Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެޓީވީ- ބްރޯޑްކޮމް

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ދައުލަތަށް ފަސް ދުވަސް ދީފި

ދެ ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 މެއި 2017 | ބުރާސްފަތި 15:57
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުން

ރާއްޖެޓީވީގެ ޚަބަރެއްގައި އަބުރާ ބެހިފައިވާ ކަމަށް ބުނެ ދެލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި މައްސަލައިގެ އިސްތިއުނާފަށް ތައްޔާރުވުމަށް ސިވިލް ކޯޓުން ދައުލަތަށް ފަސް ދުވަހުގެ ފުރުސަތެއް ދީފި އެވެ.

ދެލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައި މިވަނީ ގާނޫނުގައި ބުނެފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުގައެވެ. އެގޮތުން އެ މައްސަލަ ރާއްޖެޓީވީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ މައްސަލަ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގަ އެވެ. އެ މަރުހަލާގައި އޮންނާނީ ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުވެ. މައްސަލަ ޝަރީއަތަށް ފޮނުވާނީ ޑިސްޕިއުޓް ރެޒޮލިއުޝަނުން ހައްލެއް ނުލިބިއްޖެ ނަމައެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ. ރާއްޖެޓީވީގެ ފަރާތުން ސިވިލް ކޯޓަށް ވަޑައިގެންނެވީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ. މި މައްސަލައިގައި ބްރޯޑްކާސްޓިން ކޮމިޝަން ތަމްސީލު ކުރައްވަނީ ބަންޑާރަނައިބުގެ އޮފީހުންނެވެ.

ޝަމީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި މައްސަލަައިގެ ލިޔެކިޔުންތައް ދައުލަތާއި ހަވާލުކޮށްފައިވާ ކަމަށާއި އަދި ބްރޯޑްކާސްޓިން ކޮމިޝަނާއެކު މަޝްވަރާކޮށް މައްސަލައަށް ތައްޔާރުވުމަށް ދައުލަތުގެ ވަކީލުންނަށް ފަސް ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލަ ތަހުގީގު ކޮށްފައިވަނީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި ކަނޑައަޅާފައި ހުރި އުސޫލުތަކާއި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައި ހުރި އުސޫލުތަކާއި ޚިލާފަށް ކަމަށާއި ރާއްޖެޓީވީން މި މައްސަަލައިގައި އެ ނުކުތާ ފާހަގަކުރާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ރާއްޖެޓީވީ ޖޫރިމަނާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ އަަދުލުއިންސާފުގެ މައިގަނޑު އަސާސީ ހަމަތަކާއި ޚިލާފަށް ކަމަށްވާތީ، ބްރޯޑްކާސްޓިން ކޮމިޝަނުގެ އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި، އެ ފައިސާ އަނބުރާ ހޯދުމަށް އެދި ކަމަށެވެ.

ޝަމީމް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ތުހުމަތުކުރެވޭ މައްސަލައާ ގުޅޭ ސުވާލެއް ކޮށްފައިނުވާއިރު، ތުހުމަތު ކުރެވޭ މާއްދާއެއް ވެސް ރާއްޖެޓީވީއަށް ކިޔައިދީފައިނުވާ ކަމަށެވެެ. އަދި މައްސަލައަށް ޖަވާބުދާރީވާން ރާއްޖެޓީވީއަށް ފުރުސަތު ދީފައިނުވާކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

"އާދައިގެ ބަހުން ބުނާނަމަ ހޭ ވެސް އަހާނުލައި މައްސަލަ ކުރިއަށް ގެންގޮސް ނިންމާލާފައި އޮތީ، އެއީ ހަމަޖެހޭ އުސޫލެއް ނޫން، އެއީ ގާނޫނީ ގޮތުން އެކަހަލަ ކަންތައް ކުރަން އޮންނަ އުސޫލެއް ވެސް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އާއި ސްޓޭޝަންގެ ކުރީގެ ނޫސްވެރިއަކު ޖޫރިމަނާކޮށްފައި ވަނީ ނޮވެމްބަރ 19، 2016 ގައި ރާއްޖެޓީވީގެ ތިން ޚަބަރު ގަޑިއެއްގައި ގެނެސްދީފައިވާ ރޭޕްގެ މައްސަލައަކާ ގުޅޭ ޚަބަރެއްގައި، މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާއާ ހަވާލާދީ މީހެއްގެ ނަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ. މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާއާ ޚިލާފަށް ލިޔެފައިވާ ޚަބަރެއް ކަމަށާއި، ޚަބަރުގެ ސަބަބުން ނަން ހާމަވި މީހާގެ އަބުރުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް ނިންމާފައިވާ ކަމަށް ވެސް އެކޮމިޝަނުގެ ރިޕޯޓްގައި ވެއެވެ.

އެހެންކަމުން، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާ ކުރުމާއި ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިޢާޔަތްކޮށް މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ އެކެއްގެ ދަށުން ރާއްޖެ ޓީވީ 200،000ރ. އިން ޖޫރިމަނާކޮށް، މި ޚަބަރު ތައްޔާރު ކުރި، ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ، އާލާ އިބްރާހިމް މި އުސޫލުގެ 10 ވަނަ މާއްދާގެ (ށ) ގެ އެކެއްގެ ދަށުން 50،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް ފައިސާ ދެއްކުމަށް ދިން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާތީ ޖީނާއީ މައްސަލައެއްގެ ގޮތުގައި އާލާގެ މައްސަލަ ކޯޓަށް ފޮނުވުމަށް ތަހްގީގު ހިންގުމަށް ފުލުހުންނަށް ހުށަހަޅާފައ ވަނިކޮށް އާލާގެ މައްސަލަ ބެލުމުގައި އޭނާގެ ބަހެއް ހޯދާފައި ނުވާތީ އެއީ މައްސަލަ ރައްދުވާ ފަރާތަށް ފުރުސަތު ނުދީ ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރާ ކަމަށް ބްރޯޑްކޮމް އިން ފަހުން ވަނީ ބުނެފައެވެ. އެހެން ކަމުން އާލާގެ މައްސަލަ ރިވިއުކުރަމުން ގެންދާ ކަމަށް ބުނެ ރާއްޖެ ޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފް މިދިޔަ ހަފްތާގައި ވަނީ ބްރޮޑްކޮމް އަށް ހާޒިރުކޮށްފައެވެ.

އަބުރުގެ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީއާއި ކުރީގެ ނޫސްވެރިއަކު ޖޫރިމަނާ ކުރިއިރު، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މީޑިއާއެއް، އަދި ނޫސްވެރިއަކު ވެސް ޖޫރިމަނާ ކުރި ފުރަތަމަ ފަހަރެވެ. އެ ފައިސާ ރާއްޖެ ޓީވީން ދެއްކުމާ އެކު ބްރޮޑްކޮމް އިން ބެލި އެހެން މައްސަލައެއްގައި ރާއްޖެ ޓީވީ ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ. ރާއްޖެޓީވީން ވަނީ ބުރާސްފަތި ދުވަހު އެ ފައިސާ ދައްކާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު