Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުލޭގައި ކުރި މުޒާހަރާ

އެއާޕޯޓުގައި މުޒާހަރާ ކޮށްގެން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

25 އޮކްޓޯބަރު 2017 | ބުދަ 06:06

މައްސަލައިގެ ހުކުމް ތަންފީޒްކުރުން ވަނީ ތިން އަހަރަށް ސަސްޕެންޑްކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 އޮކްޓޯބަރު 2017 | ބުދަ 06:06
މުޒާހަރާ ކުރި މީހުން އެ މީހުންގެ ގާނޫނީ ވަކީލުންނާއެކު: ހައި ކޯޓުގެ ހުކުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވޭ

މުޒާހަރާ ކުރި މީހުން އެ މީހުންގެ ގާނޫނީ ވަކީލުންނާއެކު: ހައި ކޯޓުގެ ހުކުމަކުން އެއްވެސް ކަމެއް ބަދަލެއް ނުވޭ

ކުރީގެ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި 2015 ވަނަ އަހަރުގެ މާރޗު މަހު މުޒާހަރާ ކުރި މީހުންގެ މައްޗަށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވެ، ތިން މަހަށް ޖަލަށް, ނަމަވެސް ތަންފީޒުކުރުން ތިން އަހަރަށް ސަސްޕެންޑްކުރުމަށް ނިންމައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ޖުމްލަ 15 މީހެއްގެ މައްޗަށް އެއާޕޯޓުގައި މުޒާހަރާކޮށްގެން އުފުލި ދައުވާގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ މާރޗު މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ތިން މަހަށް ޖަލަށްލުމަށް ހުކުމްކުރި މީހުން:

1. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު، ޝިފާ މުހައްމަދު

2. ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ

3. މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު

4. ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު

5. މއ. ނާރިނގުގޭ، މުހައްމަދު އިބްރާހީމް މަނިކު

6. ސ. ހުޅުދޫ ކަޅުމަގިގޭ، މަރިޔަމް ޒުބައިރު

7. ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ

8. މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދު

9. ހ. ޓިވެގާލައިޓް، ފަރީޝާ އަހްމަދު

10. މ. ތަންތާރަ، އާމިނަތު ޒިމްނާ

11. ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ

12. ގ. ދުވާފަރު، އާއިޝަތު މަމްދޫހާ

13. މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު

14. މ. ފެހިފަތް، ޔުމްނާ

އެމީހުންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ހަތް ވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެމައްސަލަ ބަލައި ނިންމައި މިދިޔަ އަހަރު މާރޗް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މައްސަލާގައި ދައުވާ ލިބޭ 15 މީހުންގެ ތެރެއިން މީގެ ކުރިން އެއްވެސް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުވެފައި ނުވާ މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދުގެ މައްސަލަ ބެލިފައިނުވާ ކަމަށެވެ.

އެ މީހުންގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައި ކޯޓުގައި ކުރިން ވިދާޅުވެފައި ވަނީ އެ މީހުންގެ މަށްޗަށް ކުށް ސާބިތު ކޮށްފައި ވަނީ އެންމެ ފުލުހަކު ދިން ހެކި ބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށާއި އަދި އެ މީހުން އެއާޕޯޓުގައި މުޒާހަރާ ކުރި ކަމަށް ކޯޓުގައި ހެކި ބަސް ދީފައި ވަނީ އެންމެ މީހެއް ކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ވާގޮތުން ގާނޫނު މަނާކުރާ ތަނަކަށް އެއްވެވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ. އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން އެތަނަށް އެއްވީ ފުލުހުންގެ ހުއްދަ ލިބިގެންކަން ދައްކުވައިދޭ އެއްވެސް އެއްޗެއް ހެކިންގެ ހެކިބަހުންވެސް އެނގެން ނެތް ކަމަށް ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ދިފާއީ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އެ ހުކުމް ތަންފީޒު ކުރާނީ ތިން އަހަރު ފަހުން ކަމަށް ގާޒީ ވަނީ ކަނޑައަޅާފަ އެވެ. އަދި އެމުއްދަތުގެ ތެރޭގައި ކުށެއް ކުރިކަން އެއްވެސް ޝަރީއަތަކަށް ސާބިތުވެއްޖެ ނަމަ ޖަލު ހުކުމް ތަންފީޒުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން ތިންމަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކުރީގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. ނަމަވެސް މިހާރުގެ ގާނޫނުލްއުގޫބާތުގައި ލުއި އަދަބެއް ކަނޑައަޅާފައިވާތީ ކުރީގެ ގާނޫނުލްއުގޫބާތުގައި ބުނާ ހަމަސް ދުވަހުގެ ޖަލު ހުކުމް ތިން މަސް ދުވަހަށް ކުޑަކުރީ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އޭރު ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް