Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާތީ ދީން ހަތިޔާރަކަށް ހަަދައި މީޑިއާތަކުގައި ތަޅު އަޅުވާ ބިލު މަޖިލީހަށް ހުށަހަޅައިފި

ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 05:00
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން (ވ) - މީޑިއާ ތަޅު އަޅުވާ ބިލަކީ ސަރުކާރުން އެދިގެން ހުށަހަޅާފައިވާ ބިލެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން (ވ) - މީޑިއާ ތަޅު އަޅުވާ ބިލަކީ ސަރުކާރުން އެދިގެން ހުށަހަޅާފައިވާ ބިލެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާތީއާއި ފޮރުވައިގެން ކުރާ ކަންކަން މީޑިއާތަކުން ހާމަކުރަމުންދާތީ ދީން ހަތިޔާރަކަށް ހަަދައި މީޑިއާތަކުގައި ތަޅު އަޅުވާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރުއެވެ. ބިލު ހުށަހަޅުއްވަމުން މީޑިއާތައް ރެގިއުލޭޓްކުރަންޖެހޭނެ ކަމަށާއި، ދޮގު ހެދުމަކީ ދީނުގައި ގޯސްކަމެއް ކަމަށް ވިދާޅުވެ ބިލުގައި އޮތް ކަންބޮޑުވާ އެއްވެސްކަމެއްގެ ވާހަކަ މެންބަރު ނުދައްކަވާ ދީން ހަތިޔާރަކަށް ހައްދަވާ ބިލު ހުށަހެޅުއްވިއެވެ. މި ބިލުގައި ބްރޯޑްކާސްޓަރުންނާއި ރާއްޖޭގައި ނޫސް މަޖައްލާތައް ހިންގުމުގައި އަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެއެވެ.

މި ގާނޫނުގެ ދަށުން އަލަށް އުފައްދާ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އަށް ބޮޑެތި ބާރުތައްކެއް ލިބިދީފައިވާ އިރު، ބިލުގައިވާ ގޮތުން މީޑިއާގައި މަސައްކަތް ކުރާ ފަރާތެއް ނުވަތަ ނޫސްވެރިން ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެއެވެ. ކޮމިޝަނުން ރަނގަޅު ކުރުމަށް އަންގާ ކަމެއް އިސްލާހު ނުކޮށްފިނަމަ 5،000ރ އާއި 25،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ ކަމަށް ބުނެފައިވެއެވެ.

ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން އެޅިދާނެ ކަމަށް ގާނޫނު ގައި ބުނާ ފިޔަވަޅު ތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނަށް ކަމެއް ރަނގަޅު ކުރަން އެންގުމާއި، އިންޒާރު ދިނުމާއި، ކުށުގެ އިސްލާހު އާންމު ކުރުމާއި، ކުށެއް ތަކުރާރު ވިޔަ ނުދިނުމަށް ކަންކަން ކުރަން އެންގުމާއި، ވޭތުވެ ދިޔަ އަހަރު އެފަރާތައް ލިބުނު އާމްދަނީގެ 10 އިން ސައްތަ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމާއި، ޕްރޮގްރާމް ޝެޑިއުލް އިން ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި، ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމަށް އެންގުމާއި، ކޯޓަށް ހުށަހަޅައިގެން ލައިސަންސް ބާތިލު ކުރުން ހިމެނެއެވެ.

މީގެ އިތުރުން ނޫސް މަޖައްލާ އަކުން ސުލޫކީ މިންގަނޑާ ޚިލާފުވާ ނަމަ 5000ރ އާއި 100،000ރ އާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވިދާނެ އެވެ.

ބްރޯޑްކާސްޓަރުންނާއި މީޑީއާ ގައި މަސައްކަތް ކުރާ ފަރާތްތައް އަދި ނޫސްވެރިން މަސައްކަތް ކުރަން ވާނީ "ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ އަސާސް ތައް ކުރިއަރުވުން،" ކަމަށް ސުލޫކީ މިންގަނޑު އެކުލާވާލުމުގެ ހަމަ ތަކުގެ ތެރޭގައި ހިމަނަން ޖެހޭނެ ކަމަށް ބިލުގައި ހިމެނިފައިވެއެވެ.

އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބޭ ގޮތައް، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކަ އެއް އޮންނަ މިނިވަން ޝަޚްސެއް ކަމަށް ބުނެފައިވާ ކޮމިޝަނަށް ލިބިދޭ އެހެން ބާރުތަކުގެ ތެރޭގައި ކޮމިޝަނަށް ހެކިންގެ ގޮތުގައި މީހުން ހާޒިރު ކުރުމުގެ ބާރާއި، ބަލަމުންދާ މައްސަލަ އަކާ ގުޅުން ހުރި ފަރާތްތައް ކޮމިޝަނަށް ހާޒިރު ކުރުމާއި، ބަޔާން ނެގުމާއި، ގުޅުން ހުރި ލިޔުންތައް ހޯދުމާއި، ބެލުމާއި، ބޭނުން ވެއްޖެނަމަ އެ ލިޔުންތައް ކޮމިޝަނަށް ގެނައުމާއި، ލިޔުމުން މައުލޫމާތު ދިނުމަށް އެންގުމާއި، ހެކި ހޯދުން ހިމެނެއެވެ.

ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެންގުން ކޮމިޝަންގެ މައްޗަށް ލާޒިމު ކޮށްފައި ވުމުގެ އިތުރުން ދޮގު ޚަބަރުގެ ޒަރީއާ އިން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަމާއި ނަފްރަތު އުފައްދާ ގައުމުގެ އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ފާހަގަ ކުރެވިއްޖެ ނަމަ އެމީހަކު ނުވަތަ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުމަކީ ވެސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމެއް ކަމަށް ބިލުގައި ވެއެވެ.

މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖްތަމައުގައި ބޭނުން ކުރުމަށް އެކަށީގެން ނުވާ ބަސްތަކާއި އިޝާރާތްތަކާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުމާއި ޝާއިއު ނުކުރުން ވެސް ހިމަނާފައިވެއެވެ.

ހަގީގީ އަދި ޚިޔާލީ ކޮންޓެންޓް ވަކި ކޮށް ދޭން ޖެހޭނެ ކަމަށާއި މީހެއްގެ އަމިއްލަ މައުލޫމާތު ހޯދަން ވާނީ މުޖްތަމައުގެ މަސްލަހަތެއް އެކަމުގައި ހިމެނޭ ކަމަކަށް ވާނަމަ ކަމަށް ބުނެފައި ވެއެވެ. އަދި މައުލޫމާތު ހޯދުމާއި ލިބިގަތުމުގައި އަދި ބޭނުން ކުރުމުގައި އެފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާ އަށް ނުހައްގުން ވަދެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެފަރާތުގެ އަމިއްލަ އަބުރަށާއި ގަދަރަށް އަބަދުމެ އިހުތިރާމް ކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.

ހުށަހަޅާފައިވާ ބިލު ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުންނާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ މަގާމުތައް ނިމުމަކަށް އަންނާނެ ކަމަށް ބުނެފައިވެއެވެ.

އަލަށް އުފެދޭ ކޮމިޝަން ހިންގުމާ ހަވާލު ވަން ދެން ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީ އަކުން ކަމަށާއި އެމީހުން ޑިރެކްޓަރ ޖެނެރަލުންނަށް ވުރެ މަތީ މަގާމުތަކުގެ މީހުންނަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް އުފެދޭ ކޮމިޝަންގައި ތިބޭނީ 7 މެމްބަރުން ކަމަށާއި އެއީ މަޖިލިހުގެ ރުހުން ލިބިގެން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ 3 މެމްބަރުންނާއި މީޑިއާ ތަކުން އިންތިޚާބު ކުރާ 4 މެމްބަރުންނެވެ. މީޑިއާ ތަކުން އިންތިޚާބު ކުރާ މެމްބަރުންގެ އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކަމަށް ބުނެފައިވެއެވެ. އިންތިޚާބުގައި ވޯޓު ލެވޭނީ ރަޖިސްޓަރީ ކޮށްފައިވާތާ 5 އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިން ކަމަށް ބުނެފައިވެއެވެ.

ކޮމިޝަންގެ ނައިބު ރައީސް އިންތިޚާބު ކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ބުނެފައިވާއިރު، ކޮމިޝަންގެ ރައީސް އަކީ ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ފާސް ކުރާ ނަމެކެވެ.

ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެއްވެސް ވަސީލަތެއް މެދުވެރިކޮށް ދިވެހިރާއްޖޭގައި އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއު ކުރަން ވާނީ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރައީސް މުއިއްޒުމީޑިއާ ކޮމިޝަންހަންނާން އަބޫބަކުރުމީޑިއާ ރެގިއުލޭޝަންނޫސްވެރިކަންބްރޯޑްކާސްޓިންގ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު