Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޭންގު ކުށްތައް ހުއްޓުވާ ބިލު، ފުލުހުން

ގޭންގުތަކުން ނުހައްގުން ހޯދާފައިވާ މުދާ، ދައުލަތަށް ނެގުމުގެ މަސައްކަތް ފަށައިފިން: ފުލުހުން

26 އޯގަސްޓު 2025 | އަންގާރަ 14:22

އައު ގާނޫނުގެ ދަށުން ފުލުހުންނަށް ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ލިބިގެންދޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 26 އޯގަސްޓު 2025 | އަންގާރަ 14:22
މުޒާހަރާއެއް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ

މުޒާހަރާއެއް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާއެކު، ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބަލައި، ކުށްކޮށްގެން ހޯދާފައި ހުރި މުދާތައް ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ ހިދުމަތުން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އައު ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދެނީ ނުހައްގު މުއްސަނދިކަން ހުއްޓުވައި، އެފަދަ މުދާ ދައުލަތަށް ނެގުމަށެވެ.

Advertisement - newsAdvertisement

ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ އިތުރު ބާރުތަކުގެ ތެރޭގައި، ހައި ކޯޓު މެދުވެރިކޮށް ގޭންގުތަކުގެ މެންބަރުން މޮނިޓަރ ކުރުމުގެ އަމުރުތައް ހޯދުމާއި، ގޭންގުތަކުގެ ހަރަކާތްތަކުގައި ކުޑަކުދިންގެ ބައިވެރިވުން ހުއްޓުވުމަށް އަމުރުތައް ނެރުން ހިމެނެ އެވެ. މީގެ އިތުރުން، ގޭންގުތައް އެއްވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރުކޮށް، އެ ފަރާތްތަކުން ބޭނުންކުރާ ތަންތަން ބަލައި ފާސްކުރުމަށްވެސް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އައު ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ މުހިންމު ބާރުތަކުގެ ތެރޭގައި، ކޯޓު އަމުރަކާ ނުލައި މީހުން ބަލައި ފާސްކުރުމާއި ހައްޔަރުކުރުމުގެ އިތުރުން، އަމިއްލަ ތަނަކުން މީހަކު ހައްޔަރުކުރުމަށްފަހު އެ ތަނެއް ބަލައި ފާސްކުރުމުގެ ބާރު ހިމެނެއެވެ. އަދި އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު ބަލައި ފާސްކުރުމާއި، އުޅަނދުގައިވާ މީހުންގެ ސާމްޕަލް ނެގުމުގެ ބާރުވެސް ލިބިދެ އެވެ.

ގާނޫނުގައި ފާހަގަކޮށްލެވޭ އެހެން ކަންތައްތަކުގެ ތެރޭގައި، ގޭންގު ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ނުވިނަމަވެސް އެމީހުންގެ މުދާ ދައުލަތަށް ނެގުމުގެ ބާރު ހިމެނެއެވެ. އަދި މިފަދަ ކުށެއްގައި ހައްޔަރުކުރެވޭ މީހަކަށް 48 ގަޑިއިރުގެ މުއްދަތަށް ގާނޫނީ ވަކީލަކާ ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުމުގެ ބާރުވެސް ގާނޫނުން ލިބިދެ އެވެ.

މި ގާނޫނު މެއި 25 ގައި ތަސްދީގުކުރެއްވުމަށްފަހު ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، މި ގާނޫނާއެކު ގޭންގު ކުށްތައް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅުއްވި މި ބިލު، ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، ގެނައި އިސްލާހުތަކާއެކު މެއި 15 ގައި މަޖިލީހުން ފާސްކޮށްފައިވަނީ 55 މެންބަރުންގެ ވޯޓުންނެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

އެއްކަލަ ސައީދު، އަނެއްކާ އަނެއް މޮޅުވާހަކަ

އިތުރަށް ކިޔާލަން

04 މެއި 2017

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި

04 މެއި 2017
ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި
12 އެޕްރީލު 2017

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން
31 މާރިޗު 2017

ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް

31 މާރިޗު 2017
ދައުލަތަށް އެންމެ ގިނަ ފައިސާ ވައްދާ ބަޔަކަށް ހދ އަތޮޅު ރައްޔިތުން ވާނެ، އެކަމަކު ބޮޑު އެންމެ ޕްރޮޖެކްޓެއް ނުހިނގާ: ނާޒިމް
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
11 މާރިޗު 2017

ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ

11 މާރިޗު 2017
ޝަރީޢަތަށް ހުށަހަޅައިގެން ދައުލަތަށް 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ : އޭސީސީ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް