Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް މެންބަރުން

އަމިއްލަ ބާރާއި، އިހްތިޔާރާއި، މިނިވަންކަން ރައީސް އޮފީހުގެ ކުޑަކޮޓަރިއެއްގައި ތަޅުލައިގެން ތިބި ގަމާރު ރައްޔިތުންގެ މަޖިލީހެއް މި ނޫނީ ނުދެކެން - މީކާއިލް

29 އޯގަސްޓު 2025 | ހުކުރު 12:30

މަޖިލިސް މެންބަރުންނަކީ އަމިއްލަ ބާރާއި އިޚްތިޔާރާއި މިނިވަންކަން އެހެން މީހަކާ ހަވާލުކޮށްގެން ތިބި ބައެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2025 | ހުކުރު 12:30
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ

އަމިއްލަ ބާރާއި، އަމިއްލަ އިޚްތިޔާރާއި، އަމިއްލަ މިނިވަންކަން އެހެން މީހަކާ ހަވާލުކޮށްގެން ތިބި ގަމާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް ހަޔާތުގައިވެސް މި ނޫނީ ނުދެކޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އެނާ އަކީ ރައީސުލްޖުމްހޫރިއްޔާއަކު، ވެރިކަމުން ދުރުކުރަން ތާއީދުކުރާ މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ރައީސް މުޢިއްޒަށް އެންމެ ދުވަހެއް ވެސް އިތުރަށް ދީފިނަމަ، ދެން މި ޤައުމު ހޯދައިނުފެންނާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދައިން ދަންނަވަން ޖެހެނީ، ސަރުކާރެއް ބާއްވަން ބޭނުންވަނީ އަދި ސަރުކާރެއް ތަޙައްމަލުކުރަން ބޭނުންވަނީ، އެ ސަރުކާރަކީ ޖަވާބުދާރީކުރުވޭނެ ސަރުކާރަކަށް ވާނަމަ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރަށް މި ވީ ކުޑަ ދުވަސްކޮޅުގައި ދިވެހިރާއްޖޭގައި ސަރުކާރެއް ޖަވާބުދާރީކުރުވޭނެ ދުސްތޫރީ ނިޒާމު އެއްކޮށް ފުނޑާލާފައިވާ ކަމަށެވެ.

ފެއްޓެވި ރައްޔިތުންގެ މަޖިލީހުން. ރައްޔިތުންގެ މަޖިލީހުގައި މިއަދު ރައްޔިތުންގެ މެންބަރުންނެއް ނެތް. ވަރަށް ހިތާމަޔާއެކު ދަންނަވާލަންޖެހޭ. އަޅުގަނޑު ވެސް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހެއް. އެހެންނަމަވެސް، މިހާ ގަމާރު ރައްޔިތުންގެ މަޖިލީހެއް އަދި އަޅުގަނޑުގެ ހަޔާތަކު ވެސް މުޅި ދުނިޔެއިން ވެސް ނުދެކެން. އެއީ އަމިއްލަ ބާރާއި، އަމިއްލަ އިޚްތިޔާރާއި، އަމިއްލަ މިނިވަންކަން އެހެން މީހަކާ ހަވާލުކޮށްގެން، ހަމަ ހިނިއައިސް ތިރީސް ދެ ދަތް ދައްކައިގެން ކޮންމެ ދުވަހަކު ބަޓަނަށް އޮބަން ތިބޭ ބައެއް މިނޫނިއްޔާ އަޅުގަނޑެއް ނުދެކެން. އިންތިހާއަށް ގަމާރު، އިންތިހާއަށް ގަމާރު ރައްޔިތުންގެ މަޖިލީހެއް. ފެއްޓެވީ ރައްޔިތުންގެ މަޖިލީހުން. ނިޒާމު ހަލާކުކުރުމުގެ މަސައްކަތް ފެއްޓެވީ ރައްޔިތުންގެ މަޖިލީހުން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ލިބުނީ، ރައީސް މުޢިއްޒު އަނބުރާ ފޮނުއްވައިލެއްވި ތެލެސީމިއާ ބިލު ކަމަށެވެ. އަދި ހައިރާންވާ ކަމަކީ، މި ބިލަކީ އެންމެ ފުރަތަމައިނުންވެސް ރައީސް މުޢިއްޒުގެ ހެޔޮ ވިސްނުމާއި، ވަރުގަދަ އިރުޝާދުފުޅުގެ ދަށުން އެ މަނިކުފާނުގެ ބަންޑާރަ ނައިބު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ތިން ސަފުހާގެ ވަރަށް ކުޑަކުޑަ ބިލެއް ކަމަށެވެ.

އަދި އެ ބިލު ފޮނުއްވިއިރު ވެސް އެމް.ޑީ.ޕީގެ ތިބި ބާރަ މެންބަރުން ބުނަމުންދިޔައީ، މި ބިލަށް އިޞްލާޙު ގެންނަން ޖެހޭ ވާހަކަ ކަމަށާއި، ތެލެސީމިއާ ކުދިންގެ ޢާއިލާތަކާ މަޝްވަރާކުރަން ޖެހޭ ކަމަށެވެ. އަދި އެ ކުދިންގެ އަޑު އަހަން އެބަޖެހޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ޕީ.އެން.ސީގެ ބަދަހި އެކުވެރި ޕީ.ޖީ ގްރޫޕް ވިދާޅުވަމުން ގެންދެވީ، މިއީ ވަރަށް ފުރިހަމަ ބިލެއް ކަމަށެވެ.

މިއީ ވަރަށް ފުރިހަމަ ބިލެކޭ. މި ބިލަށް ހަމަ އެއްވެސް ބަދަލެއް ނުގެނެސް، މިހިނދުން މިހިނދަށް މި ބިލު އެބަ ފާސްކުރަންޖެހޭ، ތެލެސީމިއާ ކުދިންގެ ޙައްޤުގައި. އެހެންނަމަވެސް، އެއްކަލަ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ބިލު، އެ ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުން ފާސްކުރި އެ ބިލު އަނެއްކާވެސް އެ މަނިކުފާނަށް ކަމުނުގޮސްގެން އަޅުގަނޑުމެން މި ޖެހުނީ އެ ބިލު އަނެއްކާވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޓީއަކުން ގޮތެއް ނިންމަން. އެ ދުވަހު ވިދާޅުވަމުން ގެންދެވި، މި ހާދަހާ ފުރިހަމަ ބިލެކޭ. ސަނާކީކީ ނޫން ގޮސް އަނގައިގައި ޚަބަރު އަހާލިއިރު ވެސް ސަނާކިޔައެއް ނުނިމޭ. އެހެންނަމަވެސް، މިއަދު އަނެއްކާވެސް ވިދާޅުވަމުން އެ ގެންދަވަނީ، މި ބިލަށް އިޞްލާޙު ހުށަހަޅަން އެބަޖެހެއޭ. ސިކުނޑި ވެސް ނެތް. ސިކުނޑިވެސް އެ ތިއްބެވީ ރައީސް ޑޮކްޓަރ މުޢިއްޒާ ހަވާލުކުރައްވައިގެން. އަމިއްލަ ސިކުނޑިވެސް މިހާރު އޮތީ ރައީސް އޮފީހުގެ ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި ތަޅުލާފަ. އެވަރުގެ ގަމާރު ރައްޔިތުންގެ މަޖިލީހެއް އަޅުގަނޑުމެންނަށް ބޭނުމެއް ނޫން. އެވަރުގެ ގަމާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެއް މި ރާއްޖޭގެ ރައްޔިތުންނެއް ބޭނުމެއް ނޫން.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ފަނޑިޔާރުގެއާ ކުޅުއްވި ބޭފުޅުންނަށް އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދެއްވީ އިނާމު ކަމަށެވެ. މިހާރުވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކަށް ހުންނެވި ބޭފުޅާއަށް އަނެއްކާވެސް އެ ދެއްވީ އިތުރު ފަސް އަހަރު ކަމަށެވެ. އެކަން ކުރައްވަނީ ރައްޔިތުންގެ ފައިސާ އިން ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ވެސް، ސަރުކާރުގެ ވަޒީރަކަށް ވެސް އަދި ޚުދު ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް ސުޕްރީމް ކޯޓުން ވަކިކުރި ތިން ފަނޑިޔާރުންގެ މައްސަލައަކީ ކޮބައިކަމެއް ވިދާޅެއް ނުވާ ކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށް ލިބެނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވާން 7 މިނެޓް ކަމަށާއި، ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން، ވަކިކުރީ ކޮން ސަބަބަކާ ހުރޭ ކަމެއް އަދި އަދާޖެހެންދެން ވެސް އެ ބޭފުޅުންނަށް ނާންގަވާ ކަމަށެވެ.

އެހެންކަމުން މިއީ އެންމެ ދުވަހަކަށް ވެސް އިތުރަށް ބާއްވަންޖެހޭވަރުގެ ސަރުކާރެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް