Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކޮންޓްރޯލް ކުރާ ބިލު

މިހާރު ހުށަހަޅާފައި އޮތް ބިލަކީ ރަނގަޅު ބިލެއް، އަދި އިތުރު އިސްލާހުތަކާއި އެކު މިހާރަށް ވުރެވެސް ފުރިހަމަ ކުރެވޭނެ: އޭޖީ އުޝާމް

28 އޯގަސްޓު 2025 | ބުރާސްފަތި 12:48

މީޑިއާ ރެގިއުލޭޓަރީ ކޮމިޝަންގެ ބިލަކީ ރަނގަޅު ބިލެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 28 އޯގަސްޓު 2025 | ބުރާސްފަތި 12:48
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އުޝާމް ވަނީ މިހާރު މަޖިލީހަށް ލާފައި އޮތް މީޑިއާ ތަޅުއަޅުވާ ބިލަށް ހިއްވަރުދެއްވައި ވާހަކަދައްކަވާފަ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: އުޝާމް ވަނީ މިހާރު މަޖިލީހަށް ލާފައި އޮތް މީޑިއާ ތަޅުއަޅުވާ ބިލަށް ހިއްވަރުދެއްވައި ވާހަކަދައްކަވާފަ

މީޑިއާތަކާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅޭ ގޮތަށް ފަރުމާކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޓަރީ ކޮމިޝަންގެ ބިލަކީ ރަނގަޅު ބިލެއް ކަމަށާއި އެބިލަށް އިތުރު އިސްލާހުތަކެއް ގެނެސްގެން މިހާރަށް ވުރެވެސް ފުރިހަމަ ކުރެވިދާނޭ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައީސް މުހައްމަދު މުއިއްޒުއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާ ބިލު އިސްލާހުކުރުމުގެ ބަދަލުގައި އެ ބިލު ބޭރުކޮށްލަން ބޭނުންވާ ކަމަށް ނޫސްވެރިން ކުރި ޑިމާންޑާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭ އެމްވީ ގެ ނޫސްވެރިޔާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވަނީ ދެ ސުވާލެއް އޭޖީ އުޝާމް އަށް އަމާޒު ކުރައްވާފަ އެވެ.

ހުޝާމް ފާހަގަކުރައްވައިފި ބަހުސެއްގެ ތެރެއިން މިކަން ކުރައްވަން ބޭނުންނުވާ ވާހަކަ. ބަހުސެއްގެ ތެރެއިން މި ބިލް ބަލައިގަތީ ވެސް ނޫސްވެރިން ތިއްބާ ދެއްތޯ..؟ ދެން ހުޝާމް ފާހަގަކުރެއްވި ބައެއް ކަންކަމަށް އަޅުގަނޑު ޖެހިލާނަން. ވިދާޅުވެއްޖެ ޓްވިސްޓް ކުރެއްވިޔޭ، މީޓިންގ ގަ ފާހަގަކުރެއްވި، ކުރިން ހަމަ މިފަދަ ބިލެއް، މިހާރު މި ބިލް ހުށަހަޅުއްވައިގެން އުޅޭ މެމްބަރު ހުށަހެޅުއްވި އެ ބިލް ގެންދެވީ މަނިކުފާނުގެ ލަފާގެ މަތިން ކަމަށް. ރަނގަޅުތޯ..؟ މިތާގަ އެބަތިއްބެވި، އެ ބައިވެރި ވުމުގައި ބައިވެރިވި ބޭފުޅުން. ހަމަ އެއަށް ވުރެ ހަރުކަށި ބިލެއް ހުށަހެޅީމަ ތި ވިދާޅުވެލެއްވީ އަންޑަރސްޓޭންޑް އެއް ވެވަޑައިނުގަންނަވައޭ ކީއްވެގެން ކަމެއް ނޫސްވެރިން މި ބިލާއި މެދު ކަންބޮޑުވެވަޑައިގަންނަވަނީ. 2022 ވަނަ އަހަރު އެމްއެމްސީ އިން ހުށަހަޅުއްވާފައި އޮތް ބިލުގެ މުޅި ތަފްސީލުތައް ތި ދެއްވީ، އެ އަހަރު ހުށަހުއްވާފައިވާ ޑްރާފްޓެއްގެ ވާހަކަ ތި ދެއްކެވީ.
ރާއްޖެ އެމްވީ ގެ ނޫސްވެރިޔާ ނަޒާހަތް ގެ ސުވާލު

ނަޒާހަތުގެ މި ސުވާލުތަކަށް އުޝާމް ޖަވާބު ދެއްވަމުން ވިދާޅުވީ އޭރު އޮތް ބިލާއި މެދު ލަފަޔަކަށް އެދުނު ކަމަށާއި އެގޮތުން އެ ބިލު އަނބުރާ ލާން ލަފާ ދެއްވިކަމަށެވެ.

އަދި އޭރު ހުށަހެޅުއްވި ބިލަށް ވުރެ މިހާރު ހުށަހަޅާފައި އޮތް ބިލު ހަރުކަށިވެފައި އެ ބިލު އިތުރަށް ގޯސްކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި މިހާރު އޮތް ބިލަކީ ކުރިން ހުށަހެޅި ބިލަށް ވުރެ ގިނަ ކަންކަން ރަނގަޅުކޮށް ހުށަހަޅާފައި އޮތް ބިލެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލަކީ ރަނގަޅު ބިލެއް ކަމަށާއި އަދި އިތުރު އިސްލާހުތަކެއް އެ ބިލަށް ގެނެވިގެން މިހާރަށް ވުރެވެސް އެ ބިލު ފުރިހަމަ ކުރެވިދާނެ ކަމަށް ގަބާލުކުރައްވާ ކަމަށެވެ.

އެކަމާއި ގުޅޭގޮތުން އަޅުގަނޑުގެ ލަފަޔަކަށް އެދުނީމަ އަޅުގަނޑު ދެންނެވީމޭ އަޅުގަނޑަން ފެނޭ އެ ބިލް އަނބުރާ ލާން. އެއީ އަޅުގަނޑު ދެންނެވި ވާހަކަ އަކީ. މިހާރު ވިދާޅުވަމުން ގެންދަވަނީ ކުރިން ހުށަހެޅި ބިލަށް ވުރެ މިހާރު ހުށަހަޅާފައި އޮތް ބިލު ހަރުކަށިވެ، އެ ބިލު އިތުރަށް ގޯހޭ، އަޅުގަނޑު ގަބޫލުކުރަނީ އެގޮތަކަށް ނޫން. އަޅުގަނޑު ގަބޫލުކުރަނީ މިހާރު ހުށަހަޅާފައި އޮތް ބިލަކީ އޭރު ހުށަހަޅާފައި އޮތް ބިލަށްވުރެ ބައެއް ކަންކަން ރަނގަޅު ބިލެކޭ. އަދި މި ބިލަށް އިތުރު އިސްލާހުތަކެއް ގެނެސްގެން މިހާރަށް ވުރެ ވެސް ފުރިހަމަވާނެ ކަމަށް ގަބޫލު ކުރަނީ
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

މިހާރު އޮތް ބިލަކީ އެއްވެސް ވަރަކަށް ބަންޑާރަ ނައިބާއި އެކު މަޝްވަރާކުރެވިގެން ފަރުމާކުރެ ވުނު ބިލެއްތޯ ކުރި ސުވާލުގައި ވެސް އުޝާމް މަސައްކަތް ކުރެއްވީ ނޫސްވެރިންނަށް އޮޅުވާލެއްވުމަށެވެ. އެގޮތުން އުޝާމް ވިދާޅުވީ އެ ބިލާއި ގުޅިގެން މީގެ ދެތިން ދުވަސް ކުރިން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން މަޖިލީހުގެ ބައިނު ރައީސް ނާޒިމް އާއި ވެސް ބައްދަލުކުރެއްވި ކަމަށެވެ.

އަދި އެ ބައްދަލުކުރެއްވުމުގެ ތެރެއިން އެމްޖޭއޭ އަށް މި ބިލާއި މެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހުށަހެޅުމަށް އެދުނުކަމަށާއި އެހެން ނަމަވެސް އަދި ވެސް އެމްޖޭއިން އެކަމަށް އިޖާބަ ދީފައި ނުވާކަން އުޝާމް ފާހަގަ ކުރެއްވި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، އުޝާމް ވަނީ ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަަމަށް ވިދާޅުވުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް