Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުލޮނުމެދުގެ ފައިދާ

ލޮނުމެދު - ކެންސަރާއި ހިތުގެ ބަލި ޖެހުމުން ދުރުކޮށްދޭ: ސައިންސްވެރިން

ތަފާތު ބަލިތަކަށް ލޮނުމެދު ބޭނުން ކުރާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ

ރާއްޖެ އެމްވީ | 29 އެޕްރީލު 2018 | އާދީއްތަ 07:02
ލޮނުމެދު - ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް

ލޮނުމެދު - ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެއް

ލޮނުމެދަކީ ކެންސަރާއި، ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ލޮނުމެދާ ބެހޭ ގޮތުން މި ނިންމުން ނިންމާފައިވަނީ ލޮނުމެދުގެ ސިއްހީ ފައިދާތަކާ ބެހޭ ގޮތުން މިހާތަނަށް ލިޔެވިފައިވާ ލިޔުންތަކާއި ކުރެވިފައިވާ ދިރާސާތައް ތަފްސީލީ ގޮތެއްގައި މުރާޖައާ ކުރުމަށް ސައިންސްވެރިންގެ ޓީމަކުން ކުރި މަސައްކަތައް ފަހުގައެވެ.

ލޮނުމެދަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިންވެސް ތަފާތު ބަލިތަކަށް ފަރުވާ ކުރުމުގައި ބޭނުން ކުރަމުން އައި އެއްޗެއް ކަން ތާރީޚީ ލިޔުންތަކުން ހެކި ދެއެވެ.

ސަގާފީ ބޭސްވެރިކަމުގައި ލޮނުމެދު ބޭނުން ކުރަމުން އައި ނަމަވެސް، މިދިރާސާ ކުރިއަށް ގެންދިޔަ ނޮޓިންހަމް ޔުނިވަރސިޓީގެ ސައިންސްވެރިން ބުނެފައިވަނީ ލޮނުމެދުގެ ފައިދާތައް ހަށިގަނޑަށް ސިއްހީ ގޮތުން ލިބުން ބިނާވާނީ ކެއުމަށް ލޮނުމެދު ތައްޔާރު ކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް މިދިރާސާ ކުރި ޓީމުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ޑރ.ޕީޓަރ ރޯސް ބުނެފައިވަނީ ލޮނުމެދުގެ ފައިދާ ހަށިގަނޑަށް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރާނީ ކޮން ގޮތަކަށް ތައްޔާރު ކޮށްގެން ކަން އަދި އެންމެ ރަނގަޅަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އޭގެ މާނައަކީ ލޮނުމެދުގެ ފައިދާ އެންމެ ބޮޑަށް ލިބޭނީ ރޮލަށް ލޮނުމެދު ކައިގެން ކަމެއް ނުވަތަ ގާލިކް ބްރެޑް ފަދަ ތަކެތީގައި ބޭނުން ކުރާ ގޮތައް ލޮނުމެދު ބޭނުން ކޮށްގެން ކަން މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

ދިރާސާތަކުން ސާފުވާ ގޮތުގައި ލޮނުމެދުގެ ސަބަބުން އިންސާނުންގެ ލޭގެ ޕްރެޝަރ ދައްކޮށްދެއެވެ. އަދި ކެންސަރާ ދެކޮޅަށް ހަނގުރާމަ ކުރާ މާއްދާތައް ލޮނުމެދުގައި އެކުލެވެއެވެ. މި ގޮތުން ލޮނުމެދުގައި އެކުލެވޭ ސަލްފަރ މާއްދާތައް ފާހަގަ ކުރެވެއެވެ.

ލޮނުމެދުގެ ފައިދާތަކާ ބެހޭ ގޮތުން ޑރ. ޑރ. ރޯސް، "ޓްރެންޑްސް އިން ފާމަކޮލޮޖިކަލް ސައިންސަސް" ގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ބުނެފައިވަނީ، ލޮނުމެދުން ގިނަ ސިއްހީ ފައިދާތަކެއް އިންސާނުންނަށް ލިބޭ ކަމަށް ބެލެވުނު ނަމަވެސް، އެއީ ހުރިހާ ބައްޔަކަށް އޮތް ފަރުވާ އެއް ކަމަށް ދެކިގެން ނުވާނެ ކަމުގައެވެ.

ލޮނުމެދު އެންމެ ފުރަތަމަ ފެނިފައިވަނީ އޭޝިޔާގެ މެދުތެރޭ ސަރަހައްދަކުންނެވެ. ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި މީގެ އަށް ހާސް އަހަރު ކުރިންވެސް އިންސާނުންނަށް ޖެހޭ ތަފާތު ބަލިތަކުގެ ފަރުވާ އެއްގެ ގޮތުގައި ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.

އިހުޒަމާނުގެ މިސްރާއި، ގްރީކް އާއި ރޯމަނުންގެ ތެރޭގައިވެސް އެކި އެކި ބަލިބަލީގެ ފަރުވާ އަށް ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.

އިންސާނުންގެ ބަލިތަކަށް ފަރުވާ ކުރުމުގެ އިތުރުން ބައެއް ޖަނަވާރުންނަށް ޖެހޭ ބަލިތަކަށްވެސް ލޮނުމެދު ބޭނުން ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2020

102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާވައިރަސް ބަލިން ގަދަވެއްޖެ

29 މާރިޗު 2020
102 އަހަރުގެ އިޓަލީ އަންހެނަކު ކޮރޯނާވައިރަސް ބަލިން ގަދަވެއްޖެ
22 މާރިޗު 2020

ކޮރޯނާ ވައިރަސް ބަލިކުރަން ރައްޔިތުން ބަންދު ކުރުމަކުން އެކަނި ނުފުދޭ: ޑަބްލިޔު.އެޗް.އޯ

22 މާރިޗު 2020
ކޮރޯނާ ވައިރަސް ބަލިކުރަން ރައްޔިތުން ބަންދު ކުރުމަކުން އެކަނި ނުފުދޭ: ޑަބްލިޔު.އެޗް.އޯ
22 މާރިޗު 2020

45 މިނެޓުން ކޮރޯނާވައިރަސް ބަލި ދެނެގަނެވޭ ޓެސްޓަކަށް އެމެރިކާއިން ހުއްދަދީފި

22 މާރިޗު 2020
45 މިނެޓުން ކޮރޯނާވައިރަސް ބަލި ދެނެގަނެވޭ ޓެސްޓަކަށް އެމެރިކާއިން ހުއްދަދީފި
07 ޖެނުއަރީ 2019

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

07 ޖެނުއަރީ 2019
ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
01 އޯގަސްޓު 2018

ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

01 އޯގަސްޓު 2018
ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު