Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ރައީސް މުއިއްޒު، ކައުންސިލް ތަކަށް ލިބިދީފައިވާ ބާރުތައް ނިގުޅަައިގަތުމުގެ ފަހަތުގައި ވަނީ ހީލަތްތެރި ރޭވުމެއް!؟

16 އޯގަސްޓު 2025 | ހޮނިހިރު 05:43

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މުއިއްޒު ލާމަރުކަޒީ އުސޫލަށް ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މިގެނައި ބަދަލަކީ ޚުދު އެމަނިކުފާނަށް ބޮވޭނެ ހިތި ބޭހަކަށް ނޫނީ ނުވާނެ

ރައީސް މުއިއްޒު ވަރަށް ކުޅަދާނަކަމާއެކު ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށް ކުރަމުން ގެންދާ މަސައްކަތް ކާމިޔާބު ކޮށްފި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 އޯގަސްޓު 2025 | ހޮނިހިރު 05:43
ކައުންސިލްތައް ފުނޑާލުމަށް ގެނައި މަކަރުވެރި އިސްލާހުތަކަކީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ގެނައި އިސްލާހުތަކެއް

ކައުންސިލްތައް ފުނޑާލުމަށް ގެނައި މަކަރުވެރި އިސްލާހުތަކަކީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ގެނައި އިސްލާހުތަކެއް

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ނިގުޅައިގަތުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮތީ ވަރަށް ހީލަތްތެރި، މަކަރުވެރި ރޭވުމެއްކަން މިއަދު މިވަނީ އެނގި ސާފުވެއްޖެއެވެ.

ހަގީގަތުގައި ވެސް ރައީސް މުއިއްޒު ވަރަށް ކުޅަދާނައެވެ. ރައްޔިތުން ގުނބޯހައްދައިގެން އެތައް މޮޅު ވާހަތަކެއް ދައްކަވައިގެން މައުސޫމް ބޭފުޅެއްކަން ދައްކަވައިގެން ވެރިކަމަށް ވަޑައިގަނެ، ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށް ކުރަމުން ގެންދާ މަސައްކަތް ފަސޭހަކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނު މުށުތެރެއަށް ލުމަށް އެންމެ ފުރަތަމަ ވެސް ރައީސް މުއިއްޒު ދެއްކެވި ވާހަކައަކީ ކައުންސިލް ތަކަށް ދޭ ބަޖެޓު ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަކަމުގެ ވާހަތަކެވެ. އެއީ މިކަމުގެ ފެށުމެވެ. ލާމަރުކަޒީ ގާނޫނަށް ގެންނަ ރަނގަޅު އިސްލާހުތަކެކޭ ވިދާޅުވެ، ކައުންސިލްތައް ތަޅުއަޅުވަން ރައީސް މުއިއްޒު މަސައްކަތް ފެއްޓެވީ އެހިސާބުންނެވެ.

އެންމެ ފަހުން ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ކައުންސިލް ތައް ތަޅުއަޅުވާލުމަށް ލާމަރުކަޒީ ގާނޫނު މިހާރު އެވަނީ އެމަނިކުފާނު ބޭނުންވި ގޮތަށް ފާސްކޮށް، ތަސްދީގުވެސް ކޮށް ނިންމާފަ އެވެ. ކައުންސިލް ތަކުން ރޮއެ އާދޭސް ކޮށްކޮށް އޮއްވައެވެ.

ވެރިކަން ކުރާ ޕާޓީ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް ތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުން ވެސް ދަނީ ރައީސް މުއިއްޒުގެ ހީލަތްތެރި މި ވިސްނުންފުޅުގެ ދަށުން ލާމަރުކަޒީ ގާނުނަށް ގެނައި އިސްލާހުތަކާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކައުންސިލް އިންތިހާބަށް އަށެއްކަ މަހަށް ވެފައިވަނިކޮށް މިއަދު އެމަނިކުފާނު ބޭނުންވަނީ ކައުންސިލްތައް ޖަވާބުދާރީކުރުވުމުގެ ނަމުގައި އިންތިހާބުގެ ފައިދާ ނަގަން، ކައުންސިލްތައް އަމާޒުފަތްގަނޑަަކަށް ހަދާށެވެ.

ހަމައެކަނި ކައުންސިލްތައް އަމާޒުފަތްގަނޑަކަށް ހަދައިގެން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ފަހަތުން ވެސް ފެންނަނީ މުޅިން އެހެން ކަމެކެވެ. އެއީ ސީދާ ސިޔާސީ ވާދަވެރިކަމެވެ.

އެކަން އެންމެ ބޮޑަށް އެނގި ސާފުވީ އެންމެ ފަހުން ބާ އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަރަވަންދޫގައި ދެއްކެވި ވާހަކަފުޅުންނެވެ. ދަރަވަންދޫގައި ރައީސް ދެއްކެވި ވާހަކަފުޅު އެކަން ކޮންމެވެސް ވަރަކަށް ފާހަގަކުރެއްވި އެވެ. އިންތިހާބަށް ކައިރިވުމުން މާސްޓާ ޕްލޭންގައި ނެތް ބައެއް ކަންކަން ބައެއް ކައުންސިލްތަކުން ފެށި ވާހަކަ އެވެ. ކޮންޓްރެކްޓަށް ވަރަށް ގިނަ އަދަދެއްގެ މީހުނަށް ވަޒީފާ ދޭން އުޅޭކަމުގެ ކަންބޮޑުވުމުގެ ވާހަކަފުޅެއެވެ.

ބައެއް ކައުންސިލްތަކުން އިންތިހާބާ ގާތްކޮށްފައި ޒިންމާދާރުކަން ކުޑަ ގޮތަކަށް، ދެ ފުށް ނުފެންނަ ގޮތަށް ސިޔާސީ މަގުސަދު ހާސިލްކުރުމަށްޓަކައި ބަރިބަރިއަށް ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް އެބަދޭ. ކޮންޓްރެކްޓަށް އެތައް ބަޔަކަށް ވަޒީފާ އެބަދޭ. ތަރައްގީގެ ޕްލޭނުގައި ނެތް ކަންކަން ކުއްލިއަކަށް އެބަ ފަށާ
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މި ވާހަފުޅުން ގިނަ ކަންތައްތަކެއް އެނގިސާފުވިއެވެ. އަންނަ އޮތް ކައުންސިލް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ގޮނޑިއެއް ނުލިބޭނެ ކަމަށް ހީފުޅުވެގެންނެވެ. މިހާރުވެސް މާލެ ސިޓީ ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އިދިކޮޅު އެމްޑީޕީއަށް ކަމަށް އެގިވަޑައިގަންނަވާތީ އެވެ.

އެހެން ކަމުން އެ ގާނޫނަށް ގެނައި އެ އިސްލާހުތަކުގެ އަސްލަކީ ކުރިއަށް އޮތް ތަނުގައި ގިނަ ކައުންސިލްތައް އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށްފާނެ ކަމަށް ދބަދެލިބަނދެލުމެކެވެ.

ކޮންމެއަކަސް މިއީ ރައީސް މުއިއްޒުގެ މަކަރާއި ހީލަތުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ލުމަށް ކުޅޭ ގޭމުގެ ތެރެއިން ބައެއްކަން ވަރަށް ސާފެވެ. ކަން މިހެން އޮތްއިރު އިންތިހާބުތަކާ ކައިރިވުމުން ރައީސް މުއިއްޒު ދައްކަވާ މޮޅު ވާހަތަކާއި ކުޅުއްވާ މޮޅެތި ގޭމްތަކުގެ ހަގީގަތް ދެނެގަތުމަށް ރައްޔިތުން ތިބީ ނުހަނު ހޭވެރިކަންވެ ތަންދޮރު އޮޅުން ފިލާފައެވެ.

ކައުންސިލްތަކުން ނާޖާއިޒް ފައިދާ ނަންގާވަކަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކޮށް ކައުންސިލްތައް ޒިންމާދާރު ކުރުވުމުގެ ނަމުގައި ރައީސް މުއިއްޒު އެ އަރައިގެންނެވީ ރައްޔިތުންގެ އިންތިހާބީ ހައްގަކަށް ކަން ރައްޔިތުން ނިކަން ރަނގަޅަށް ދަނެއެވެ. އެ ރައްޔިތުން ހޮވާފައި ތިބި ކައުންސިލަރުންގެ ބާރު ކަނޑުވާލީ އެންމެ ފަހު އަހަރު އެއްވެސް މަސައްކަތެއް ނުކުރެވޭނެހެން ރަނގަޅަށް ބަނދެލަމުންކަން ރައްޔިތުން ދަނެއެވެ.

ލާމަރުކަޒީ ނިޒާމު ހިންގާނީ ސަރުކާރުގެ އެހީތެރިކަމާ އެކީ، ރައްޔިތުންގެ ފުރިހަމަ ބާރާއި ތަމްސީލުކުރުމާއެކު ކަމަށާއި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ކަމެއްގައިވިއްޔާ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި، އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގެންނެވުން ކެންސަލް ކުރަމުންނެވެ.

ވައުދު ފަނޑުވެ، ލާމަރުކަޒީ ނިޒާމުގެ މުޅި މަފުހޫމަށް ލޮޅުން އަރުވާލައި، ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފަށް ކައުންސިލްތަކުގެ ބާރު ރައީސް މުއިއްޒު މިވަނީ އަތުލާފަ އެވެ.

ލާމަރުކަޒީ ނިޒާމު ހިންގުމުގައި، ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަންމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ވަކި މިނިސްޓްރީއެއް އުފެއްދެވިކަމަށް ވިދާޅުވެ މެޑަލް ޖައްސަވާ ރައީސް މުއިއްޒު ރަށްރަށުގެ ކައުންސިލަރުންގެ ބާރު ކަނޑުވާލީ ލާމަރުކަޒީ ނިޒާމު ގަޑުބަޑު ކުރައްވަމުންނެވެ.

އަނެއްކޮޅުން ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމަނިކުފާނު ލާމަރުކަޒީ އުސޫލަށް ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މިގެނައި ބަދަލަކީ ޚުދު އެމަނިކުފާނަށް ބޮވޭނެ ހިތި ބޭހަކަށް ނޫނީ ނުވާނެ އެވެ.

އެހެނީ ރައްޔިތުންގެ އިތުބާރު މިހާ ހިސާބުން އެމަނިކުފާނަށް އެއްކޮށް މިވަނީ ގެއްލިފައެވެ. ރައްޔިތުންނަށް އޮތް ހުރިހާ ބާރެއް އެމަނިކުފާނުގެ މުށުތެރެއަށް ލާ ބާރުކޮށްލުމުންނެވެ.

ލާމަރުކަޒީ ގާނޫނަށް ރައީސް މުއިއްޒު މި ގެނައި އިސްލާހުތަކަކީ އިހުލާސްތެރިކަން އޮވެގެން ކުރާ ކަމެއް ނަމަ ކައުންސިލް އިންތިހާބާ ގާތްކޮށް މިކަން ނުކުރީހެވެ. ރައީސް މުއިއްޒުގެ ވިސްނުން ފުލަކީ ސިޔާސީ ބާރުގެ ކޯޅުމުގެ ތެރޭގައި ކައުންސިލްތައް އަމާޒުފަތްގަނޑަކަށް ހެދުމެވެ. މިއީ ރައީސް މުއިއްޒަށް ވަރަށް ހިތި ނިމުމަކަސް ނޫނީ ނުވާނެކަން ޔަގީނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް