Advertisement
ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 18:21
ރައީސް އިބްރާހިމް މުހައްމަދު ސާލިހް
ރައީސް އިބްރާހިމް މުހައްމަދު ސާލިހް
ރާއްޖެއެމްވީ ގްރެފިކްސް
ކަސްޓަމްސް
ކަސްޓަމްސް ގެ ދިގު ތާރީޚުގައި އެތަނުގެ މުވަައްޒަފުންނަށް ދާއިމީ ބޯހިޔާވަހި ކަމެއް ދެއްވީ ރައީސް ސާލިހް
ކަސްޓަމްސްގެ މުވައްޒަފުންނަށް ޖުމްލަ 300 ފްލެޓް ދިނުމަށް ރައީސް ސާލިހް ވަނީ ނިންމަވާފައި، ފުރަތަަމަ ނިންމާ ފްލެޓް ތަކުން ކަސްޓަމްސް އަށް 100
ކަސްޓަމްސްގެ 135 އަހަރުގެ ތާރީޚުގައި މުވައްޒަފުންނަށް އެންމެ ކާމިޔާބު 5 އަހަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ދައުރު
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް އެންފޯސްމަންޓް އެޖެންސީ ގެ މުވައްޒަފުންނަށް ފްލެޓް ހަމަ ޖެހުމަކީ ވަަރަށް ބޮޑު އުފަލެއް

ކަސްޓަމްސްގެ ދިގު ތާރީޚު ގައި އެތަނުގެ މުވައްޒަފުންނަށް ދާއިމީ ބޯހިޔާ ވަހިކަމެއް ހަމަ ޖައްސަވައިދެއްވި ރައީސް އަކީ އިބްރާހިމް މުހައްމަދު ސާލިހް ކަމުގައި ކުރީގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް (ސީޖީ) އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

ކަސްޓަމްްސް ގައި 28 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔަރ ކުރައްވާފައި ޝަރީފް ބުދަ ދުވަހު އެސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "ކަސްޓަމްސްގެ މުވައްޒަފުންނަށް ރައީސް ސާލިހް ހަމަޖައްސަވައިދެއްވި 100 ފްލެޓް ލިބުނު މުވައްޒަފުންނަށް މަރުހަބާ ދަންނަވާފަ" އެވެ.

ޝަރީފް ވިދާޅުވީ، 135 އަހަރު ފުރިފައިވާ ކަސްޓަމްސް ގެ ތާރީޚުގައިވެސް މުވައްޒަފުންނަށް އެންމެ، ކާމިޔާބު 5, އަހަރު، ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ގެ ދައުރުވާނެ ކަން ޔަގީން ކަމަށެވެ.

ރައީސް ސާލިހް ގެ 5 އަހަރު، ތެރޭ 3 ބުރަށް ޕްރޮމޯޝަން ހަމަޖައްސަވައި ދެއްވި ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް އެންފޯސްމަންޓް އެޖޭންސީ ގެ މުަވައްޒަފުންނަށް ބޯހިޔާވަހި ކަމުގެ އުއްމީދު ހަގީގަތަކަށް ރައީސް ސާލިހް ހައްދަވައިދެއްވިކަން އެއީ ވަކިން ބޮޑަށް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ.

"ކަސްޓަމްސްގެ މުވައްޒަފުންނަށް ރައީސް ސާލިހް ހަމަ ޖައްސަވައިދެއްވީ 300 ފުލެޓް ދިނުމަށް، އެހެން ނަމަވެސް ނިންމެވީ، ފުރަތަމަ އެޅި 4000 ފުލެޓްގެ ތެރެއިން 100 ފުލެޓް ހަމަޖައްސަވައި ދެއްވުމަށް،" ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކަސްޓަމްސް ގެ މުވައްޒަފުންގެ ތެރެއިން 100 ފްލެޓް ލިބޭ ފަރާތްތަކުގެ ނަންތައް މިހާރު ވަނީ އެފްޑީސީ ގެ ޕޯޓަލް އަށް އަޕްލޯޑް ކޮށްފައެވެ.

ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި ދައުރު، ބަދަލު ވި އިރު، ކަސްޓަމްސް ގެ މުވައްޒަފުންނަށް ފްލެޓް ލިބޭ ޓަވަރާއި، ފުލޯ އާއި އެޕާރޓްމެންޓް ނަމްބަރ ވެސް، ކަނޑައަޅައި، ނިމިފައިވާ ކަމަށެވެ.

އަދި އޭނާ ރިޓަޔަރ ކުރެއްވުމުގެ ކުރިން ރައީސް .ޑރ މުއިއްޒު އާ ބައްދަލުވި ކަމަށާއި ހުރިހާ ކަމެއް ގެ މައުލޫމާތު ހިއްސާ ކުރެއްވުމުން "ތި ވަރަށް ގޮސްފައިވާ ކަމަކަށް. ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވި" ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރައީސް ސާލިހް އިންތިޚާބު ވުމާއެކު އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި އެއް ތަނަކީ ކަސްޓަމްސް ކަމަށެވެ.

"އެ ޒިޔާރަތުގައި ވެސް އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވާނެ ކަމަށް" ޝަރީފް ވިދާޅުވިއެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގެ ފަހު ކޮޅުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބިމެއް ހަމަ ޖައްސައި، ދައުރު ނިމެން ކައިރިވެފައި ވަނިކޮށް އެތަނުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތު ވެސް ބޭއްވި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ބިމުގެ ރަޖިސްޓަރީ އެއް ވެސް އެޗްޑީސީ އަކުން ނުދޭ، ފަހުން މަޝްރޫއަށް ވީ ގޮތެއް ނޭނގޭ، އެ ތަނުގައި ފްލެޓް އަޅައިދޭނެ ބަޔަކު ހަމަ އެއް ނުޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ، ބިމުގެ މިކްލުވެރިކަން ކަސްޓަމްސް އަށް ދީފައި ނެތުމާއެކު، އިމާރާތް ކުރާނެ ފައިސާ ހަމަ ޖެހޭ ގޮތް ނުވުން ކަމަށެވެ.

"ޕްރައިވެޓް ފަރާތްތަކާ ވެސް ވާހަކަ ދެއްކިން، އިންވެސްޓަރުންގެ ޔަގީންކަން އިތުރު ކުރަން އަޅުގަނޑުމެން ދެންނެވިން ކަސްޓަމްސްގެ މުވައްޒަފުންނަކީ ބަރާބަރަށް މުސާރަ ލިބުމުގެ ޔަގީންކަން އޮތް ބަޔަކަށް ވާތީ، ޕޭމަންޓް ދެއްކުން ފަދަ ކަންކަން ވެސް ބަރާބަރަށް ގެންދެވޭނެ ކަން ޔަގީން ވާނެ ނޫންތޯ އޭ."

އެއްވެސް ސަރުކާރަކުން ކޮށް ނުދެވި އޮތް ކަމެއް ރައީސް ސާލިހް ގެ ސަރުކާރުން ކޮށްދެއްވުމީ ކަސްޓަމްސްގެ މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަން ޝަރީފް ތަކުރާރު ކޮށް ފާހަގަ ކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އެނާ އުއްމީދު ކުރައްވަނީ، ކުރީ ސަރުކާރުގެ ސިޔާސަތާ އެއް ގޮތައް ކަސްޓަމްސް އަށް ކަނޑައަޅުއްވާފައި އޮތް 300 ފްލެޓް ގެ ތެރެއިން، ބާކީ 200 ފްލެޓް ވެސް ކުރިއަށް ހުރި ހައުސިންގ މަޝްރޫއު ތަކުގެ ތެރެއިން ސަރުކާރުން ހަމަޖައްސަވައިދޭނެ ކަމަށެވެ.

- ކޮމެންޓް