Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީއެންއެފް ވޭކްއަޕް ޖަލްސާ

"ވޭކްއަޕް" ގެ ނަމުގައި ޕީއެންއެފްގެ ބޮޑު ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހުގެ ރޭ، ބޭނުމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން

16 އޯގަސްޓު 2025 | ހޮނިހިރު 14:38

މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 'ވޭކްއަޕް'ގެ ނަމުގައި ޕީއެންއެފް އިން ބޮޑު ޖަލްސާއެއް އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމީ ރައްޔިތުންގެ ޝުއޫރު ފާޅުކުރަން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 އޯގަސްޓު 2025 | ހޮނިހިރު 14:38
ޕީއެންއެފް "ވޭކްއަޕް" ބޮޑު ޖަލްސާގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ވާހަދައްކަވަނީ: ވިދާޅުވީ މި ބޮޑު އެއްވުމަކީ ސިޔާސީ އެއްވުމެއް ނޫން ކަމުގައި

އަންނަ ބުރާސްފަތި ދުވަހުގެ ރޭ 'ވޭކްއަޕް'ގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕާޓީ ޕީއެންއެފް އިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، އެ ޖަލްސާ އަކީ ސިޔާސީ ބޭނުމެއްގައި ބާއްވާ ހަރަކާތެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ބާއްވާ ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ޕީއެންއެފް އިން އިއުލާނު ކުރިއިރު، އެ އެއްވުމުގެ އިތުރު މައުލޫމާތު ނޫސްވެރިންނަށް ދިނުމަށް ހޮނިހިރު ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަފަ އެވެ.

Advertisement - newsAdvertisement

އެއީ ބައްދަލުވުމުގައި ރައީސް ޔާމީނުގެ ދޮށީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވީ މިހާރު މި އޮތް ރައީސް މުއިއްޒުގެ ސަރުކާރުގެ ކަންކަން ބޮއްސުންލައި، ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ކަމަށެވެ. އަދި މިއަދު ގައުމު މިދަނީ ދުވަހަކަށްވުރެ ދުވަހެއް ފަހަތައް ކަމުގައި އޭނާ ވިދާޅުވި އެވެ.

ޒެއިން ވިދާޅުވީ ޕީއެންއެފް އިން މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ބޮޑު ޖަލްސާއަކީ ސިޔާސީ ޖަލްސާއެއް ނޫން ކަމަށާއި އެއީ ރައީސް މުއިއްޒުގެ މި ސަރުކާރު ޒިންމާދާރު ކުރުވުމަށް އަޑު އުފުލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ޒެއިން ވިދާޅުވީ މި ޖަލްސާ އަކީ އެންމެންނަށް ވެސް ބައިވެރި ވެވޭގޮތަށް ބާއްވާ ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި ސިޔާސީ ޕާޓީތަކުން ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ބައިވެރިވާން ބޭނުން އެންމެނަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޒެއިން ވިދާޅުވީ އެ ހަރަކާތް ބާއްވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝުއޫރު ފާޅުކޮށްދިނުމަށް ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި ސިޔާސީ ޕާޓީތަކެއް އެއްވެގެން ސަރުކާރެއް ވައްޓާލަން ކުރިއަށް ގެންދާ ހަރަކާތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ރައްޔިތުންގެ ޝުއޫރު ދައްކައިގެން ކަމަށާއި މިއީ އެކަން ދެއްކުމަށް ލިބޭ ފުރުސަތު ކަމަށެވެ.

އޭގެ އިތުރަށް، ޖަލްސާއަށް ތައްޔާރުވުމަށް ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި އަތޮޅު ތެރެއިން ވެސް ޖަލްސާގައި ބައިވެެރިވުމަށް ގިނަ ބަޔަކު އައުމަށް ވެސް ޕީއެންއެފުން ވަނީ ގޮވާލާފައެވެ.

މި ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 08:30ގައި އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންވައި، ވާހަކަދައްކަވަން ހަމަޖެހިފައިވާ ކަމަށް ޕީއެންއެފުން ބުނެއެވެ.

ވެރިކަމަށް ޕީއެންސީ އައިތާ ހަފުތާއެއް ނުވެ، ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވައި، އާ ޕާޓީއެއް އުފައްދަވައިފައެވެ. އެގޮތުން، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވައި، އެ ޕާޓީ ރަޖިސްޓްރީކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 25ވަނަ ދުވަހެވެ.

ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކި ކަންކަމުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް