Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އެމެރިކާ

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

އެމެރިކާ އިން އިރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމްތަކަށް ސަޕޯޓްކުރާ އިރާން، ޗައިނާ، ހޮންކޮންގ، ޔޫއޭއީ، ތުރުކީ އަދި އިންޑިއާ ފަދަ ގައުމުތަކުގެ ތަފާތު ފަރާތްތަކަށް ފިޔަވަޅު އެޅީ ރައީސް ޓްރަމްޕްގެ "މެކްސިމަމް ޕްރެޝަރ" ކެމްޕެއިން ގެ ދަށުން ކަމަށް އެމެރިކާ އިން ބުނޭ.

ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2025 | ބުރާސްފަތި 13:10
ތެހެރާނުގައި ހުންނަ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) އެއަރޮސްޕޭސް ފޯސް މިއުޒިއަމްގައި އީރާނުގެ ޑްރޯންތައް ދައްކާލަނީ - ނޮވެމްބަރު 15، 2024

ތެހެރާނުގައި ހުންނަ އިސްލާމިކް ރިވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރުޖީސީ) އެއަރޮސްޕޭސް ފޯސް މިއުޒިއަމްގައި އީރާނުގެ ޑްރޯންތައް ދައްކާލަނީ - ނޮވެމްބަރު 15، 2024

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމް އަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އަދަބު ދިނުމަށް ކަނޑައެޅި ފަރާތްތައް އިރާން، ޗައިނާ، ހޮންކޮންގ، ޔޫއޭއީ، ތުރުކީ، އިންޑިއާ އަދި އެހެނިހެން ސަރަހައްދުތަކަށް ނިސްބަތްވާ ކަމަށާއި، އެ ފަރާތްތަކުން "އިރާނުގެ ބެލިސްޓިކް މިސައިލް އަދި މީހުން ނުލާ ދަތުރުކުރާ ވައިގެ އުޅަނދު (ޔޫއޭވީ) އުފެއްދުމަށް އެހީތެރިވެދޭ ނެޓްވޯކްތައް ހިންގާ" ކަމަށެވެ.

އަލަށް އެޅި މި ފިޔަވަޅު ތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ތެރޭގައި އިރާނާ ދެކޮޅަށް އިއުލާނު ކުރެއްވި މެކްސިމަމް ޕްރެޝަރ ކެމްޕެއިން ތަންފީޒުކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

އެމެރިކާ އިން ބުނީ އިރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމްތައް "ހުއްޓުވުމަށް އަދި ހުރަސް އެޅުމަށް" "ލިބެން ހުރި ހުރިހާ ވަސީލަތްތައް" ބޭނުން ކުރާނެ ކަމުގައެވެ.

މީގެ އިތުރުން އެމެެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނެފައި ވަނީ ބްލެކް ލިސްޓު ކުރާ ފަރާތްތަކަކީ މެދުއިރުމަތީގައި ދިރިއުޅޭ އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށާއި، ރަތް ކަނޑުގައި ހިންގާ ވިޔަފާރީގެ ދަތުރުތަކަށް ނުރައްކާ ކުރާ ފަރާތްތައް ކަމުގައެވެ.

މި ފިޔަވަޅުތަކާ ބެހޭ ގޮތުން އެމެރިކާގެ ޓްރެޜަރީގެ ޓެރަރިޒަމް އެންޑް ފައިނޭންޝަލް އިންޓެލިޖެންސް ގެ އަންޑަރ ސެކްރެޓަރީ ޖޯން ހާލީ ވިދާޅުވީ "ރައީސް ޓްރަމްޕްގެ އިރުޝާދުގެ މަތިން، އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާ އިން އިރާނަށް މެކްސިމަމް ޕްރެޝަރ ކުރަމުން ގެންދާ،" ކަމަށެވެ.

އެމެރިކާގެ މި ފިޔަވަޅު ތަކަކީ ޣައިރު ގާނޫނީ، އަދި އެ ފިޔަވަޅުތަކަށް އީރާނުން ހޭނިފައިވާ ފިޔަވަޅުތަކެއް ކަމަށް އީރާނުގެ އޮފިޝަލުން ބުނެއެވެ. އަދި މި ފިޔަވަޅުތައް އެޅި ދަނޑިވަޅަކީ އީރާނުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކަށް ފަންޑު ކުރުމަށް ތެލުގެ ވިޔަފާރި އިތުރުކޮށްފައިވާ ދަނޑިވަޅެއް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ. އީރާނުން ބުނެފައި ވަނީ ދުޝްމަނުންގެ ރޭވުން ތައް ނާކާމިޔާބު ކޮށްލުމަށް އެގައުމުގައި އަމިއްލަ އަށް ދިފާއީ ގާބިލުކަން ތަރައްގީ ކުރަމުން ގެންދާނެ ކަމަށެވެ.

ފާއިތުވި ހަފްތާގައި، މަތީ ފަންތީގެ އެނާޖީ އެނަލިޓިކްސް ފާމެއް ކަމަށްވާ ޓޭންކަރ ޓްރެކަރސް ރިޕޯޓްކުރި ގޮތުގައި، އޮކްޓޯބަރު މަހު އިރާނުގެ ތެލުގެ އެކްސްޕޯޓް ދުވާލަކު 2.3 މިލިއަން ފީފާ އަށް އަރައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނުގެ ތެލުގެ އެކްސްޕޯޓު ރެކޯޑް މިންވަރަކަށް ވަނީ މައްޗަށް ގޮސްފައި ކަމަށް ބުނެފައިވެ އެވެ.

އީރާންއީރާން-އެމެރިކާދަތިކުރުމުގެ ފިޔަވަޅުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު