Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި

އައު ސީޕްލޭން ޓަރމިނަލް ހެދުމަށް ބޭނުންވާ 1.83 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 18 ޖޫން 2017 | އާދީއްތަ 06:32
ރެސްޓޯރެންޓް އިމާރާތް ކުރުމަށް ތައްޔާރު ވަމުންދަނީ

ރެސްޓޯރެންޓް އިމާރާތް ކުރުމަށް ތައްޔާރު ވަމުންދަނީ

ބައިނައްލަޢުވާމީ ފެޑްޗެއިންތަކަށް ހާއްސަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓްތަކުގެ އިމާރާތުގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ބުނެފިއެވެ.

އެމްއޭސީއެލްގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓުވީޓްތަކެއްގައި ބުނެފައިވަނީ 1346 ސްކްއާމީޓަރުގެ މި ރެސްޓޯރެންޓް އިމާރާތް ބިނާކުރަނީ މޫދު ކައިރީގައި ކަމަށެވެ.

Advertisement - newsAdvertisement

ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫޢޫތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އެމްއޭސީއެލް އިން ކުރި ޓުވިޓްތަކުގައި ބުނެފައިވާ ގޮތުގައި ވީއައިޕީ އަދި ސީއައިޕީ އަށް ހާއްސަކޮށްގެން ހަދާ ހަތަރު ބުރީގެ ބިލްޑިން ވެސް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މީގެއިތުރުން ވެލާނާ އެއާޕޯޓުގެ ދެކުނު ފަރާތާއި އިރުމާތީ ފަރާތް ގުޅުވާލުމަށް ހަދާ 650 މީޓަރުގެ މަގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ހަމައެހެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އިންޓަނޭޝަނަލް ޕެސެންޖާ ޓާމިނަލް އިމާރާތްކުރާ ބިން ހިއްކާ ވަނީ ނިމިފަ އެވެ. އެގޮތުން އެއަރޕޯޓުގައި އަލަށް ޢިމާރާތްކުރާ އިންޓަނޭޝަނަލް ޕަސެންޖަރ ޓަރމިނަލް އަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޓާމިނަލް ޢިމާރާތް ކުރުމަށް ހުޅުލޭގެ ދެކުނު ހުޅަނގުން 7.8 ހެކްޓަރުގެ ބިން ކަނޑައަޅާފައިވާއިރު، ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިމި އެ ސަރަޙައްދުގެ ޝީޓް-ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އާ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސަޢޫދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ބިންލާދިން ގުރޫޕާއެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އެއަރޕޯޓުގައި އަލަށް ހަދާ އެއަރލައިން ކޮމްޕެލްކްސްގެ މަސައްކަތުގެ ތެރެއިން އެއަރލައިން ކޮމްޕްލެކްސްގެ ކޮންކްރީޓް މަސައްކަތްތަކާއި، މެއިން ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދަނީ އިންޓީރިއަރ ޑިޒައިނިންގެ މަސައްކަތެވެ.

މި ޢިމާރާތުގެ މަސައްކަތްވެސް އަންނަ އޯގަސްޓް މަހުގެ ނިޔަލަށް ނިންމާ، މިތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އަލަށް ހަދާ މި ޢިމާރާތުގައި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރަމުންދާ އެއަރލައިންތަކަށް ބޭނުންވާ އޮފީސްތަކާއި، ސެކިއުރިޓީ ކަންތައްތަކަށް ޚާއްޞަކުރެވިފައިވާ ސެންޓަރަކާއި، އެކުންފުނީގެ އޮފީސް ބޭނުންތަކަށް ޚާއްޞަ ކުރެވިފައިވާ ޖާގައިގެ އިތުރުން، މުވައްޒަފުންނަށް އިތުރު ކެންޓީނެއް ހުންނާނެއެވެ. މި މަޝްރޫޢުއަކީ 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

އެއަރޕޯޓުގައި އަލަށް ހަދާ ރަންވޭގެ މަސައްކަތް ކުރިއަށްދަނީ ސީޕްލޭންގެ އޮޕަރޭޝަންތައް ކުރިއަށްދާ ސަރަޙައްދުގައި ކަމަށްވާތީ، ހުޅުލޭގައި ހުރި އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރ، އޭ.ޓީ.ސީ ޓަވަރ ހިމެނޭ ސަރަޙައްދުން ބިން ހިއްކުމަށްފަހު، އެ ސަރަޙައްދަށް މިހާރު ބޭނުންކުރަމުންދާ ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް އެމް.އޭ.ސީއެލުން ވަނީ ނިންމާފައެވެ.

އެގޮތުން އައު ސީޕްލޭން ޓަރމިނަލް ހެދުމަށް ބޭނުންވާ 1.83 ހެކްޓަރުގެ ބިން ހިއްކާ ނިމި، އެ ސަރަޙައްދު ޝީޓް-ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކާ މިހާރު ތައްޔާރުވަމުންދާކަމަށް އެމް.އޭ.ސީއެލުން ބުނެއެވެ.

ސީ-ޕްލޭން ބޭސް ބަދަލުކުރުމަށް ބޭނުންވާ ކޮންސެޕްޓް ޑިޒައިން ކުރުމުގެ މަސައްކަތް ނިމިފައިވާއިރު، ޓެކްނިކަލް ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމުގެ މަސައްކަތް އެމްއޭސީއެލުން ދަނީ ކުރަމުންނެވެ. އަދި އައު ސީ-ޕްލޭން ޓާމިނަލަށް ބޭނުންވާ ޑީޓެއިލް ޑިޒައިން ނިމުނުހާ އަވަހަކަށް، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ޓަރމިނަލްގެ މަސައްކަތް ފެށޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް އައު ސީ-ޕްލޭން ޓަރމިނަލްގެ މަސައްކަތް ނިންމާ، އެތަނުގެ އޮޕަރޭޝަންތައް ފެށުންކަމަށް އެމްއޭސީއެލުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

ނާދީ އާއި އޯޑިއޯން ބިމުގައި ޓާޓާއިން ހަދާ ފްލެޓްތަކުގެ ބިންގާ އަޅައިފި

28 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު