Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރުމަށް ފަހު، ޕުޓިންއާ ވާހަކަ ދެއްކިން: ޓްރަމްޕް

26 އޯގަސްޓު 2025 | އަންގާރަ 05:49

އެންމެ ފަހުން ޕުޓިން އާއެކު ކުރެވުނު މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއެކު ކުރެވޭ ކޮންމެ މަޝްވަރާ އަކީ ވެސް ރަނގަޅު މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ހިތާމަ އަކީ، ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާތައް ދީ، ބޮން އަޅަމުން އަންނަ އައުކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަމާ އޭނާ ވަރަށް ރުޅި އަންނަ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަދި ޔޫރަޕިއަން ލީޑަރުންނާއެކު ބައްދަލުވުމަށްފަހު ޕިއުޓިންއާ ވާހަކަދެއްކިއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2025 | އަންގާރަ 05:49
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ރަޝިޔާ އާއި ޔުކްރެއިންއާ ދެެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ މައްސަަލައިގައި ޔޫރަޕުގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ވާހަކަ ދައްކާފައިވާ ކަަމށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެންމެ ފުރަތަމަ ވަނީ އެލަސްކާގައި ޕުޓިން އާއެކު ވަކި ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ހަނގުރާމަ ނިންމުމަށް އެއްބަސްވެވޭނެ ކަމަށް ބެލެވުނު ނަމަވެސް، ބައްދަލުވުން ނިމުނީ އެ ފަދަ އެއްވެސް އެއްބަސްވުމެއް ޤާއިމު ނުކުރެވި އެވެ.

އޭގެ ފަހުން ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ ވަނީ އެމެރިކާ އަށް ވަޑައިގެން، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ފްރާންސްގެ ރައީސް މެކްރޮންގެ އިތުރުން، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ޖަރުމަނުގެ ޗާންސެލަރ ފްރީދްރިޝް މެޔަަޓްޒް، އިޓަލީގެ ބޮޑު ވަޒީރު ޖޯޖިއާ މެލޯނީ، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ޑި ލެޔެން އަދި ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް މާކް ރުޓޭ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ދުވަހު، މަޝްވަރާތަކުގެ ވަކި ހިސާބަކުން ޓްރަމްޕް ވަނީ ޕުޓިން އަށް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވައިފަ އެވެ. ޔޫރަޕުގެ ލީޑަރުންނާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ޕުޓިންއާ ވާހަކަ ދައްކާފައިވޭތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންް ޓްރަމްޕް ވިދާޅުވީ، ޕުޓިންއާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފަހުން ޕުޓިން އާއެކު ކުރެވުނު މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއެކު ކުރެވޭ ކޮންމެ މަޝްވަރާ އަކީ ވެސް ރަނގަޅު މަޝްވަރާތަކެއް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ހިތާމަ އަކީ، ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާތައް ދީ، ބޮން އަޅަމުން އަންނަ އައުކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަމާ އޭނާ ވަރަށް ރުޅި އަންނަ ކަމަށެވެ.

ޕުޓިން އާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ހިމެނޭހެން، ތިން ރައީސުންގެ ބައްދަލުވުމަކަށް ޕުޓިން އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާ އިން ބުނެފައި ވަނީ މިހާތަނަށް އެ ފަދަ ބައްދަލުވުމަކަށް އެއްބަސްވެފައި ނެތް ކަމަށާއި، އެ ފަދަ ކަމެއްގެ ޕްލޭނެއް ވެސް ނެތް ކަމަށެވެ.

ޒެލެންސްކީއާ އެކު ބައްދަލު ކުރުމަށް ޕުޓިން ޤަބޫލު ނުވާ ސަަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް ޓްރަމްޕްއާ އެ ސުވާލު އަމާޒު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޒެލެންސްކީއާ ބައްދަލު ކުރުމަށް ޕުޓިން ދެކޮޅު ހަދަނީ ޒެލެންސްކީ ދެކެ ނުރުހޭތީ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގައި އަދިވެސް އޭނާ އަށް އުންމީދު އޮތް ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަނގުރާމަ ނިންމާލެވޭނެ ކަމަށް "ހީކުރައްވާ" ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަަކަށް ޓްރަމްޕް ވަޑައިގެންނެވިއިރު، މި ހަނގުރާމަ ނިންމުމުގެ ވާހަކަ އޭނާ ވަރަށް ބޮޑަށް ދެއްކެވި އެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ޓްރަމްޕް ވިދާޅުވެފައި އޮތީ، އެއް ދުވަހުގެ ތެރޭގައި ހަނގުރާމަ އޭނާ އަށް ނިންމޭނެ އެވެ.

ނަމަވެސް މިހާތަަނަށް އައިއިރު، ހަނގުރާމަ ނިންމުމަށް ޓްރަމްޕް ކުރައްވާ މަސައްކަތް ކާމިޔާބުވެފައި ނުވެ އެވެ. މި ފަހުން ޕުޓިންއާ ބައްދަލު ކުރެއްވުމުގެ ކުރިން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ޕުޓިން އަށް ވެސް ފާޑު ވެސް ވިދާޅުވެފަ އެވެ. އަދި ޕުޓިން ދެކެ ނުރުހުންވެފައި ހުންނެވި ކަމަަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން އެލަސްކާގައި ބޭއްވި ބައްދަލުވުމަށް ފަހު ޕުޓިން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޕުޓިން އަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ފަހު ޓްރަމްޕް ގެންދަވަނީ ޕުޓިންއާ އެކު ގާތް ގުޅުމެއް އޮންނަ މޭރުމުން ވާހަކަ ދައްކަވަމުންނެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
22 ފެބުރުއަރީ 2017

ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި

22 ފެބުރުއަރީ 2017
ސެނެޓާ ޖޯން މެކޭން އާއި ސަލްމާން ރަސްގެފާނު ބައްދަލު ކުރައްވައިފި
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް