Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ބިލް

މީޑިއާ ބިލު ހުށަހެޅުމުގެ ކުރިން ޕީއެންސީގެ ބައެއް މެމްބަރުން ބިލުގެ ވާހަކަ ހިއްސާކުރި، ބިލަކީ ސަރުކާރުގެ ބިލެއް: ޝަމްހީދު

29 އޯގަސްޓު 2025 | ހުކުރު 09:46

މީޑިއާ ކޮންޓްރޯލް ބިލަކީ ސަރުކާރުގެ ތެރެއިން ޑްރާފްޓް ކުރެވިގެން އައި ބިލެއްކަމަށް ޝަމްހީދު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އޯގަސްޓު 2025 | ހުކުރު 09:46
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ރާއްޖެޓީވީގެ ފަލަސުރުކީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ރާއްޖެޓީވީގެ ފަލަސުރުކީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅުމުގެ ކުރިން ޕީއެންސީގެ ބައެއް މެމްބަރުން ބިލުގެ ވާހަކަ ހިއްސާކުރި ކަމަށާއި ބިލަކީ ސަރުކާރުގެ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުކީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މީޑިއާ ރެގިއުލޭޓްރީ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އަދި އެ ބިލަކީ ހަގީގަތުގައި އެ ބިލު ހުށަހެޅުއްވި ތޮއްޑޫ ދާއިރާގެ މެމްބަރު ހަންނާނާއި ގުޅުން ހުރި ބިލެއް ނޫން ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ސަބަބަކީ ބިލު ހުށަހެޅުމުގެ މާ ކުރިން ޕީއެންސީގެ ސީނިއާ ބައެއް މެމްބަރުން މި ބިލުގެ ވާހަކަ އެމްޑީޕީގެ ބައެއް މެމްބަރުންނާއި ހިއްސާކުރުން ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ. ނޫސްވެރިކަން ހަނިކޮށް ނޫސްވެރިންނަށް ބިރު ދައްކަން މި ބިލު ބޭނުން ކުރާ ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

"ވެދާނެ އޮޅިގެން ކަމަށް ވެސް އެ ބޭފުޅުން ބިލް ހުށަހެޅުމުގެ މާ ކުރިން އެ ވާހަކަ ހިއްސާ ކުރެއްވި. ބިލަކީ ހަގީގަތުގައި ހަންނާނުގެ ބިލެއް ނޫން. މި ބިލަކީ ސަރުކާރުގެ ތެރެއިން ޑްރާފްޓް ކުރެވިގެން އައި ބިލެއް. ބިލުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ހަނިކޮށް ޤާނޫނު އަސާސީން ބޭރަށް ބިލު ދިއުން. މީޑިއާގެ މިނިވަންކަމާއި މައުލޫމާތަކީ ކިހާވަރެއްގެ ކަމެއްކަން މި ބޭފުޅުންނަށް ހަމަ އަންޑަސްޓޭންޑް ނުވަނީ." ޝަމްހީދު ވިދާޅުވިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ މަސައްކަތް އަންނަ މަހުގެ 15ގެ ކުރިން ނިންމާނެ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމާފައެވެ. މިނިވަން މީޑިއާ ނެތިކޮށްލުމަށް ފަރުވާ ކޮށްފައިވާ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 19 އޯގަސްޓް 2025 ގައެވެ. ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވައި، މަޖިލީހުން މި ބިލު ބަލައިގަނެފައިވަނީ 27 އޯގަސްޓް 2025 ގައެވެ. ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް ނެގި ވޯޓުގައި މި ބިލު ބަލައިގަތީ ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އާއެކު އެވެ. ބިލާ އެއްކޮޅަށް 49 މެންބަރުން ވޯޓު ދެއްވިއިރު ބިލު ބަލައިނުގަންނަން 12 މެންބަރުން ވޯޓު ދެއްވި އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި
27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!

02 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: މި މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ!
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް