްރީލު 2018
ސްޓްރޯކް ޖެހެނީ ކިހިނެއް؟
29 އެޕްރީލު 2018

ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

29 އެޕްރީލު 2018
ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން
11 މެއި 2017

ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ

11 މެއި 2017
ޗީޒް ކެޔަސް ސްޓްރޯކް، ހާޓް އެޓޭކް ރިސްކް ބޮޑެއް ނުވޭ: ދިރާސާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު