Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއޭޓީއެމް

2024 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 215 އޭޓީއެމް ގެ ހިދުމަތް ދެމުން ދިޔަ: އެމްއެމްއޭ

16 އޯގަސްޓު 2025 | ހޮނިހިރު 14:23

ރާއްޖޭގައި އޭޓީއެމް ޚިދުމަތް އިތުރަށް ފުޅާވެ، 2024 ގައި 215 އޭޓީއެމް އާއި 9,800 އަށްވުރެ ގިނަ ޕީއޯއެސް ޓާމިނަލް ޚިދުމަތް ފޯރުކޮށްދެމުން ދިޔައެވެ. މިހާރު އޭޓީއެމްތަކުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލު ދެއްކުމުގެ ޚިދުމަތްތައްވެސް ލިބެމުންދާތީ، ގިނަ ރަށްރަށުގައި ބޭންކު ގޮފި ނެތްނަމަވެސް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭގޮތްވެފައިވެއެވެ.

ބޭންކުތަކުގެ އޭޓީއެމް ޚިދުމަތްތައް ވަނީ ފަސް އަހަރުގެ ތެރޭގައި 31 އިންސައްތަ އިތުރުވެފައި

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 14:23
ބ. ދޮންފަނުގައި ބަހައްޓާފައިވާ ބީއެމްއެލް ގެ އޭޓީއެމް

ބ. ދޮންފަނުގައި ބަހައްޓާފައިވާ ބީއެމްއެލް ގެ އޭޓީއެމް

2024 ވަނަ އަހަރު ނިމުނު އިރު ރާއްޖޭ ގައި 215 އޮޓޮމޭޓެޑް ޓެލަރ މެޝިން (އޭޓީއެމް) ޚިދުމަތް ލިބެމުން ދިޔަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

ރާއްޖޭގައި އޭޓީއެމް ޚިދުމަތްތައް ދެމުން އަންނަނީ ހަމައެކަނި ބޭންކުތަކުން ކަމަށްވާއިރު، މި ޚިދުމަތް ވަނީ ފާއިތުވި އަހަރުތަކުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައި ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. ކުރީގެ އޭޓީއެމް ތަކުން ލިބެމުން އައީ ހަމައެކަނި ފައިސާ ނެގުމުގެ ޚިދުމަތް ކަމުގައިވީ ނަމަވެސް، މިހާރު ވަނީ 'ސެލްފް-ސަރވިސް ބޭންކިންގ' ގެ ޚިދުމަތްތައް ތަޢާރަފުކޮށްފައެވެ.

2014 ވަނަ އަހަރު ފުރަތަމަ ތަޢާރަފުކުރެވުނު މި ޚިދުމަތުގެ ތެރޭގައި ފައިސާ އާއި ޗެކު ޖަމާކުރުމާއި، ފަންޑު ޓްރާންސްފަރ ކުރުމާއި، ބިލު ދެއްކުމާއި، ކްރެޑިޓް ކާޑު ޕޭމަންޓާއި އަދި ލޯނު އަނބުރާ ދެއްކުން ހިމެނޭ ކަމަށް އެމްއެމްއޭ އިން ޝާއިއު ކުރި "ޕޭމަންޓް ބުލެޓިން" ގައި ބުނެފައިވެއެވެ. މީގެ ފަހުން ބެހެއްޓިފައިވާ އައު އޭޓީއެމް ތައްވެސް ވަނީ މި މޮޑެލްއަށް ބަދަލު ކުރެވިފައެވެ. މިކަމުގެ ސަބަބުން ގިނަ ރަށްރަށުގައި ބޭންކު ގޮފި ނެތް ނަމަވެސް އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭގޮތްވެފައިވެއެވެ.

2020 އިން ފެށިގެން ފަސް އަހަރުގެ ތެރޭގައި ޖުމުލަ އޭޓީއެމް ތަކުގެ އަދަދު ވަނީ 31 އިންސައްތަ އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ 215 އޭޓީއެމް ހިދުމަތް ދެމުން ދިޔައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. މި އޭޓީއެމްތަކުގެ ތެރެއިން 39 އިންސައްތަ ހުރީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. އަދި 61 އިންސައްތަ ހުރީ އެހެނިހެން ރަށްރަށުގައެވެ.

މީގެ އިތުރުން ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް 9,800 އަށްވުރެ ގިނަ ޓާމިނަލް ހިދުމަތް ދެމުން ދިޔައެވެ. މިއީ 2023 އާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރެއިން 5,900 އަށްވުރެ ގިނަ ޓާމިނަލް ގްރޭޓަރ މާލެ ސަރަހައްދުގައި ހުރި ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. އަދި އެހެން ރަށްރަށުގައި 2,300 އަށްވުރެ ގިނަ ޓާމިނަލް ހުރި އިރު ރިސޯޓުތަކުގައި 1,500 ށް ވުރެ ގިނަ ޓާމިން އެބަހުއްޓެވެ.

ޕީއޯއެސް ޓާމިނަލްތަކުގެ 92 އިންސައްތަ މިލްކު ކުރަނީ ބޭންކު ތަކުންނެވެ. އަދި 72 އިންސައްތަ ޓާމިނަލް ހިންގަނީ އެންމެ ސަރވިސް ޕްރޮވައިޑަރެއް މެދުވެރިކޮށެވެ. 2024 ގައި ދިވެހި ރުފިޔާ ނެގުމުގެ ޚިދުމަތް ދެމުން ދިޔައީ 201 ޕީއޯއެސް ޓާމިނަލުންނެވެ. މިއީ ޖުމުލަ ޓާމިނަލްތަކުގެ 2 އިންސައްތައެވެ. ޑިޖިޓަލް ޕޭމަންޓް އިތުރުވަމުން ދިއުމާއެކު، ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ނެގުމުގެ ބޭނުން ދަނީ ދަށްވަމުންނެވެ.

2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ކޮންމެ 100,000 ބޮޑެތި މީހުންނަށް 75 އޭޓީއެމް އަދި 3,000 ޕީއޯއެސް ޓާމިނަލް ޚިދުމަތް ދެމުން ގެންދެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ފާހަގަކުރެވޭ ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް