Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ރެކޯޑް ހެއްދެވުން

ރައީސް މުއިއްޒު ފަދަ ވެރިންގެ ކިބައިގައި ދެއްކުންތެރިކަން ވަރަށް ބޮޑަށް ހުންނާނެ - ޒިޔާދު

29 އޯގަސްޓު 2025 | ހުކުރު 09:54

އިހުތިޖާޖުގައި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ފުންނާބުއުސް ނޫސްވެރިން ބައިވެރިވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2025 | ހުކުރު 09:54
ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު، ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ ވެރިންގެ ކިބައިގައި ދެއްކުންތެރިކަން ވަރަށް ބޮޑަށް ހުންނާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ފަދަ ވެރިންގެ ގައިގައި ދެއްކުންތެރިކަން ވަރަށް ބޮޑަށް ހުންނާނެ ކަމަށެވެ. އަދި މިހާރު ރެކޯޑެއް ހެދޭނަމަ ނުސްވެރިންނާއި ބައްދަލު ކުރެއްވީސް ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން ބާއްވައިގެން ރެކޯޑް ފޮތުން ޖާގަ ހޯދަން ރައީސް މުއިއްޒު ކުރެއްވި މަސައްކަތަށް އިޝާރާތް ކުރައްވާ ޒިޔާދު ވިދާޅުވީ އެ ދުވަހުގެ ރެކޯޑް މުގުރާލަން ރައީސް އަނެއްކާވެސް މަސައްކަތް ކުރައްވަފާނެ ކަމަށެވެ.

Advertisement - newsAdvertisement

ކުރިން ނޫސްވެރިކަމުގައި ވެސް އުޅުއްވި މެންބަރު ޒިޔާދު ވިދާޅުވި ނޫސްވެރިން އުލުބައިންދާ ބިލާއި ދެކޮޅަށް މިއަދު ނުކުމެ އެ ތިބީ ރާއްޖޭގެ އެންމެ ދުވަސްވީ، އެންމެ ފުންނާބުއުސް އަދި ހުރިހާ ކުލަކުލައިގެ ގަލަން ލިބިފައި ހުރި ނޫސްވެރިން ކަމަށެވެ. އަދި މިހާރު އިހުތިޖާޖުގައި މަދުވަނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރ އިބްރާހިމް ހަލީލު ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މިއަދު ނަންބަރުގެ ގޮތުން ކިތަންމެ މަދު ކޮން އެތަނުން ފެނުނުހެން ހީވިޔަސް ޙަޤީޤަތުގައި ހުރިހާ ނޫސްވެރިންގެ ވެސް އެ ވިސްނުމަކީ އެއީ، ބޭނުމަކީ ވިޔަސް އެއީ އެ ބިލު ނެތުން. ކަން ހުރިގޮތު، ކަން ދިމާކުރި ގޮތުން ބައެއް ނޫސްތަކުގައި އެހެން ބައިވެރިއެއް ނުވެވޭނެ. ދެން މީގައި މި ބުނާ ފޮތުގައި އޮވޭ ވަރަށް ރީތިކޮށް ލިޔެފައި، މި ޒާތަށް ވެރިކަން ކުރަން ބޭނުންވާ ވެރިން ފުރަތަމަ ކުރާނެ ކަމަކީ، ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކަށް ހަދަން މަށްފަހުގައި ވެރިކަމަށް އަންނަ ގޮތަށް އޭނަގެ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވެރިކަން ލިބޭ ފަރާތެއްގެ އަމިއްލަ ނޫސްތައް ގިނަކުރާނެ. އިތުބާރު؛ ވާހަކައަކީ ޕްރޮމޯޝަނަށް ވަރަށް ބޮޑަށް ހޭދައެއް ކުރާނެ. މިހާރު އެންމެ ބޮޑު މީޑިއާއިން މި އޮންނަނީ ޕީ.އެސް.އެމް އެންމެ ގިނަ މުވައްޒަފުން. ދެން ތިބޭ ރައީސް އޮފީހުން ޕްރޮމޯޝަން، ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްކުރާކުރުމަށާއި، ދެން މިހެން ކިޔާނެ ކަމެއް ނެތް. މިބުނާ ގޮތަށް ކުރަންވެއްޖެއްޔާ މިހާރު ޕީ.އާރުގައި ރީތިކޮށް ސާޅީހަކަށް، ފަންސާހަކަށް ކުދިން އެބަތިބި
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ ޕީއާރު އިތުރުކުރަމުން ގޮސް އިތުރު ނޫސްތައް ރަޖިސްޓްރީކުރަމުންގޮސް އެންސްޕާވެސް އޭގައި ހިމެނިއްޖެ ކަމަށެވެ. އެއީ ވެސް އިއްތިފާގެއް ކަމަށާއި، އެ ވާހަކަ ދެކުނީ މީޑިއާ ތެރެއިން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި މިއީ އަސްލު ނޫސް މުހިންމުވާ ސަބަބު ކަމަށާއި، އެންސްޕާއަށް ބޭސް ނުލިބިގެން އެކަމުގައި ރައްޔިތުން ވަރަށް ބިކަ ހާލުގައި ތިބި އިރު އަދި އެކަން ހައްލު ނުވެ ތިއްބާ އިވެނީ، އެ އެންސްޕާ އިން ތިރީސް ހަ މިލިއަން ރުފިޔާ އެއްފަހަރާ ދިން ވާހަކަ ކަމަށެވެ.

ބައިވަރު އިއްތިފާޤުތައް ހުރީ. އިއްތިފާޤުތަކާ އެއްކޮށް. ދެން އިއްތިފާޤަކީ އެ ގޭގެ ގެންގުޅުން މީހާގެ ޓީވީން މިހާރު އަޅުގަނޑުމެންނަށް ވެސް އެނގޭ. އަޅުގަނޑު ވެސް ހަމަ މީޑިއާގައި ތަންކޮޅެއް ސީނިއަރ މީހަކަށްވެސް ހުރި މީހެއް. މީޑިއާއެއް އުފައްދަން، މީހުން ނޫހެއް އުފައްދަން ކުރަންޖެހޭ މަސައްކަތާއި، ޓީވީއެއް އުފައްދަން ކުރަން. ރާއްޖޭގެ ފުރަތަމަ ލައިސަންސް ލިބިގެން އަމިއްލަ ފަރާތްތަކުން ޓީވީ ހެދިއިރު އަޅުގަނޑުމެން ވެސް ޓީވީއެއް ހެދިން. ކުރަންޖެހޭ ޚަރަދުތަކާއި، ހޭދަތަކާއި، ދެން މިއަދު ގެންގުޅޭ މީހާ އެފެންވަރުގައި ޓީވީއެއް ހަދައިލީމަ، ހޭވެސް އަހާލާނެތާ މީހުން. ދެން އަނެއް އިއްތިފާގަކީ، އެއަށް ޕޭކުރި އެންސްޕާއިން، އެކަމަކަށް ދޮގެއްވެސް ނުކުރޭތާ. ރެންޓު ފުރަތަމަ ދެއްކީ އެންސްޕާއިންނޭ. ތިރީސްހައެއް މިލިއަން ރުފިޔާއެއްގެ ވާހަކަ މި ދައްކަނީ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގަން އިމަރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެ އެޖެންސީއަށް ކުރެވިފައިވެއެވެ. އަދި "އެމްއެމް ޓީވީ" ނަމުގައި ފެށި ޗެނަލް ހިންގާ އިމާރާތުގެ ކުލި އެންސްޕާ މެދުވެރިކޮށް ހަމަޖައްސާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ފަންގިފިލާ އެންސްޕާ، އަދި ބާކީ ދެ ފަންގިފިލާ ޓީވީ ސްޓޭޝަނަށް ދޫކޮށްފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް