Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ބިލު

މީޑިއާ ކޮންޓްރޯލް ކުރާ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރައީސް މުޢިއްޒަށް ސިޓީ އެއް ފޮނުވައިފި

28 އޯގަސްޓު 2025 | ބުރާސްފަތި 18:21

16 ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން މީޑިއާ ބިލާ ގުޅިގެން ރައީސް މުޢިއްޒަށް ވަނީ ސިޓީއެއް ފޮނުވާފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 އޯގަސްޓު 2025 | ބުރާސްފަތި 18:21
ސަރުކާރުން މީޑިއާ ތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އަނަނާތީ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް ރައީސް މުއިއްޒަށް ސިޓީއެއް ފޮނުވުން: މީޑިއާ ބިލް އަނބުރާ ގެންދިއުމަށް ވަނީ ގޮވާލާފަ

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ އަދި ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާވާނެ ބިލެއް ކަމަށް ބުނެ، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.

މި ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް 16 ޖަމްޢިއްޔާ އެއް އެކުވެގެން ސޮއިކޮށް ރައީސް މުއިއްޒަށް ފޮނުވި މި ސިޓީގައި، މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މި ބިލަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑު ނުރައްކަލެއް ކަމުގައި ފާހަގަކޮށް، ވަގުތުން ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައިވެ އެވެ.

Advertisement - newsAdvertisement

ސިޓީގައި ބުނެފައިވާ ގޮތުގައި، މި ބިލު ފާސްވެއްޖެނަމަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މީޑިއާ ދާއިރާގެ މައްޗަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މީޑިއާ އައުޓްލެޓްތައް ހުއްޓުވުމާއި، ނޫސްތަކުގެ ވެބްސައިޓްތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ލިބިގެން ދިއުން ހިމެނެ އެވެ.

މީގެ އިތުރުން ބިލުގައި ހިމެނޭ ޖޫރިމަނާތަކުގެ ތެރޭގައި އަމިއްލަ ނޫސްވެރިންނަށް 5,000 އިން 25,000 ރުފިޔާއާ ހަމައަށް، އަދި މީޑިއާ އައުޓްލެޓްތަކަށް 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާކަން މި ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ސިޓީގައި ސޮއިކޮށްފައިވާ ޖަމްޢިއްޔާތަކުގެ ތެރޭގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖަރނަލިސްޓްސް (އައިއެފްޖޭ)، ކޮމިޓީ ޓު ޕްރޮޓެކްޓް ޖަރނަލިސްޓްސް (ސީޕީޖޭ)، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އަދި މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ހިމެނެ އެވެ.

ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ރައީސް މުއިއްޒަށް ފޮނުވި މި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބިލު އެކުލަވާލުމުގައި ނޫސްވެރިންނާއި، މީޑިއާ އައުޓްލެޓްތަކާއެކު އެކަށީގެންވާ މަޝްވަރާއެއް ކުރެވިފައި ނުވެއެވެ. އަދި މިފަދަ ބިލެއް ތައްޔާރުކުރުމުގައި މީޑިއާ ދާއިރާގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މި ސަރުކާރުން ހުށަހަޅާފައިވާ މީޑިއާތަށް ކޮންޓްރޯލް ކުރާ މި ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާ ޚިލާފު ބިލެއް ކަމަށް ވެސް މި ސިޓީގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް