Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. މަގޫދޫ

މަގޫދޫ އެއާޕޯޓުގައި ފްލައިޓު ޖައްސާނެ: ދޮންބިލެތް

މަގޫދޫ ރައްޔިތުންގެ ތަރައްޤީ އަށް އެތައް މަސައްކަތް ތަކެއް ކުރަމުން އަންނަނިކޮށް ރައީސް ޞާލިޙުގެ ސަރުކާރު ބަދަލުވުން އެއީ ވަރަށް ބޮޑު ހިތާމައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އޯގަސްޓު 2025 | އާދީއްތަ 18:16
ފ.މަގޫދޫގައި އޮތް ޖަލްސާގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވާހަކަ ދައްކަވަނީ

ފ.މަގޫދޫގައި އޮތް ޖަލްސާގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވާހަކަ ދައްކަވަނީ

ފ.މަގޫދޫގައި ތަރައްޤީ ކުރަން ފަށާފައިވާ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގޮސް ނިމޭނެ ކަމަށާއި، އަދި މަގޫދޫ އެއާޕޯޓުގައި ފްލައިޓު ޖައްސާނެ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ޙަލީމް މިހެން ވިދާޅުވީ މަގޫދޫ ކައުންސިލް އިން ތަރައްޤީ ކޮށްފައިވާ ބިނާތައް ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މެމްބަރު ޙަލީމް ވިދާޅުވީ، މިއަދު މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި، މަގޫދޫ އެއާޕޯޓުގައި ފްލައިޓު ޖައްސާނެ ކަމަށް ޙަލީމް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މަގޫދޫގައި އަޅާ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަން ނިންމާފައި އޮއްވައި، މި ސަރުކާރުން އެ ރަންވޭ ކުޑަ ކުރަން ނިންމާފައިވާ ކަމަށް ޙަލީމް ފާހަގަ ކުރެއްވި އެވެ.

އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ، އެއް ސަރުކާރުން ކޮށްފައިވާ ކަންކަން އަނެއް ސަރުކާރުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި މަގޫދޫގެ ތަރައްޤީ އަށް ހުރަސް ނޭޅުމަށް ވެސް ޙަލީމް ވަނީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

މި މަގޫދޫގެ ބަޔަކު ހިމެނޭހެން، ބަޔަކު މި މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަގޫދޫގެ އެއާޕޯޓު މަސައްކަތް ނިންމައި، މި އެއާޕޯޓުގައި ފްލައިޓު ޖައްސާނެ. މަގޫދޫގެ ރައްޔިތުން އެމްޑީޕީ އާއެކު ތިއްބަވައި، މާ ގިނަ ދުވަހެއް ނުވެ އެކަން އަޅުގަނޑުމެން ހަގީގަތަކަށް ހަދައި ދޭނަން.
ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ޙަލީމް (ދޮންބިލެތް)

މީގެ އިތުރުން އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ މަގޫދޫ ރައްޔިތުންގެ ތަރައްޤީ އަށް އެތައް މަސައްކަތް ތަކެއް ކުރަމުން އަންނަނިކޮށް ރައީސް ޞާލިޙުގެ ސަރުކާރު ބަދަލުވުން އެއީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގޮނޑި ގެއްލުނު ކަމަށް ވެސް ޙަލީމް ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި ޙަލީމް ވިދާޅުވީ ކުރިއަށް އޮތީ ތިން ވަނަ ފުރުސަތު ކަމަށާއި، މަގޫދޫގެ ރައްޔިތުން އެ ފުރުސަތު ނަގައި ނުލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ހޯދުމަކީ މުހިންމު ކަމެއް ކަަމަށާއި، މަގޫދޫ ކައުންސިލްގެ މެޖޯރިޓީ އާއެކު އެ ރަށުގެ ތަރައްޤީ އަނެއްކާ ވެސް އަލުން އިއާދަވެގެން ދާނެ ކަމަށް ޙަލީމް ފާހަގަ ކުރެއްވި އެވެ.

މަގޫދޫގެ އެއާޕޯޓާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޙަލީމް ވިދާޅުވީ ރައީސް ޞާލިޙުގެ ސަރުކާރުން ނިންމާފައި އޮތީ މަގޫދޫގައި 1800 މީޓަރުގެ ރަންވޭ އެއް ޤާއިމު ކުރުމަށެވެ. ނަމަވެސް މި ސަރުކާރުން އެއާޕޯޓުގެ މަސައްކަތް މަޑު ޖައްސާލާފައިވާއިރު، ރަންވޭގެ ސައިޒު ވެސް 1200 އަށް ކުޑަ ކޮށްފައިވާ ކަމަށް ޙަލީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޙަލީމް ވިދާޅުވީ އެމްޑީޕީ އިން އަބަދު ވެސް މަގޫދޫގެ ތަރައްޤީ އަށް، އަދި ރާއްޖޭގެ ތަރައްޤީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި މަގޫދޫގެ އެއާޕޯޓާއި އެ ރަށުގެ ތަރައްޤީގެ މަސައްކަތް އިތުރު ހަރުފަތަަކަށް ގެންދާނެ ކަމަށް ވެސް ޙަލީމް ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2017

ގުޅިފައިވާ ޕާޓީތަކުން ފ މަގޫދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ

29 ނޮވެމްބަރު 2017
ގުޅިފައިވާ ޕާޓީތަކުން ފ މަގޫދޫގައި ބޮޑު ޖަލްސާއެއް ބާއްވަނީ
12 ނޮވެމްބަރު 2017

އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓް ޖައްސާނެ: ރައީސް ޔާމީން

12 ނޮވެމްބަރު 2017
އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓްގައި ފްލައިޓް ޖައްސާނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2017

އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

25 އޮކްޓޯބަރު 2017
އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
24 ސެޕްޓެމްބަރު 2017

އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ ސަބަބު ހާމަ ކުރަން ޖެހޭނެ: އިދިކޮޅު ކޯލިޝަން

24 ސެޕްޓެމްބަރު 2017
އެއާޕޯޓުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާ ސަބަބު ހާމަ ކުރަން ޖެހޭނެ: އިދިކޮޅު ކޯލިޝަން
11 އޯގަސްޓު 2017

އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ

11 އޯގަސްޓު 2017
އެއާޕޯޓުގައި ދުއްވާފައި ދިޔަ ކާރެއް މޫދަށް ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު