Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމައިގެ މުހިންމު ޕްލޭނެއް އެކުލަވާލުމަށް، ޓްރަމްޕްގެ ބައްދަލުވުމެއް

ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުގައި ވިކްޓޮފް ވިދާޅުވީ، ރައީސް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން ބޭއްވޭ އެ ބައްދަލުވުމަކީ ވަރަށް ތަފްސީލީ އަދި މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް އެކުލަވާލެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެހެން ނަމަވެސް، އެކަމާ ގުޅުން ހުރި އިތުރު ތަފްސީލެއް އޭނާ ދެއްވާފައި ނުވެ އެވެ.

ގާޒާގެ ހަނގުރާމައަށްފަހުގެ ޕްލޭން އެކުލަވާލުމަށް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން މުހިންމު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އޯގަސްޓު 2025 | ބުދަ 07:54
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ މުހިންމު ޕްލޭނެއް އެކުލަވާލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުހިންމު ބައްދަލުވުމެއް ބާއްވަން ހަމަޖެހިއްޖެ އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވެފައިވާ ގޮތުގައި، ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން މުހިންމު ޕްލޭނެއް އެކުލަވާލެއްވުމަށް ބުދަ ދުވަހު ޓްރަމްޕް ބައްދަލުވުމެއް ބާއްވާނެ އެވެ.

ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުގައި ވިކްޓޮފް ވިދާޅުވީ، ރައީސް ޓްރަމްޕްގެ އިސްނެންގެވުމުގެ މަތިން ބޭއްވޭ އެ ބައްދަލުވުމަކީ ވަރަށް ތަފްސީލީ އަދި މުހިންމު ކަންތައްތަކެއް ހިމެނޭ ޕްލޭނެއް އެކުލަވާލެއްވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އެހެން ނަމަވެސް، އެކަމާ ގުޅުން ހުރި އިތުރު ތަފްސީލެއް އޭނާ ދެއްވާފައި ނުވެ އެވެ.

ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެނައުމަށް ޓްރަމްޕް އަންނަނީ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވެސް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ. މިހާތަނަށް އައިއިރު ވެސް، ޓްރަމްޕްގެ ފަރާތުން އެކަމުގައި ގިނަ މަސައްކަތްތަކެއް ފެނިފައިވާ ކަމަަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވަނީ، ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެންނަން ޖެހޭ ކަމަށާއި، އެ ހަނގުރާމަ ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ވެރިކަަމަށް ވަޑައިގެން، މިއަހަރުގެ ފުރަަތަމަ ކޮޅު ޓްރަމްޕް ވަނީ ޣައްޒާގެ ދެ މިލިއަން ރައްޔިތުން އެހެން ތަނަކަށް ބަދަލު ކުރުމަށް ގޮވާލައްވައިފަ އެވެ.

އަދި އެއަށް ފަހު އެ ސަރަހައްދު އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، ކަނޑުގެ އައްސޭރި ފަށުގައި ރިއަލްސްޓޭޓް ތަރައްޤީ ކުރުމުގެ ޚިޔާލެއް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، ޓްރަމްޕްގެ އެ ހުށަހެޅުއްވުމާ ދެކޮޅަށް ގިނަ ޤައުމު ތަކަކުން ވާހަކަ ދައްކައި، އެކަމަށް އިންކާރު ކުރުމުން ޓްރަމްޕް ވަނީ ފަހުން އެ ވާހަކަތައް ދެއްކެވުން ހުއްޓާލައްވައިފަ އެވެ.

އެކަން އެހެން އޮތް ނަމަވެސް، މިފަހަރު އެމެރިކާގެ ރައީސް ޓްރަމްޕް އެކުލަވާލައްވައި ޕްލޭނަކީ ވަރަށް ބޭނުންތެރި، އަަދި ފުރިހަމަ ޕްލޭނަކަށް ވާނެ ކަމަށް ވެސް ވިކްޓޮފް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅުން ހުރި އިތުރު ތަފްސީލުތައް ކުރިއަށް ހުރި ވަގުތު ތަކުގައި ހާމަ ކުރަައްވަމުން ގެންދަވާނެ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާ އިން 62،819 މީހަކު ޝަހީދުވެފައި ކަމަށް، އދ ގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކަށް ވަނީ މި ހަނގުރާމައިގެ ސަބަބުން އަނިޔާވެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި، އަދި އެހެނިހެން ގޮތް ގޮތުން ވެސް އިސްރާއީލް އަށް އެންމެ ބޮޑަށް ވާގިވެރިވަމުން އަންނަ އެއް ޤައުމަކީ އެމެރިކާ އެވެ. އެމެރިކާގެ ރިޔާސީ ދެ ވަނަ ދަައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން ވެސް ވަނީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ގިނަ މަޝްވަރާތަކެއް ކުރައްވައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި

05 ސެޕްޓެމްބަރު 2017
ޣައްޒާގެ މިލިއަނެއްހާ ކުދިން ތިބީ ދިރިނޫޅެވޭ ހާލަތެއްގައި ކަމަށް ސޭވް ދަ ޗިލްޑްރަންސްއިން ބުނެފި
04 ސެޕްޓެމްބަރު 2017

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި
18 އޯގަސްޓު 2017

ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް

18 އޯގަސްޓު 2017
ޔަމަނުގެ ހަނގުރާމައިގެ ޝިކާރައަކަށްވި ގިނަ ކުޑަ ކުދިންނަށް އެ ހާލަތު ދިމާވީ ސަައުދީ ކޯލިޝަނުގެ ސަބަބުން: ގުޓަރޭސް
26 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި

26 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި
19 ޖުލައި 2017

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ

19 ޖުލައި 2017
ދެވަނަ ބޮޑުހަނގުރާމައިގެ  ދުވަސްވަރު ގެއްލުނު ދެމަފިރިއަކު ގަނޑުވެފައި ތިއްބައި ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު