Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ. މަކުނުދޫ

2024 ގައި ހުޅުވަން ވައުދުވި މަކުނުދޫ އެއަރޕޯޓު ނުހުޅުވުމުން ރައީސްގެ އައު ވައުދެއް

މަކުނުދޫ އެއަރޕޯޓުގެ ރަންވޭ 1500 މީޓަރުގެ ބަދަލުގައި 1800 މީޓަރަށް ބަދަލުކުރަން ނިންމާފައިވޭ

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 26 އޯގަސްޓު 2025 | އަންގާރަ 10:01
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހދ. މަކުނުދޫ ގައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހދ. މަކުނުދޫ ގައި ވާހަކަފުޅު ދައްކަވަނީ

2024 ގައި ތަރައްގީކޮށް ނިންމައި ހުޅުވަން ވައުދުވި މަކުނުދޫ އެއަރޕޯޓު ނުހުޅުވުމުން ރައީސުލް ޖުމްހޫރިއްޔާގެ އައު ވައުދުފުޅަކާއެކު މަކުނުދޫ އަށް ވަޑައިގެންފި އެވެ.

ހދ. މަކުނުދޫ އެއާޕޯޓު ތަރައްގީކޮށް ނިންމައި ހުޅުވުމުގެ މަސައްކަތް ކުރައްވަމުން ދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ އަހަރު ފެބުރުއަރީ 26 ވަނަ ދުވަހު އެވެ. އެދުވަހު ރައީސް ވިދާޅުވީ ހދ. މަކުނުދޫ، އިފާސާ އަހްމަދު ކުރި ސުވާލަކަށް "ރައީސްގެ ޖަވާބު" ޕްރޮގްރާމް ތެރެއިން ޖަވާބު ދެއްވަމުންނެެވެ. އިފާސާގެ ސުވާލަކަށްވީ އެކަހެރިކޮށް އޮތް މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ނިމި ދަތުުރުފަތުރުގެ ދަތިތަކަށް ހައްލެއް ލިބޭނީ ކޮން އިރަކުތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތައް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި އެ މަސައްކަތް ބައްޓަން ކުރާނީ ރަށުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން 15،00 މީޓަރަށް ހަދަން ހަމަޖެހިފައި އޮތް ރަންވޭ މިހާރު 18،00 މީޓަރަށް ދިގުކުރުމަށް ހަމަޖައްސާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެ ވީޑިއޯގައި ރައީސް ވިދާޅުވީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި، އެ އަހަރުގެ ތެރޭގައި އެ އެއާޕޯޓު ހުޅުވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

އިރާދަކުރެއްވިޔާ މި އަހަރު ނިމެން ވާއިރަށް އަޅުގަނޑު މި ބަލަނީ އެއާޕޯޓު ހުޅުވޭތޯ، އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަހަރު އޭގެ ފަސޭހަކަން ލިބެން ފަށާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އޭގެ ފަހުން މި އަހަރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހު މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައިސް ވިދާޅުވީ މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް ވަކިން އޮންނަ ރަށެއް ކަމަށާއި ދަތުރު ފަތުރު ކުރުމުގައި ވެސް އެންމެ އުނދަގޫ އެއް ހިސާބު ކަމަށެވެ. އެހެން ކަމުން ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުން ބަލާއިރު މަކުނުދޫގައި އެއަރޕޯޓެއް ގާއިމް ކުރުމަކީ ޒަރޫރި ކަމެއް ކަމަށް ރައިސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ލިބޭ ކުރިއެރުމުގެ ސަބަބުން މަކުނުދޫގައި އިގްތިސޯދީ ތަރައްގި އެހެން ހަރުފަތަކަށް ގެންދިއުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ވަސީލަތަކަށްވެ ވަރަށް މުހިންމު ދޮރާއްޓަކަށް އެ އެއަރޕޯޓު ވެގެން ދާނެ ކަމަށެވެ.

އާދެ އަޅުގަނޑުމެން ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފަ އޮތް އިރުގަ އަޅުގަނޑު ވައުދު ވެފަ އޮތް ގޮތައް އިރާދަކުރެއްވިއްޔާ ދެންމެގަ އެމްޓިސީއަށް މި ހަވާލުކުރި މަޝްރޫއުގެ ތެރެއިން ކުރިއަށް ދާނެ ކަންކަމަކީ 1800 މީޓަރަށް ރަންވޭ އޮންނަ ވަރަށް ބިން ހިއްކުމާ އަދި މިރަށުގެ ބޭނުންތަކަށް ގެދޮރު އެޅުމާއި އެހެން ބޭނުންތަކަށް ރަށައް ބޭނުންވާނެ ބިން އިތުރު ކުރުމާ އެކީގަ އަދި އެއަރޕޯޓުގެ ހުރިހާ އިންފްރާސްޓްރަކްޗަރ އެއް ގާއިމްކޮށް ނިމުމާއެކީގަ ކުރިއަށްދާނީ
ރައީސް ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ރަށުގެ ބޭނުމަށް 22 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަށާއި އަދި އެއަރޕޯޓުގެ ހުރިހާ ކަމެއް ފުރިހަމަ ވާނެ ކަމަށެވެ. އަދި އެއަރޕޯޓު އޮޕަރޭޓު ކުރަން ހަވާލުވަނީ އެމްއޭސީއެލް ކަމަށާއި މިހާރުން ފެށިގެން އެމްޓިސީސީ އާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާއާ އެކީގައި ވަރަށް ގާތުން މަސައްކަތްތައް ކުރަން ފަށާނަން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވަނީ މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް އެންމެ އިސްކަމެއްދީގެން ވަރަށް ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމުގެ ޔަގިންކަން މަކުނުދޫ ރައްޔިތުންނަށް ދެއްވާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު